މައުލޫމާތު ނެތަސް އީގަލްސް މެޗާ މެދު ތިމްޕޫގެ ފޯކަސް ބޮޑު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ތިމްޕޫގެ ކޯޗު ދެންޑަޕް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ތިމްޕޫގެ ކޯޗު ދެންޑަޕް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާދަމާ ހަވީރު ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު, އެ ޓީމާ ބެހޭ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނެތް ކަމުގައި ވިޔަސް ތިމްޕޫ ސިޓީން މެޗުގައި ނަތީޖާ ނެރެން ކުރެވެން ހުރި ހުރިހާ ކަމަކަށް ފޯކަސްކޮށް މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ނަވަން ދެންޑަޕް ބުނެފި އެވެ.

މެޗުގެ ކުރިން ގަލޮޅު ދަނޑުގެ މީޑިއާ ރޫމްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެންޑަޕް ބުނީ އީގަލްސްއާ ބެހޭގޮތުން މާ ގިނަ ކަންތައްތަކެއް ދަސްވެފައި ނެތް ކަމަށާއި އެނގެނީ މި ސީޒަނުގައި އެ ޓީމަށް އަދި އެންމެ ރަނގަޅު ކުޅުން ދެއްކިފައިނުވާކަން ކަމަށެވެ.

"ވަރަށް ފަހުން އަހަރެމެން އެ މީހުން (އީގަލްސް)ގެ ކަންތައްތައް ދިރާސާކޮށްލީ. އަހަންނަށް އެނގޭ މި ސީޒަނުގައި އެ މީހުން މާ ރަނގަޅު ޕާފޯމަންސެއް ނުދެއްކިގެން އުޅެނީ. އެކަމަކު އޭގެ މާނަ އަކީ އެ މީހުން އަހަރެމެންނާ ދެކޮޅަށް ވަރުގަދަނުވާނެއޭ އެއް ނޫން. މިއީ ފުޓްބޯޅަ ކޮންމެ ގޮތެއް ވެސް ވެދާނެ," ކުރިން ބޫޓާން ގައުމީ ޓީމަށް ކުޅުނު ދެންޑަޕް ބުންޏެވެ.

މިއީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ތިމްޕޫ އިން ރާއްޖޭގެ ކްލަބަކާ ދެކޮޅަށް ކުޅޭ ދެ ވަނަ ފަހަރެވެ. ޕަސަން ޝެރިންގެ ކޯޗުކަމުގައި ތިމްޕޫ އިން ވަނީ 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ވެލެންސިއާއާ ބައްދަލުކޮށްފަ އެވެ. ބޫޓާންގައި ކުޅުނު ތިމްޕޫގެ ހޯމް މެޗު ނިމުނީ ލަނޑެއް ނުޖެހި އެވެ. މާލޭގައި ވެލެންސިއާ އިން ވަނީ 3-0 އިން ތިމްޕޫ ބަލިކޮށްފަ އެވެ.

ދެންޑަޕް ބުނީ އޭރުގެ ހާލަތާއި މިހާރު ތިމްޕޫ އޮތް ގޮތް މުޅިން ތަފާތުވާނެ ކަމަށެވެ. އަދި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އޭނާ ހަވާލުވި ފަހުން ތިމްޕޫ ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވާނެ ކަމަށް ދެންޑަޕް ބުންޏެވެ.

"ތިމްޕޫ ސިޓީ ކުޅެފި މިތަނުގައި ވެލެންސިއާއާ ދެކޮޅަށް މާލޭގައި. އޭރު ޓީމު ތަފާތު. އެހެން ކޯޗެއް ހުރީ. އެެހެން ޕްލޭޔަރުން ތިބީ ވެސް. އޭރާ އަޅާކިޔާއިރު ހުރިހާ ކަމެއް މި އޮތީ ބަދަލުވެފައި. އަހަރެން މި ޓީމާ ހަވާލުވިތާ މިހާރު އެއް އަހަރަށް ވުރެން ގިނަ ދުވަސްވީ. ތަފާތު ކުޅުންތެރިންނާއި ތަފާތު ވިސްނުންތަކެއް މިހާރު މި ޓީމުގައި މި އޮތީ. ކުރިމަގަށް ތަފާތު ލަނޑުދަނޑިތަކެއް މި ހުރީ ވެސް," ދެންޑަޕް ބުންޏެވެ.

ތިމްޕޫ އިން ބިދޭސީ ކުޅުންތެރިން ނެތި ކޮލިފައިންއާ ކުރިމަތިލާއިރު, އީގަލްސްގައި ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނެ އެވެ. އަނެއްކޮޅުން ކުރިން ދެ ލެގަށް ކުޅެމުން އައި ކޮލިފައިން ކޮވިޑާ ހެދި އެއް ލެގަށް ބަދަލުކޮށްގެން ކުޅޭއިރު, މި މެޗު މާލޭގައި ކުޅެން ޖެހުމަކީ ވެސް އީގަލްސް އަށް އެޑްވާންޓޭޖެކެވެ. ދެންޑަޕް ބުނީ އެ ކަންކަން ގަބޫލުކުރާ ކަމަށާއި އެކެމަކު އޭނާގެ ޓީމަކުން ވެސް ދުލެއް ނުދޭނެ ކަމަށެވެ.

"ހަގީގަތުގައި އެއީ ކޮންމެވެސް އެޑްވާންޓޭޖެއް. އެކަމަކު އަހަރެން ގަބޫލުކުރާގޮތުގައި މެންޓަލީ އަހަރެމެން ވަރުގަދަ ވެއްޖިއްޔާ އަހަރެމެންނަށް މި ކަން ވާނެ," ދެންޑަޕް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ މޫސުމަށް ބަލާއިރު, މިއީ ހޫނު ގައުމެއް ކަން އެނގޭކަމަށާއި މި މެޗަށް އައުމުގެ ކުރިން އިންޑިއާގެ ކަލްކަތާގައި ބޭއްވި ފަރިތަކުރުންތަކުގެ ސަބަބުން ފަސޭހަތަކެއް ވެފައިވާ ކަމަށެވެ. ފުޓްބޯޅައިގައި ޖެހޭނީ އެ އިރެއްގައި އޮންނަ ހާލަތަކަށް ހޭނިގެން މެޗު ކުޅެން ކަމަށް ދެންޑަޕް ބުންޏެވެ.

ތިމްޕޫ އިން މީގެ ތިން މަސް ކުރިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފެށި ނަމަވެސް ކޮވިޑްގެ ހާލަތު ބޫޓާނުގައި ގޯސްވުމުން މަހެއްހާ ދުވަހަށް ޕްރެކްޓިސް މެދުކަނޑާލި އެވެ.

ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަތުން 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގައި ބޫޓާން ޓީމަށް ކުޅުނު ހަ ކުޅުންތެރިން މި ވަގުތު ތިމްޕޫ އަށް ކުޅެ އެވެ. އެ ފަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު ކުޅުންތެރިން އީގަލްސް ޓީމުގައި ހިމެނެ އެވެ.

ތިމްޕޫގެ މިޑްފީލްޑަރު ޝެރިން ދޯޖީ ބުނީ ތިމްޕޫ ޓީމުގައި ގިނަވާނީ ބޫޓާންގެ 19 އަހަރާއި 20 އަހަރުން ދަށުގެ ކުޅުންތެރިން ކަމަށާއި އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ކޮލެޖްގައި ކިޔަވަމުން އަންނަ ދަރިވަރުން ކަމަށެވެ. ދޯޖީ ބުނީ އީގަލްސްއާ ދެކޮޅަށް ކުޅެ ނަތީޖާއެއް ނެރޭނަމަ އެންމެ މުހިއްމު ކަމަކީ ޓީމެއްގެ ގޮތުގައި ރަނގަޅު މަސަައްކަތެއް ކުރުން ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ކޮންމެ ގޮތެއް ވިޔަސް ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ. މީގެ އޮތީ މަސައްކަތްކުރުން. އިންޑިވިޖުއަލް ކުޅުންތެރިންނަށް ބެލުމަށް ވުރެ ޓީމެއްގެ ގޮތުގައި ކުޅެން ބޭނުމީ. އަހަރެމެން ޓީމްވޯކް ރަނގަޅުކޮށްގެން މަސައްކަތްކޮށްފިއްޔާ މި ބޭނުންވާ ކަންތައް ވާނެ," ދޯޖީ ބުންޏެވެ

ތިމްޕޫ އަކީ މި ފަަހަރުގެ އޭއެފްސީގައި ވާދަކުރާ ހަމައެކަނި ބޫޓާންގެ ޓީމު ކަމަށްވުމުން އެ ގައުމުގެ އެހެން ކްލަބްތަކުން ވެސް އަންނަނީ އެ ޓީމަށް ސަޕޯޓްކުރަމުންނެވެ.

އީގަލްސް އާއި ތިމްޕޫ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox