މަޝްރޫއުތައް ކުއްލިއަކަށް އޮއްސާލީ އިންތިހާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

މުއާޒު ރަޝީދު: އިދިކޮޅަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި - ފޮޓޯ: ޕީއެމްއެމް

މުއާޒު ރަޝީދު: އިދިކޮޅަށް ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި - ފޮޓޯ: ޕީއެމްއެމް

ސަރުކާރުން އެކި ރަށްތަކަށް ކުއްލިއަކަށް މަޝްރޫއުތަކާއި ހުވަފެންތައް އޮއްސާލީ ހޮނިހިރުދުވަހު އޮންނަ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށާއި އިދިކޮޅަށް ކުރިމަތިކުރުވި ފިއްތުންތަކާ އެކު މި އިންތިހާބު އިންސާފުވެރިވެދާނެ ކަަމަށް ގަބޫލުނުކުރާކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ބުނެފި އެވެ.

އިދިކޮޅު ކެމްޕޭނުގެ މެނޭޖަރު، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެކި ރަށްރަށަށް މަޝްރޫއުތައް އިއުލާންކުރުމުގެ އިތުރުން އެތައް ހުވަފެނެއް މި އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ދައްކަމުން އަންނަ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވުމުން ފެށި ބަނދަރު ހެދުމާއި މާލޭގެ މަގު ހަދަން އާރުޑީސީއާ ހަވާލުކުރުން ފަދަ މަޝްރޫއުތަކަށް ކަމަށް ބެލެވެ އެވެ.

މަޝްރޫއުތަކުގެ އިތުރުން އެތައް ވަޒީފާއެއް އުފަންކުރުވި ކަމުގެ ތުހުމަތު ވެސް ކުރެއްވި އެވެ.

"އިންތިހާބު ނިމުނީމާ އެ ވަޒީފާތަކަށް ވާނެ ގޮތެއް ނޭނގެ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު ނިމުނީމާ ވެސް އެތައް ބަޔަކަށް ވަޒީފާދޭނެ ކަމަށް ވެސް ވައުދުވެފައި އެބަހުއްޓެވެ. އިންތިހާބަކަށް "ނުފޫޒު ފޯރުވޭނީ މިހާވަރަށް" ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

"އިންތިހާބަށް ނުފޫޒު ފޯރުވަން ކަޅު ފައިސާ އެ ދެނީ ބަހަމުން. މިވަރުން ކިހިނެއްތޯ އިންސާފުވެރި އިންތިހާބަކަށް ވާނީ."

އިންތިހާބުގެ ކެމްޕޭން ނިންމަން ސަފާރީތަކާއި ކަންނެލި އޮޑިއެއްގައި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން އއ. ރަސްދުއަށް ވަޑައިގަތުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެމްޑީޕީން ކުރާ ކަންކަމަށް ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އެކަމަކު އެ ގައިޑްލައިން ހުރަހަކަށް ހަދައި އިދިކޮޅުން ކެމްޕޭން ކުރުމުގެ ފުރުސަތު ނަގާލާފައިވާ ކަމަށް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވިޔަސް ވޯޓުން އެމްޑީޕީ މިފަހަރު ބަލިކޮށްލާނެ ކަމަށެވެ. ރައްޔިތުން ތިބީ މާޔޫސްވެ، ވޯޓު ފޮށި އަތުޖެހޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މި އިންތިހާބުގައި ތަފާތު ގޮތަކަށް ވޯޓުލާން ނިންމާފައިވާ އިރު މާސްކް އަޅައިގެން ގޮސް މަކަރު ހަދާފާނެތީ ސަމާލުވުމަށް އޭނާ ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނާ މެދު އިތުބާރެއް ނެތެވެ. އެހެންކަމުން މާސްކު އަޅައިގެން ގޮސް ވޯޓު އޮޅުވާލަފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ޕީޕީއެމާއި ޕީއެންސީން އެދުނީ އިންތިހާބު އޮންނަ ދުވަހުގެ 12 ޖެހުމުގެ ކުރިން އެ ދެ ޕާޓީގެ ސަޕޯޓަރުން ނުކުމެ ވޯޓުލުމަށެވެ. އޭގެ ފަހުން އިންތިހާބު ރަނގަޅަށް މޮނިޓާކުރަން ވެސް ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox