ޕެންޑެމިކްގައި ވޯޓުލާން ނުކުތީ އުއްމީދެއް އޮތީމަ!

ވޯޓުލާން ދުވަސްވީ މީހަކު މަރުކަޒަށް ދަނީ: މި އިންތިހާބުގައި ވޯޓުލާން ނުކުތް މީހުން މަދު ނަމަވެސް، ނުކުތް މީހުން ތިބީ އުއްމީދެއްގައި-- ފޮޓޯ: ހުސައިން ވަހީދު / އަދަދު

ވޯޓުލާން ދުވަސްވީ މީހަކު މަރުކަޒަށް ދަނީ: މި އިންތިހާބުގައި ވޯޓުލާން ނުކުތް މީހުން މަދު ނަމަވެސް، ނުކުތް މީހުން ތިބީ އުއްމީދެއްގައި-- ފޮޓޯ: ހުސައިން ވަހީދު / އަދަދު

ވޯޓުލާން މިއަދު މުޅި ރާއްޖޭގައި ކިޔޫ ދަމާލާފައި މިއޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގަ އެވެ. ކޮވިޑުގެ ނުރައްކާ އޮތަސް ށ. ފޯކައިދޫ، އަހްމަދު ނާފިއު، 32 ވޯޓުލުމުގެ ހައްގު ދޫކޮށްލަން ބޭނުމެއް ނުވެ އެވެ.

އުއްމީދެއް އޮތީމަ އެވެ.

"އާ ކައުންސިލާ އެކު ރަށަށް ކުރިއެރުން ލިބޭނެ. އެކަމުގައި ބައިވެރިވާން ބޭނުންވީ،" ކުރީގެ ދަރުމަވަންތަ ސްކޫލުގައި ހުރި ފޮއްޓަށް ވޯޓުލާން ގޮސް ހުރި ނާފިއު ބުންޏެވެ.

Advertisement

މި އިންތިހާބުގައި ހޮވޭ ކައުންސިލަރުންނާ އެކު ރަށަށް އުއްމީދެއް އޮތަސް ކައުންސިލްގެ މާޒީއާ މެދު އޭނާ ހިތްހަމަނުޖެހެ އެވެ.

"ރަށްރަށުގެ ތަރައްގީއަށް މުހިންމު ވީމައި މި ވޯޓުލީ. އެކަމަކު ވޯޓުލާން އަޔަސް ކައުންސިލަރުންނަށް އެހާ އިތުބާރެއް ނެތް. މިހާތަނަށް ކަންކަން ވެފައި ހުރި ގޮތުން،" ނާފިއު "އަދަދު" އަށް ބުންޏެވެ.

ވޯޓްލުމަށް ބަޔަކު ކިޔޫގައި: އެހެން އިންތިހާބުތަކާ އަޅާބަލާއިރު ތަރުހީބު ކުޑަ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު
ވޯޓްލުމަށް ބަޔަކު ކިޔޫގައި: އެހެން އިންތިހާބުތަކާ އަޅާބަލާއިރު ތަރުހީބު ކުޑަ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ވޯޓްލުމަށް ބަޔަކު ކިޔޫގައި: އެހެން އިންތިހާބުތަކާ އަޅާބަލާއިރު ތަރުހީބު ކުޑަ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓްލުން މުޅި ރާއްޖޭގައި ވަނީ ފަށައިފަ އެވެ. ގިނަ ފޮށިތަކަށް ވޯޓުލާން ގޮސް ތިބީ މަދުބައެކެވެ. ނަމަވެސް އެ މީހުން ތިބީ ވަރަށް އުއްމީދުގަ އެވެ.

"ޕާޓީ ފަރާތުން މީހުން ހޮވަން ބޭނުންވާތީ މިހިރީ އައިސް. ރަށުގެ ތަރައްގީއަށް ކުރިއެރުން އޮތީ އޭރުން. ދެން ވެސް ވާނީ އެ މީހުންނަށް،" ވޯޓުލައި ނިންމާލުމަށް ފަހު، ށ. ކަނޑިތީމް އާދަމް ޝަކީލް ބުންޏެވެ.

މިފަހަރު އިންތިހާބު ކުރާ ކައުންސިލްތަކަށް އިތުރު ބާރުތަކެއް ގާނޫނުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި ރަށުގެ ބިންތައް ކައުންސިލްގެ ނިންމުމަށް ބޭނުން ކުރުން ހިމެނެ އެވެ. އެ ބާރުތައް އާ ކައުންސިލަރުން ހެޔޮގޮތުގައި ބޭނުން ކުރާނެ ކަމަށް ވޯޓުލާ މީހުން ގަބޫލު ކުރެ އެވެ.

"ކޮންމެ ފަހަރަކު ވެސް ވޯޓުލަން. ފަރުދީ ޒިންމާއެއް ކަމަށް ގަބޫލުކުރަނީ. އެހެންވެ ވޯޓުމިލީ. ގާނޫނީ ގޮތުން ބާރުތަކެއް ދީފައި އޮތްއިރު ބަދަލެއް ގެނެވޭނީ ގާބިލް މީހުން ހޮވައިގެން،" ވޯޓުލީ ސަބަބާ ގުޅޭގޮތުން ށ. ފީވަކު، އަހުމަދު ރީހާން ބުންޏެވެ.

މީހަކު ވޯޓްލަނީ: ގިނަ ބަޔަކު އާ ކައުންސިލަށް އުއްމީ ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
މީހަކު ވޯޓްލަނީ: ގިނަ ބަޔަކު އާ ކައުންސިލަށް އުއްމީ ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މީހަކު ވޯޓްލަނީ: ގިނަ ބަޔަކު އާ ކައުންސިލަށް އުއްމީ ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކައުންސިލް އިންތިހާބަކީ ޕާޓީގެ ވާދަވެރިކަމުގެ އިތުރުން އާއިލާތަކާ ވެސް ގުޅުން އޮތް ވޯޓެކެވެ. އެހެންކަމުން މި އިންތިހާބުގައި ވޯޓްލާ ސަބަބުތަކުގެ ތެރޭގައި އާއިލާ މެމްބަރު ހޮވުން ހިމެނެ އެވެ. ނަމަވެސް އަބަދުވެސް އެހެން އިންތިހާބުތަކާ އަޅާބަލާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ އަދަދު މަދެވެ.

ވޯޓްލާ މަރުކަޒުތަކަށް މީހުން ވައްދަނީ ހުން ބަލައި ސެނަޓައިޒް ކުރުމަށް ފަހުގަ އެވެ. އެހެން އިންތިހާބުތަކާ އަޅާބަލާއިރު މިފަހަރުގެ އިންތިހާބުގެ ފޯރި ކުޑަ އެވެ.

ނާފިއު ބުނިގޮތުގައި ބައިމަދުވުމުގެ ސަބަބުން މިފަހަރު ވޯޓު ލުމަށް ކިޔޫގައި ތިބެން ނުޖެހޭތީއާއެކު ވޯޓުލާން ވަރަށް ފަސޭހަ އެވެ. އަދި އެހެން އިންތިހާބުތަކާ ބަލާއިރު އިންތިޒާމުތައް ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

އީސީގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ: އިންތިޒާމުތައް ރަނގަޅު-- ފޮޓޯ: ހުސައިން ވަހީދު/އަދަދު
އީސީގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ: އިންތިޒާމުތައް ރަނގަޅު-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އީސީގެ އޮފިޝަލުންތަކެއް ހަރަކާތްތެރިވަނީ: އިންތިޒާމުތައް ރަނގަޅު-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ދަރުމަވަންތަ ސްކޫލަށް ވޯޓްލާން ގޮސް ހުރި ށ. ކޮމަންދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނިގޮތުގައި ވޯޓުގެ ކަންތަކުގައި އޭނާ ހިތްހަމަ ނުޖެހޭ އޮތީ އެންމެ ކަމެކެވެ. އެތެރޭގެ ކިޔޫގައި ގޮނޑިތައް ޖަހާފައި ހުރިލެއް މާ ކައިރީ އެވެ.

"އެހެން ކަންކަން ހަމަ ރަނގަޅު. ސެނަޓައިޒް ކުރުމާއި ފޭސް ޝީލްޑް ބޭނުން ކުރުން ވެސް ރަނގަޅު،" ޓީޗަރަކަށް މަސައްކަތް ކުރާ އެ މީހާ ބުންޏެވެ.

ވޯޓްލާން މަރުކަޒުތަކުގެ ބޭރުގައި ކިޔޫގައި ގިނަ މީހުން ތިބެނީ ވެސް ދުރުދުރުގަ އެވެ. އަދި އެންމެންހެން އުޅެނީ މާސްކް އަޅައިގެންނެވެ.

ކޮވިޑް ބަލި ޖެހިފައި ތިބި މީހުންނާއި ކަރަންޓީންގައި ތިބި މީހުންނަށް ވެސް ވޯޓް ލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ މީހުން ވޯޓްލާނީ އެހެން މީހުން ވޯޓްލާ ނިމުމުން ހަވީރު 5:00 އިން 6:00 އަށެވެ. އެ މީހުން ވޯޓްލާން އަންނައިރު ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox