ބޮޑެތި ބަލިތަކުގެ މީހުންނަށް އާދީއްތަދުވަހު ފައިޒާ ވެކްސިން ފަށަނީ

ކޮވިޑް-19 ވެކްސިން ޖަހަނީ: ފައިޒާ ވެކްސިން ޖަހާނީ ރަޖިސްޓްރީކޮށްގެން، އެޕޮއިންޓްމަންޓް އުސޫލުން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކޮވިޑް-19 ވެކްސިން ޖަހަނީ: ފައިޒާ ވެކްސިން ޖަހާނީ ރަޖިސްޓްރީކޮށްގެން، އެޕޮއިންޓްމަންޓް އުސޫލުން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފައިޒާ ވެކްސިން އަންނަ އާދީއްތަދުވަހު ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ތެރެއިން ލިބުނު ފައިޒާ ވެކްސިން ދޭން ނިންމާފައި ވަނީ ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އެތަނުން ރާއްޖެ ވަނީ 5,000 ޑޯޒު ފޯރުކޮށްދީފަ އެވެ.

ފައިޒާ ވެކްސިން ޖަހާނެ ކެޓަގަރީތަކެއް އިއުލާންކޮށް އެޗްޕީއޭ އިން އޮތީ މިދިޔަ ހަފުތާގެ ތެރޭގައި ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ. މާލެ ސަރަހައްދުގައި މި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތީ އެޕޮއިންޓްމަންޓް އުސޫލުން ގަޑި ދީގެންނެވެ.

ފައިޒާ ވެކްސިން ޖަހާނީ 16-17 އަހަރުގެ ކުދިންނަށާއި 60 އަހަރުން މަތީގެ މީހުންނާއި 18-60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމް ބަލިކަށިވެ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނެވެ.

ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން މީގެ ކުރިން ރާއްޖޭގައި އެއްވެސް ކުޑަކުއްޖަކަށް ދީފައެއްނުވެ އެވެ. އެހެންކަމުން މިއީ އެ އުމުރުފުރާގެ ކުދިންނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖަހަން ލިބޭ ފުރަތަމަ ފުރުސަތެވެ.

ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައި ވަނީ ތިން ވެކްސިނަކަށެވެ. އެއީ, ކޮވިޝީލްޑާއި ފައިޒާގެ އިތުރުން ޗައިނާގެ ސައިނޯފާމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox