ނަޝީދު، މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ނަޝީދު އިއްޔެ ވޯޓުލެއްވުމަށް ވަޑައިގަންނަވަނީ: އެމަނިކުފާނު ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ނަޝީދު އިއްޔެ ވޯޓުލެއްވުމަށް ވަޑައިގަންނަވަނީ: އެމަނިކުފާނު ވަނީ މުއިއްޒަށް މަރުހަބާ ވިދާޅުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

މާލެ ސިޓީގެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު، އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލްސައްތާރު ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށްފަހު އެވެ.

އެމްޑީޕީގެ ވަރަށް ގިނަ އިސް ބޭފުޅުންތަކެއް ނުކުންނަވައި، އެމްޑީޕީގެ އެސްޖީގެ މަގާމު އަދާކުރެއްވި އަނަސްއަށް ކެމްޕެއިންކޮށް ދެއްވި ނަމަވެސް، މުއިއްޒު ވެސް ވަރުގަދަ ކެމްޕެއިނެއް ކުރެއްވި އެވެ. އެމްޑީޕީގެ ކެމްޕެއިނުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ވެސް މުއިއްޒަށް އެންޓި ކެމްޕެއިން ކުރި މަންޒަރަށްވާއިރު، ނަޝީދަކީ މުއިއްޒަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅާ އެވެ.

މޭޔަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދެއްވި، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމުން ޑރ. މުއިއްޒަށް މަރުހަބާ ކިޔާ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ މާލޭގެ ކަންކަން ހައްލު ކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭން ޖެހޭ އެއްބާރުލުން ލިބޭނެ،"

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ ސަރުކާރާއެކު ރައްޔިތުންގެ ފަޅީގަ އެވެ. ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ސަރުކާރާއެކު އެކަން އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހަމަ އެގޮތަށް ރައްޔިތުންގެ އަޑު ވެސް އުފުއްލަވާނެ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީގެ މޭޔަރު ކަމަށް ބޮޑެތި ބާރުތަކެއް ލިބޭއިރު މިއީ ރައީސް ފިޔަވައި އެންމެ ގިނަ ރައްޔިތުންތަކެއް ވޯޓުދޭ މަގާމެވެ.

މީގެކުރިން މާލޭ ސިޓީގެ މޭޔަރުކަން މުޅިން ވެސް ކުރެއްވީ، އެމްޑީޕީގެ ބޭފުޅުންނެވެ. އިދިކޮޅުގައި އެމްޑީޕީ އޮތްއިރު ސަރުކާރާ ވާދަކޮށް ވެސް އަބަދުވެސް ކުރި ހޯދި އެމްޑީޕީ މިފަހަރު މޭޔަރުގެ ރޭހުން ބަލިވިއިރު، މިއީ ސަރުކާރަށް ސިޔާސީ ގޮތުން ލިބޭ ބޮޑު ބައްޔަކެވެ.

ނަޝީދު ވަނީ ޖުމްލަ ގޮތެއްގައި އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން، މާލެ ފިޔަވައި އެހެން ކައުންސިލްތަކުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުކަން ފާހަގަ ކުރައްވައި މަރުހަބާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox