މިޔަރު މަސްވެރިކަން ހުޅުވާލުމުގެ ވިސްނުމެއް ނުގެންގުޅެން: ފިޝަރީޒް މިނިސްޓްރީ

ދޮން މިޔަރެއް: މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ 2010 ވަނަ އަހަރު -- ފޮޓޯ: އޯޝަން ޑައިމެންޝަންސް

ދޮން މިޔަރެއް: މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ 2010 ވަނަ އަހަރު -- ފޮޓޯ: އޯޝަން ޑައިމެންޝަންސް

ރާއްޖޭގެ ކަނޑުތަަކުން މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިޔަރު ބާނަން ހުއްދަ ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަން ދޭހަވާ ފަދަ ގޮތަކަށް މި ފަހުން ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒު ވި އެވެ.

ޒަަހާ އެގޮތަށް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި މިޔަރުގެ އާބާދީ އިތުރުވުމުގެ ސަބަބުން ބޮޑު ކަންނެލީގެ މަސްވެރިކަމަށް އަސަރުކުރަމުންދާ ކަމަށް ބުނެ މަޖިލިހަށް ހުށައެޅުނު މައްސަލައެއްގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

Advertisement
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ރާއްޖޭގެ ކަނޑުތަކުން މިޔަރު ބާނަން ހުއްދަ ދިނުމުގެ ވިސްނުމެއް މިނިސްޓްރީގެ ނެތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ރާއްޖޭގެ ކަނޑުތަކުން މިޔަރު ބާނަން ހުއްދަ ދިނުމުގެ ވިސްނުމެއް މިނިސްޓްރީގެ ނެތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު: ރާއްޖޭގެ ކަނޑުތަކުން މިޔަރު ބާނަން ހުއްދަ ދިނުމުގެ ވިސްނުމެއް މިނިސްޓްރީގެ ނެތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް ހާލަތެއްގައި މިޔަރު މަސްވެރިކަން ކުރަން އަލުން ހުޅުވާލުމުގެ ވާހަކަ މިނިސްޓަރު ނުދައްކަވާ ކަމަށެވެ. މިނިސްޓަރު ޒަހާ އެ ދުވަހު ދެއްކެވި ވާހަކަތަކަކީ ލޯބޮޑު ކަންނެލި ބާނަން ލޭނުގެ މަސްވެރިކަން އަލުން ހުޅުވާލުމުގެ ސަބަބުން، އޮޅިގެން ބޭނޭ މިޔަރުތަކަށް ހަދާނެ ގޮތަކާ ގުޅޭ ގޮތުން މިނިސްޓްރީގައި ކުރެވޭ މަޝްވަރާތަކަކާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ.

މިޔަރުގެ އާބާދީ އިތުރުވީ ކަމަށް ނުދައްކާ، މައްސަލައަކީ ކާން ދިނުން

މި މައްސަލައަކީ ރާއްޖޭގެ ކަނޑުތަކުން ފަރު މަހާއި ކަންނެލީގެ މަސްވެރިކަން ދަށްވާ ކަމަށް މަސްވެރިން ކުރަމުންދާ ޝަކުވާތަކާއި ގުޅިގެން ފެންމަތިވީ މައްސަލައެކެވެ. މަސްވެރިން ބުނާ ގޮތުގައި، ކަނޑުތަކުން މިޔަރުތައް މަސްތައް ކައި ހުސްކުރަނީ އެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް މެދުވެރިކޮށް ހެދި ދިރާސާތަކުގެ ޕްރިލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން، މިޔަރު މަސްވެރިކަން މަނާކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ ފާހަގަކުރެވޭ ވަރަކަށް އިތުރެއް ނުވެ އެވެ.

މިނިސްޓްރީން ބުނީ މަސްވެރިކަން ދަށްވާ ސަަބަބުތައް ހޯދަން އިތުރު ސައިންޓިފިކް ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

ފެމުނު މިޔަރެއް: ކަރުގޮހޮރު އަޅައިގެން މި މިޔަރު ތިލަކުރޭ -- ފޮޓޯ: ދިއެރައިވަލް.އެމްވީ
ފެމުނު މިޔަރެއް: ކަރުގޮހޮރު އަޅައިގެން މި މިޔަރު ތިލަކުރޭ -- ފޮޓޯ: ދިއެރައިވަލް.އެމްވީ

ފެމުނު މިޔަރެއް: ކަރުގޮހޮރު އަޅައިގެން މި މިޔަރު ތިލަކުރޭ -- ފޮޓޯ: ދިއެރައިވަލް.އެމްވީ

މިނިސްޓްރީން ބުނީ މިޔަރު އިތުރުވާ ކަމަށް މީހުންނަށް ގަބާލުކުރެވެނީ މިޔަރަށް ކާން ދިނުމާއި ބަޔޯޑީގްރޭޑަބަލް ކުނި މޫދަށް އެޅުން އިތުރުވާތީ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން އެސޮރުމެންގެ ގުދުރަތީ ޝިކާރަކުރުމުގެ އާދަތަކަށް ބަދަލު އަންނާތީ މިކަން ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ. ހާއްސަކޮށް ޑައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން، ފަތުރުވެރިންނަށް މިޔަރު ދައްކަން މިފަދަ ކަންކަން ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރި އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ހުޅުވާލަން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ބޭރުގެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުންނާއި ޑައިވް ޓޫރިޒަމުން ނަފާ ހޯދާ ގިނަ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ނުކުރަން ގޮވާލި އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ދެމެހެއްޓެނިވި މުސްތަގުބަލަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ. ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމުގައި މިސާލެއްކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސަތުތައް ކަނޑައަޅާނީ އެ މަގުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox