އިސްލާމިކް ބޭންކްގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލުމުގެ ކުރިން ފަހު ފުރުސަތު ދީފި

މޯލްޑިވްސް އިސްލާމިކް ބޭންކް. އެކައުންޓްތައް އުވާލުމުގެ ކުރިން ފަހު ފުރުސަތު -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކް. އެކައުންޓްތައް އުވާލުމުގެ ކުރިން ފަހު ފުރުސަތު -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ބޭނުން ނުކުރާ 5,600 އެކައުންޓު އުވާލުމުގެ ކުރިން އެ އެކައުންޓުތައް އެކްޓިވޭޓް ކުރަން ފަހު ފުރުސަތު ދޭން އެ ބޭންކުން އިއުލާން ކޮށްފި އެވެ.

އެމްއައިބީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކައުންޓް އެކްޓިވޭޓް ކުރަން އެދޭ ފަރާތްތަކުން ޖޫން 4، 2021 ގެ ކުރިން އެ ބޭންކުގެ "ކަސްޓަމާ މައުލޫމާތު ފޯމް" ފުރުމަށް ފަހު އެ ބޭންކަށް ހުށައެޅުމަށެވެ. ނުވަތަ ފޯމާއެކު އަސްލާ އެއްގޮތަށް ތަތްގަނޑު ޖަހާފައިވާ އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރުމުން ވެސް އެކައުންޓް އެކްޓިވޭޓް ކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.

އެ މުއްދަތުގެ ކުރިން ފޯމް ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި އެއްވެސް ޖަވާބެއް ނުލިބިއްޖެ ނަމަ، އެ އެކައުންޓުތަކުގައި ހުރި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރުމަށް ފަހު އެކައުންޓްތައް ބަންދު ކުރާނެ އެވެ.

މަރުކަޒީ ބޭންކާ ހަވާލު ކޮށްފައިވާ ފައިސާ ހޯދަން ބޭނުން ނަމަ "ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު" މޯލްޑިވްސް އިސްލާމިކް ބޭންކަށް ހުށަހެޅުމުން އެ ފައިސާ ލިބޭނެ ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

ފަސް އަހަރު ތެރޭގައި މި އެކައުންޓުތަކުގައިވާ ފައިސާ ނަގާފައި ނުވާ ނަމަ ފައިނޭންސް މިނިސްޓްރީއާ ބޭންކުން ފައިސާ ހަވާލު ކުރާނެ އެވެ. ނަމަވެސް ފައިސާގެ ވެރި ފަރާތުން އެކަށިގެންވާ ހެއްކާއި އެކު އެ ފައިސާ ހޯދަން ހުށަހަޅައިފި ނަމަ އެ ފައިސާ ލިބޭނެ ކަމަށް އެމްއެއިބީ އިން ބުނެ އެވެ.

މުއްދަތު ހަމަ ވެފައިވާ އެކައުންޓް ތަކުގެ މައުލޫމާތު ސަރުކާރުގެ ގެޒެޓުން ފެންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox