ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން ނޭރުވި

އީސީގެ އޮފިޝަލުން މަސައްކަތުގައި: ވޯޓްގެ އިންތިޒާމު ހަމަޖައްސަން އަންގްސާނާ ވެލާވަރު ރިސޯޓަށް ދިޔަ އީސީގެ އޮފިޝަލުން އެ ރިސޯޓަށް ނޭރުވި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

އީސީގެ އޮފިޝަލުން މަސައްކަތުގައި: ވޯޓްގެ އިންތިޒާމު ހަމަޖައްސަން އަންގްސާނާ ވެލާވަރު ރިސޯޓަށް ދިޔަ އީސީގެ އޮފިޝަލުން އެ ރިސޯޓަށް ނޭރުވި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުގެ ކަންކަން ހަމަޖައްސަން ދިޔަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އޮފިޝަލުން އަންސާނާ ވެލާވަރު ރިސޯޓަށް އެރުމުގެ ހުއްދަ ނުދިން ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން އީސީގެ އޮފިޝަލުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓްގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ 61 މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރިސޯޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކޮށްފައިވީ ނަމަވެސް އީސީގެ އޮފިޝަލުން ވެލާވަރު ރިސޯޓަށް ނޭރުވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

އީސީގެ ރައީސް ޝަރީފް ހޯމަ ދުވަހު "އަދަދު" އަށް ވިދާޅުވީ ހޮނިހިރު ދުވަހު ވޯޓުލުމަށްޓަކައި އީސީން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ ދުވަހު ވޯޓް ނުލެވިއްޖެ ނަމަ ގިނަ ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެއީ އެންމެ ރަށެއްގައި ވެސް ވޯޓް ނުލެވިއްޖެ ނަމަ އެތައް ރަށެއްގެ ވޯޓްލުން ހުއްޓާލަން ޖެހިދާނެތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ވޯޓްލުން ބޭއްވިޔަ ނުދިނުމަށް ބަޔަކު ހުރަސް އަޅާނަމަ ފުލުހުން ބޭނުންކޮށްގެން ވެސް ވޯޓްލުން ކުރިއަށް ގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެފަދަ ކަމެއް ދިމާވެދާނެތީ ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓްލުމުގެ ހައްގު އެންމެންނަށް ވެސް ދޭން ޖެހޭތީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުންނަށް ވެސް ވޯޓް ލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވަން އުޅުނު ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. އަންނަ ހޮނިހިރު ދުވަހު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން އިންތިހާބު ބާއްވަނީ އެތައް ތާރީހެއް ކުރިން ކަނޑައަޅައި ފަސް ކުރުމަށް ފަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox