"ދުނިޔޭގެ ފާމަސީ" އިންޑިއާ އަށް ކޮވިޑު ވެކްސިނުގެ ދަތިކަން ކުރިމަތިވެފައި

އިންޑިއާގައި ވެކްސިން ޖަހައިދޭ މަރުކަޒަކުން ވެކްސިންގެ ސްޓޮކް ހުސްވެފައިވާ ކަން އަންގައިދޭ ނޯޓިސް ހަރުކޮށްފައި -- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ވެކްސިން ޖަހައިދޭ މަރުކަޒަކުން ވެކްސިންގެ ސްޓޮކް ހުސްވެފައިވާ ކަން އަންގައިދޭ ނޯޓިސް ހަރުކޮށްފައި -- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި އިންޑިއާގެ އަދަދުތައް ކޮންމެ ދުވަހަކު ވެސް 100،000 އަށް ވުރެ މަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި އެ ގައުމަށް ކޮވިޑް ވެކްސިނުގެ ދަތިކަމާ ވެސް ކުރިމަތިލާން ޖެހިއްޖެ އެވެ.

މާޗް މަހު ދުވާލަކު 15،000 ކޭސް ރިޕޯޓުކުރަމުން ދިޔަ އިންޑިއާގައި މިއަދު އެކަނިވެސް 131،968 ކޭސް ފެނިފައި ވެއެވެ. އެއާއެކު އެ ގައުމުގެ 13 މިލިއަން މީހުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

އެމެރިކާ އާއި ބްރެޒިލްއަށް ފަހު ކޮވިޑުގެ އަދަދުތައް އެންމެ ގޯސްކޮށް އުޅޭ އިންޑިއާގައި އަދަދުތައް ކޮންޓްރޯލް ނުކުރެވޭ ނަމަ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ.

މި ބިރުވެރިކަމުގެ ތެރެއިން އެ ގައުމުގެ ބައެއް ސްޓޭޓުތަކުން އަންނަނީ ވެކްސިނުގެ ސްޓޮކް ހުސްވާން ގާތްވެފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވަމުން ގެންދަވަނީ ސްޓޮކް އެބަ ހުރި ކަމަށެވެ.

މުމްބާއީ ހިމެނޭ ހުޅަނގު މަހަރަޝްތްރަ ސްޓޭޓުން ބުނީ އާ ސްޓޮކް ނުލިބޭ ނަމަ ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި މިހާރު ހުރި ސަޕްލައި އެއްކޮށް ހުސްވާނެ ކަމަށެވެ.

ޓައިމްސް އޮފް އިންޑިއާއިން ހަބަރު ފަތުރާ ގޮތުގައި 10 ސްޓޭޓެއްގައި މި ވަގުތު ހުރީ ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ދުވަހަށް ވާ ވަރުގެ ސްޓޮކެވެ.

އޭގެ ތެރޭގައި 200 މިލިއަން މީހުން ދިރިއުޅޭ އުއްތަރު ޕްރަދޭޝް، އޮޑިޝާ، ޕަންޖާބް، ޗައްޓިސްގަރް، އަންދްރަ ޕްރަދޭޝް، ބިހާރް އަދި ވެސްޓް ބެންގޯލް ހިމެނެ އެވެ.

ވެކްސިނުގެ ދަތިކަން ދިމާވެފައިވާ ކަމަށް ބައެއް ސްޓޭޓުތަކުން ބުނި ނަމަވެސް، އިންޑިއާގެ މައި ސަރުކާރުން އެކަން ގަބޫލެއް ނުކުރެ އެވެ.

އެގޮތުން ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން ވިދާޅުވީ އެ ގައުމުގެ އަތުގައި 43 މިލިއަން ޑޯޒް ސްޓޮކުގެ ގޮތުގައި ރައްކާކޮށްފައި އެބަ ހުރި ކަމަށެވެ.

މި މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، އިދިކޮޅުން ބުނަމުން ދަނީ ދަތިކަން ދިމާވީ އިންޑިއާގެ ރައްޔިތުންނާ މެދު ވިސްނުމެއް ނެތި 64.5 މިލިއަން ޑޯޒް އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމުން ކަމަށެވެ.

ދުނިޔޭގެ ފާމަސީގެ ގޮތުގައި ނަން މަޝްހޫރު އިންޑިއާއަކީ އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމެވެ. އެ ގައުމުގެ ސިރަމް އިންސްޓިޓިއުޓުން އަންނަީ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް ވެކްސިން ކޮވިޝީލްޑުގެ ނަމުގައި އުފައްދަމުންނެވެ.

އޭގެ އިތުރުން އިންޑިއާގެ ކުންފުނި ބާރަތު ބަޔޯޓެކުން ވެސް ވަނީ ކޯވެކްސިންގެ ނަމުގައި ކޮވިޑާ ދެކޮޅަށް ވެކްސިނެއް އުފައްދާފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ފެށި ނަމަވެސް މިހާތަނަށް ވެކްސިނުގެ އެއް ޑޯޒް ދެވިފައި ވަނީ 1.3 ބިލިއަން އާބާދީގެ ތެރެއިން އެންމެ 90 މިލިއަން މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox