މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އަންނަ މަހު ހުޅުވާލަނީ

ހައުސިން މިނިސްޓަރު އަސްލަމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހައުސިން މިނިސްޓަރު އަސްލަމް މީގެ ކުރިން "އަދަދު"އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މި ވެރިކަމުގައި ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު އިއުލާންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވީ ކުރިއަށްހުރި ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް ކުރިމަތިލުމުގެ އުސޫލް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

މިގޮތުން، ހިމަނަންޖެހޭ މައުލޫމާތުތަކާއި، އެ ވަޒަން ކުރާނެ ގޮތާއި، މާކްސް ދޭނެ ގޮތް ހިމެނޭ ގޮތަށް ހިޔާވަހިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މިހާރު ތައްޔާރުކޮށްފައިވާ ކަމަށާއި މިއަދު އެ ފޯމު އާއްމުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު އަންނަ މަހުގެ ތެރޭގައި ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ތިން ކެޓަގަރީއަކަށް ކަމަށް ވިދާޅުވި އެވެ.

"މެއި މަހުގެ ތެރޭގައި މި ކަމަށް ރައްޔިތުން އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާނަން،" އަސްލަމް އިއުލާނުކުރެއްވި އެވެ.

އޭގެ ތެރެއިން އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ މާލޭ ރައްޔިތުންގެ ތެރޭގައި ވަގުތުން ވަގުތަށް ބޯހިޔާވަހިކަން ބޭނުންވާކަމަށް ފާހަގަވެފައިވާ ހަހާއެއްހާ އާއިލާއަށް ކަމަށެވެ.

މިގޮތުން، މި މަޝްރޫއުއަށް ކުރިމަތިލެވޭނީ 600 އަކަ ފޫޓަށް ވުރެ ބޮޑުނޫން ގޯއްޗެއް ނެތް އަދި މާލޭގެ ރައްވެއްސެއްގެ ގޮތުގައި 15 އަހަރު ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު ހިޔާވަހިކަން ދިނުމުގައި އެންމެ އިސްކަން ދޭނީ އެ އެޕްލިކޭޝަންގެ ތެރެއިން 75 މާކްސްއަށް ވުރެ މަތިން ލިބޭ ފަރާތްތަކަށް ކަމަށެވެ.

އެއަށްފަހު، އެ މަޝްރޫއަކުން ބާކީ ފްލެޓު ނޫނީ ގޯތި ހުރި މިންވަރަކުން ދެން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް ހިޔާވަހިކަން ދޭނީ ގުރުއަތަކުން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އިތުރުން މިޑްލް އިންކަމްގެ ކެޓަގަރީއެއް ކުރިއަށް ގެންދިއުމެވެ. މި ތިން ކެޓަގަރީއަށް ކޮންމެ ވަޒީފާއެއް އަދާކުރިއަސް ކުރިމަތިލެވޭނެ ގޮތަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި އެކަނި ވެސް 5,000 ފްލެޓް އަޅަން އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފްލެޓްތައް ނިމޭނެ ކަމަށް ވެސް މިނިސްޓަރު އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox