ގޭސް ފުޅި ގޮވި ހާދިސާ: އަނިޔާވި މިހާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހި، ހާލު ސީރިއަސް

ގޭސް ފުޅި ގޮވައި ފިހުނު އަންހެން މީހާގެ އަތް: އޭނާގެ 50 ޕަސެންޓް ވަނީ ފިހިފައި-- ފޮޓޯ: އިސްމާއިލް އަހުމަދު

ގޭސް ފުޅި ގޮވައި ފިހުނު އަންހެން މީހާގެ އަތް: އޭނާގެ 50 ޕަސެންޓް ވަނީ ފިހިފައި-- ފޮޓޯ: އިސްމާއިލް އަހުމަދު

ރ. އިނގުރައިދޫގައި އިއްޔެ ގޭސްފުޅިއެއް ގޮވައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހިފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

އަދި އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް އާއިލާއިން ބުނެ އެވެ.

އިއްޔެ މެންދުރު 2:45 ގައި އެ ރަށު ގުލްހަޒާރު ގޭގައި ގޭސް ފުޅިއެއް ގޮވައިގެން ފިހުނީ 71 އަހަރުގެ އަންހެނެކެވެ. އެ ގޭގައި އޭރު ދިރިއުޅެނީ އެ އަންހެން މީހާއާއި އުމުރުން 24 އަހަރުގެ އޭނާގެ ދަނބިދަރި އެވެ. އެ އަންހެން ކުއްޖާއަށް ވެސް ނަފްސާނީ ގޮތުން އަސަރުކޮށް އަދިވެސް ވާހަކަ ނުދައްކާ ކަމަށް އާއިލާއިން ބުނެ އެވެ.

Advertisement

އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް
އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް

އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް

އެ އާއިލާ މެމްބަރަކު "އަދަދު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އުމުރުން ދުވަސްވީ އަންހެން މީހާ ބޭރުގައި އުޅެފައި ގެޔަށް އައި ވަގުތު ގޭސް ވަސް ދުވާތީ ބަދިގެއަށް ވަތްތަނުން ކަމަށެވެ.

"ބަދިގެ ދޮރު ހުޅުވާލާފައި ހަމަ ވަތްތަނާ ގޮވީ. މަންމަގެ 50 -40 ޕަސެންޓް ވަނީ ފިހިފައި. އޭރު ކޮއްކޮ އިނީ ކޮޓަރީގައި. އޭނާ އަށް އަނިޔާއެއް ނުވޭ. އެކަމަކު މަންމައަށް ވެފައިވާ ވަރާއި ގެއަށް ވެފައި އޮތްގޮތް ފެނުމުން އޭނާއަށް ވަރަށް އަސަރު ކޮށްފައި ވަނީ،" އޭނާ ބުންޏެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ދުވަސްވީ އަންހެން މީހާ ވަނީ އޭޑީކޭއަށް ގެނެސްފަ އެވެ. އަދިވެސް އޭނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެ އެވެ.

ނަފްސާނީ ގޮތުން އަސަރު ކުރި ޒުވާން އަންހެން ކުއްޖާއަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ގެއެއްކޮށް ހަލާކު

ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި އިއްޔެގެ އެ ހާދިސާއަށް ފަހު އެ ގޭގެ ފާރުގެ ބަޔަކާއި ފުރާޅުގެ ބޮޑުބައެއް ވަނީ ވެއްޓިފަ އެވެ.

އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް
އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް

އިއްޔެގެ ހާދިސާގައި އެގޭ ބަދިގެއާވީ ފަޅީގެ ފާރުވެއްޓި ޓިނުތައް ވެރިފައި: އެގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި-- ފޮޓޯ: އެމްއެންޑީއެފް

އާއިލާ މެމްބަރު ވިދާޅުވީ ދެ ކޮޓަރީގެ އެ ގެ އެއްކޮށް ހަލާކު ވެފައިވާ ކަމަށެވެ. ރޯދަޔަށް ގެންގޮސްފައިވާ ހުރިހާ ސާމާނަކާއި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވެސް ހަލާކު ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ގެއްލުމުގެ އަގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"މުޅި ގެ އެވަނީ ހަލާކުވެފައި. ފުރާޅުވެސް އެއްކޮށް. ހުރިހާ ފާރެއްގައި ރެނދުލައިފައި. ޓީވީ އަކަސް އޭސީއަކަސް ބެޑްރޫމް ސެޓަކަސް ބޭނުން ކުރެވޭނެ އެއްޗެއް ނެތް. ރޭ ވާރޭވެހި މުޅި ގޭތެރޭ ވަނީ ފެންވެސް ބޮޑުވެފައި،" ކަންބޮޑުވުން ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

އޭނާ ބުނީ ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ހިއްސާކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox