އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށްތަކުގެ ކޮންޓްރޯލް ވެސް މިފަހަރު ނެތް

އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން: އެމްޑީޕީއަށް ބައެއް ބޮޑެތި ރަށްތަކުގެ މެޖޯރިޓީވެސް ވަނީ ގެއްލިފައި-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން: އެމްޑީޕީއަށް ބައެއް ބޮޑެތި ރަށްތަކުގެ މެޖޯރިޓީވެސް ވަނީ ގެއްލިފައި-- ފޮޓޯ: އެމްޑީޕީ

ކުރިން ބޭއްވި ހުރިހާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ބޮޑެތި ރަށްތަކުގެ ކޮންޓްރޯލް މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ގެއްލިއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ދިއްދޫ އާއި އިހަވަންދޫގެ އިތުރުން ގދ. ތިނަދޫގައި މީގެ ކުރިން ބޭއްވި ހުރިހާ ކައުންސިލްތަކެއްގެ އިންތިހާބުގެ މެޖޯރިޓީ ނަގަނީ އެމްޑީޕީންނެވެ. އެ ދާއިރާތަކުގައި މިހާރު ތިބި ހުރިހާ ކައުންސިލަރުންނާއި މަޖިލިސް މެމްބަރު ވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ.

ނަމަވެސް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ކުރީ ފަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ތަފާތެވެ.

އިހަވަންދޫގެ ވަގުތީ ނަތީޖާއަށް ބަލާއިރު އެ ރަށަށް އިންތިހާބު ކުރާ ހަތް ކައުންސިލަރުންގެ ތެރެއިން އެމްޑީޕީއަށް ލިބެނީ އެންމެ ގޮނޑިއެކެވެ. އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އޭގެ ތެރޭގައި އެރަށު ކައުންސިލްގެ ރައީސްކަން ވެސް ހިމެނެ އެވެ.

މީގެ ކުރިން އެމްޑީޕީއިން ހުރިހާ އިންތިހާބެއް ކާމިޔާބު ކުރާ ދިއްދޫ ކައުންސިލްގެ ވެސް ދެ ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބު ކުރާ ކަމަށް ވަގުތީ ނަތީޖާއިން ދަށްކަ އެވެ. އޭގެ ތެރޭގައި އެ ރަށު ކައުންސިލްގެ ރައީސްކަން ވެސް ހިމެނެ އެވެ. ބާކީހުރި ފަސް ގޮނޑި ލިބެނީ އެމްޑީޕީއަށެވެ.

އެމްޑިޕީގެ ސަޕޯޓް ބޮޑު ހއ. އަތޮޅު ކައުންސިލްގެ ގޮނޑިވެސް އެމްޑީޕީއާ ވާދަކޮށް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ.

ގދ. ތިނަދޫގައި މީގެ ކުރިން ބޭއްވި ހުރިހާ ލޯކަލް ކައުންސިލެއްގެ ފުލް މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ނަމަވެސް މިފަހަރު އެ ރަށު ކައުންސިލަށް އިންތިހާބު ކުރި ހަތް މެމްބަރުންގެ ތެރެއިން ތިން ގޮނޑިއެއް އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ އެ ރަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީ ނޫން ބަޔަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މާލޭ ސިޓީ އާއި އައްޑޫ ސިޓީގެ ކޮންޓްރޯލް ވެސް މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. އެމްޑީޕީގެ ސަޕޯޓް ބޮޑު މާލޭގެ މޭޔަރަކަށް ވެސް އިންތިހާބުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށީ ސިޓީގެ މެޖޯރިޓީއާއި މޭޔަރުކަން ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox