މިރޭ އޮތީ މެސީގެ ފަހު އެލް ކްލަސިކޯ މެޗަށް ވެދާނެ

Apr 10, 2021, 6:25 AM
ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އޭނާގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ އޭނާގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ވާހަކަތައް އަދިވެސް އޮތީ މަޑުޖެހިފަ އެވެ. އެހެންވެ މިރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަކީ މި މެޗުގެ ހާއްސަ ރެކޯޑްތަކެއް އޮތް މެސީ އެލް ކްލަސިކޯ މެޗަކުން ފެންނާނެ ފަހު ފަހަރު ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ވާދަވެރިކަމުގެ ރޫހެއްގައި އާންމު އުސޫލަކުން ބަލާނަމަ މިއީ މެސީގެ ފަހު އެލްކްލަސިކޯ މެޗަށް ވެއްޖެނަމަ އެންމެ އުފާކުރާނެ ބަޔަކީ ރެއާލް މެޑްރިޑް އެވެ. އެކަމަކު ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ އޭނާ އެދެނީ މިއީ މެސީ މި މެޗުގެ ތާރީހުގައި ކުޅޭނެ ފަހު ފަހަރު ކަމަށް ނުވުމަށް އެދޭ ކަމަށެވެ.

"މިއީ މެސީގެ ފަހު ކްލަސިކޯ އަށް ވާން އަހަރެން ބޭނުމެއް ނޫން. އަހަރެން އެދެނީ އޭނާ ބާސެލޯނާގައި މަޑުކުރުން. މެސީ ބާސެލޯނާގައި މަޑުކުރުމަކީ މި ލީގަށް ވެސް މުހިއްމު ކަމެއް،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒިދާން ބުންޏެވެ.

ރޮނާލްޑޯ (ކ) އާއި މެސީ: އަންނަ ސީޒަނުގައި މި ދެ ކުޅުންތެރިން ވެސް އެލްކްލަސިކޯ ކުޅެފާނެ
ރޮނާލްޑޯ (ކ) އާއި މެސީ: އަންނަ ސީޒަނުގައި މި ދެ ކުޅުންތެރިން ވެސް އެލްކްލަސިކޯ ކުޅެފާނެ

ރޮނާލްޑޯ (ކ) އާއި މެސީ: އަންނަ ސީޒަނުގައި މި ދެ ކުޅުންތެރިން ވެސް އެލްކްލަސިކޯ ކުޅެފާނެ

މިދިޔަ 12 ވަރަކަށް އަހަރު ތެރޭ އެލްކްލަސިކޯގެ ފޯރި އެންމެ ގަދަވާ އެއް ސަބަބަކީ މި މެޗަކީ މެސީ އާއި ރެއާލަށް ކުރިން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރި ކުރިމަތިލުމެއްގެ ގޮތުގައި ސަޕޯޓަރުން ދެކޭ މެޗަކަށް ވުމެވެ. ރެއާލް ދޫކޮށް ރޮނާލްޑޯ 2018 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ފަހުން ރެެއާލާ ދެކޮޅަށް ކުޅުނު ހަ މެޗުގައި ވެސް މެސީ ލަނޑެއް ނުޖަހަ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ބާސެލޯނާ އަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އެދެނީ މެސީ މި މެޗުުގައި ލަނޑު ޖަހައި، ބާސެލޯނާ އެއް ވަނަ އަށް ގެންގޮސްދިނުމެވެ. އަދި މިއީ މެސީގެ ފަހު ކްލަސިކޯ މެޗަށް ވެއްޖެނަމަ އެއީ ވަރަށް ބޮޑު ކަަމަކަށް ވާނެ ކަމަށް ކޫމަން ގަބޫލުކުރެ އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ނޭދެން މިއީ މެސީ ކުޅޭ ފަހު އެލްކްލަސިކޯ އަށް ވާން. މެސީ އަށް ހައްގުވަނީ ސަޕޯޓަރުން ފުރިބާާރުވެފައި އޮތް ދަނޑެއްގައި ފަހު އެލްކްލަސިކޯ ކުޅެން. އެކަމަކު މެސީގެ ފަހު ކްލަސިކޯ އަށް މި މެޗު ވެއްޖެނަމަ އަހަރެންގެ ވަރަށް ބޮޑު އުއްމީދެއް މެސީ މި މެޗުގައި ގޯލު ޖަހައި ތަފާތު ދެއްކުން،" ކޫމަން ބުންޏެވެ.

ސްޕެނިޝް ލީގުގެ 29 މެޗުން ހޯދި 66 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އެއް ވަނައިގައި އޮތްއިރު، ބާސެލޯނާ ދެ ވަނައިގައި އޮތީ 29 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ތިން ވަނައިގައި އޮތީ 29 މެޗުން 63 ޕޮއިންޓާ އެކު އެވެ.

2007 ވަނަ އަހަރު ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ
2007 ވަނަ އަހަރު ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ

2007 ވަނަ އަހަރު ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު މެސީ

މި ފަހަރު ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 23 ގޯލާ އެކު އުމުރުން 33 އަހަރުގެ މެސީ އެވެ. އެލް ކްލަސިކޯގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ މެސީ އަތުގަ އެވެ. އޭނާ އެލް ކްލަސިކޯ މެޗުގައި ވަނީ 26 ގޯލު ޖަހައިފަ އެވެ. އުމުރުން 19 އަހަރުގައި މެސީ ވަނީ ރެއާލް ކޮޅަށް ހެޓްރިކެއް ހަަދައިފަ އެވެ. އެއީ 2007 ވަނަ އަހަރު ރެއާލާއި ބާސެލޯނާ އެއްވަރުވި މެޗުގަ އެވެ. އޭގެ ފަހުން ވެސް އެލް ކްލަސިކޯ އެއްގައި މެސީ ވަނީ ރެކޯޑެއް ހަަދައިފަ އެވެ.

މެސީ ބާސެލޯނާގައި މަޑުކޮށްފާނެތަ؟

މިދިޔަ ސީޒަނަށް ފަހު މެސީ ވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ރަސްމީކޮށް ކްލަބްގެ މެނޭޖްމަންޓަށް އަންގައިފަ އެވެ. އެކަމަކު ބާސެލޯނާގެ ރައީސަކަށް ކުރިން ހުރި ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕުން ވަނީ މެސީ އެދުނު ގޮތަށް ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލުމާ ދެކޮޅު ހަދައިފަ އެވެ.

މެސީ ބޭނުންވީ އޭނާ ކޮންޓްރެކްޓްގައި ހިމެނޭ މާއްދާއެއް ބޭނުންކޮށް ކޮންމެ ސީޒަނެއް ނިމުމުން އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅައި ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅޭށެވެ. ބާސެލޯނާ އިން ބުނަނީ ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ދެވޭ މާއްދާގެ މުއްދަތު މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު ހަަމަވެފައިވާ ކަމަށާއި މެސީ އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯ އަށް ކަމަށެވެ. ބާސެލޯނާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ލަލީގާ އިން ވެސް އެ ގޮތަށް ނިންމައި ބަޔާނެއް ނެރުމުންނެވެ. އެ އަގު ދައްކާފައި މެސީ ގެންދެވޭނެ ފެންވަރު މި ވަގުުތު ނެތުމުން މެސީ އެންމެ ފަހުން ނިންމީ ކްލަބްގައި މަޑުކުރާށެވެ.

ބާސެލޯނާގެ ރައީސަކަށް ޔޮއާން ލަޕޯޓާ އިންތިހާބުވެވަޑައިގަތުމަށް ފަހު އޭނާ ވީ އެއް ވައުދަކީ މެސީ އެ ކްލަބްގައި މަޑުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށެވެ. އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މެސީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ މި ސީޒަނަށް ފަހު އެވެ.

ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާ ބުނީ މި މެޗަށް ރެއާލުން ނުކުންނާނީ ހުރިހާ ގޮތެއް ހެދުމަށް ފަހު ނަމަވެސް ތިން ޕޮއިންޓް ހޯދައި ލީގުގެ ރޭހުގައި ބޮޑު ފިޔަވަޅެއް ކުރިއަށް އެޅުމަށް ކަމަށެވެ.

ރެއާލް ދަނޑުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox