ގުރައިދޫ މަރުކަޒަށް ވަރަށް އަވަހަށް ޑޮކްޓަރުން ހަމަޖައްސާނަން: މިނިސްޓްރީ

ޖެންޑާ މިނިސްޓަރު އައިޝާ ދީދީ: ގުރައިދޫ މަރުކަޒަށް ވަރަށް އަވަހަށް ޑޮކްޓަރުން ހަމަޖައްސަން ވަނީ ނިންމައިފައި-- ފޮޓޯ: ރައީސް އޮފީސް

ޖެންޑާ މިނިސްޓަރު އައިޝާ ދީދީ: ގުރައިދޫ މަރުކަޒަށް ވަރަށް އަވަހަށް ޑޮކްޓަރުން ހަމަޖައްސަން ވަނީ ނިންމައިފައި-- ފޮޓޯ: ރައީސް އޮފީސް

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަރަށް އަވަހަށް ޑޮކްޓަރުން ހަމަޖައްސާނެ ކަމަށް އެތަން ބަލަހައްޓާ ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ އެ މަރުކަޒުގައި ޑޮކްޓަރަކާއި ނަރުހަކު ނެތްތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރަކު ނެތި ވެސް އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ.

ގުރައިދޫ މަރުކަޒުގެ ހާލަތު ގޯސްވެފައިވާ މައްސަލާގައި "އަދަދު" އިން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އެ މަރުކަޒަށް މެޑިކަލް އޮފިޝަލުންނާއި ދެ ނަރުހުން ރެކުރޫޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވުނުހާ އަވަހަކަށް ޑޮކްޓަރުންނާއި ނަރުހުން އެ މަރުކަޒާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތުގެ ޑޮކްޓަރުން އަންނަ އަންގާރަ ދުވަހު އެ މަރުކަޒަށް ގޮސް މެޑިކަލް ކޭމްޕެެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މިހާ ދުވަސްވީއިރު އެ މަރުކަޒަށް ޑޮކްޓަރުން ހަމަނުޖެހި ލަސްވި ސަބަބާ ގުޅޭގޮތުން މީޑިއާ އޮފިޝަލް ވަކިއެއްޗެއް ވިދާޅެއް ނުވެ އެވެ.

ގުރައިދޫ ކައުންސިލްގެ މެމްބަރަކު ނަން ހާމަ ނުކުރަން އެދިވަޑައިގެން "އަދަދު" އަށް މިއަދު ވިދާޅުވިގޮތުގައި އެ މަރުކަޒުގައި ތިބި ބަލި މީހުންނަށް މިހާރު ބޭސް ދެމުން އަންނަނީ އެކަމުގެ ތަޖުރިބާއެއް ނެތް އެތަނުގެ މުވައްޒަފުންނެވެ. އިތުރު ފަރުވާއެއް ހޯދަން ޖެހޭ ނަމަ މިހާރު ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ލިބުން ދަތިވުމުގެ އިތުރުން އެ މަރުކަޒުގައި ކެއުމަށް ބޭނުންކުރާ ތަކެތީގެ ސަޕްލައިއަށް ވެސް މި ފަހުން ދަތިތަކާ ކުރިމަތިވި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. މިދިޔަ މަހު ހަފުތާއެއްހާ ދުވަހު އެ މަރުކަޒުގައި ފިޔާ އާއި ލޮނުމެދު ފަދަ ތަކެތި ނާޅައި ރިހަ ކައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން އުމުރުން ދުވަސްވީ, އަޅާލާނެ މީހެއް ނެތް 197 މީހުން ގުރައިދޫ މަރުކަޒުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި 158 މީހުންނާއި އުމުރުން ދުވަސްވީ 39 މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox