މެންބަރުން ދާއިރާއަށް ކުރާ ދަތުރު ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

މަޖިލީހުގެ ހަ މެމްބަރަކު މިދިޔަ މަހުގެ ފަހުކޮޅު އެ މެމްބަރުންގެ ދާއިރާތަކަށް ކުރެއްވި ދަތުރެއްގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ އެ މެންބަރުން ދާއިރާތަކަށް ވަޑައިގެންނެވީ ރަސްމީ ހައިސިއްޔަތުންތޯ ބައްލަވުން އަންނަ ކަމަށެވެ. މަޖިލީހުގެ އާއްމު ކޮމިޓީން ބެލުމަށް ފަހު މިހާރު ވަނީ އުސޫލެއް ކަނޑައަޅައިފަ އެވެ.

Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި މަޖިލީހުގެ އިދާރާއަށް ހުށަހަޅައިގެން ހުއްދަ ހޯދޭނެ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުއްދަ ލިބިއްޖެ ނަމަ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކުގެ މުއްދަތުގައި މަޖިލީހާއި ކޮމިޓީތަކުގެ ހާޒިރީގައި ރަސްމީ ދަތުރެއްގެ ގޮތުގައި ފާހަގަކުރެވިދާނެކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ދަތުރެއްގައި ހުންނަވާ މެންބަރަކު އިންނަވާ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ބައިވެރިވާން ބޭނުންވާ ނަމަ، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދޭން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

"އިއްޒަތްތެރި މެންބަރުން ލިޔުއްވަންޖެހޭނީ އިދާރާއަށް. އެހެންވީމާ، އަމީންއާއްމު ހުއްދަ ދެއްވައިފިއްޔާ ދަތުރު ކުރެއްވޭނީ. އިދާރާއިން އެކަން ކަނޑައަޅާ ނިންމަން މި އޮތީ،" ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ކެމްޕޭނަށް ރަށްރަށަށް ދިއުމަށް ފަހު 10 ދުވަސް ކަރަންޓީނުވާން ޖެހޭ ގޮތަށް އެޗްޕީއޭ އިން ކަނޑައަޅާފައިވީ ނަމަވެސް، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީ މެންބަރުންނަށް އެ ފިޔަވަޅަށް ތަބާނުވެ ދަތުރުކުރަމުންދާ ކަމަށް އިދިކޮޅު, ޕީޕީއެމާއި ޕީއެންސީން ދަނީ ޝަކުވާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox