އާ މޭޔަރު ފުވައްމުލައް އެހެން މިސްރާބަކަށް ގެންދިޔުމުގެ އަމާޒުގައި

ފުވައްމުލަކު ސިޓީގެ މޭޔަރުކަން ހޯއްދެވި އިސްމާއިލް ރަފީގު: ވިދާޅުވަނީ ލިބުނު މެޖޯރިޓީއާއެކު ތަފާތު ދައްކާނެ ކަމަށް-- ފޮޓޯ: ރަށި ކަބަރޮ

ފުވައްމުލަކު ސިޓީގެ މޭޔަރުކަން ހޯއްދެވި އިސްމާއިލް ރަފީގު: ވިދާޅުވަނީ ލިބުނު މެޖޯރިޓީއާއެކު ތަފާތު ދައްކާނެ ކަމަށް-- ފޮޓޯ: ރަށި ކަބަރޮ

ފުވައްމުލަކު ސިޓީއަށް ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިހާބު ކުރި މޭޔަރު، އިސްމާއިލް ރަފީގު، އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ލިބުނު މެޖޯރިޓީއާއެކު އެ ސިޓީ ތަފާތު ތަނަކަށް ހެދޭނެ އެވެ.

ފުވައްމުލަކު ސިޓީގެ ހަތް ގޮނޑީގެ ތެރެއިން މޭޔަރުކަމާއެކު އެމްޑީޕީން ވަނީ ފަސް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު ޕީޕީއެމަށް ލިބުނީ ދެ ގޮނޑި އެވެ.

އިސްމާއިލް "އަދަދު" އަށް ވިދާޅުވީ އާ ކައުންސިލުން އެންމެ އިސްކަމެއް ދޭނެ ކަމަކީ އެ ސިޓީގެ އިގްތިސޯދު ހަމަޔަކަށް އެޅުވުން ކަމަށެވެ.

އެގޮތުން އެ ސިޓީއަށް ބޭރުން ފައިސާ ވަންނާނެ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. އެކަން ކުރުމަށް ޓޫރިޒަމަށް އަމާޒުކޮށްގެން އެ ސިޓީ ވަރަށް ބޮޑަށް ޕްރޮމޯޓް ކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މިސިޓީ އަކީ ދިވެހީން ވެސް ވަރަށް އަންނަން ބޭނުންވާ ތަނެއް. އެހެންވީމަ ދިވެހިންނާއި ބޭރު މީހުންނަށް ޓާގެޓް ކޮށްގެން ޕްރޮމޯޝަންގެ މަސައްކަތްތަކެއް ކުރާނަން،" އަމާޒު ހާމަ ކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.

ޓޫރިޒަމްގެ އިތުރުން މިހާރުވެސް ކުރަމުން އަންނަ މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް މާކެޓް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

ފުވައްމުލަކަކީ އައިޓީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުންތަކެއް ނިސްބަތްވާ ސިޓީއަކަށް ވާއިރު އެ ދާއިރާ އިތުރަށް އެ ސިޓީގައި ފުޅާ ކުރުމަކީ ވެސް އިސްމާއިލްގެ އަމާޒެކެވެ.

އެގޮތުން އެ ސިޓީގައި ތިބެގެން ބައިނަލްއަގުވާމީ އައިޓީ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ މަގު ޒުވާނުންނަށް ފަހި ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންގެ މެދުގައި އެ ހުނަރު އުފައްދާ އެ ދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ކިޔައި ދޭނަން. އަމާޒަކީ ކޯޑިން ފަދަ މަސައްކަތްތައް މި ސިޓީގައި ތިބެގެން ކުރެވޭނެ ގޮތް ހަމަޖެއްސުން،" އިސްމާއިލް ވިދާޅުވި އެވެ.

އާ ކައުންސިލަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މަޝްރޫތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުން އަލަށް ދިން ބާރުތަކާއި ޕްރައިވެޓް ސެކްޓާއާ ގުޅިގެން ބަޖެޓް ހޯދުމުގެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގެ ދެ ގޮނޑި އިދިކޮޅު ޕީޕީއެމަށް ލިބުނު ނަމަވެސް، އެމްޑީޕީގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް އިސްމާއިލް ގަބޫލު ކުރައްވަ އެވެ. އެ ސިޓީއަކީ އެމްޑީޕީ އާއި ޕީޕީއެމް ހަމަހަމަކޮށް އޮތް ތަނަކަށްވާއިރު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"މިލިބުނު މެޖޯރިޓިއާއެކު އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެނެވޭނެ. އަޅުގަނޑު ގަބޫލު ކުރަނީ ޕީޕީއެމްގެ މެމްބަރުން ވެސް ސިޓީގެ ތަރައްގީއަށް އަޅުގަނޑުމެންނާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް،" އިންޓަވިއޫ ނިންމާލަށްވަމުން އިސްމާއިލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox