މާކްސް ދިން ގޮތް ރިވިއު ކުރުމުން ފްލެޓް ލިބިއްޖެ

ހިޔާ ފްލެޓް: މާކްސް ދިން ގޮތް ރިވިއު ކޮށް ފްލެޓް ދޭން އެޗްއާރުސީއެމުން ވަނީ އަންގައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހިޔާ ފްލެޓް: މާކްސް ދިން ގޮތް ރިވިއު ކޮށް ފްލެޓް ދޭން އެޗްއާރުސީއެމުން ވަނީ އަންގައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓަށް މާކްސް ދިންއިރު މަދުން މާކްސް ލިބުނު މީހެއްގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު އޭނާއަށް ހިޔާވަހިކަން ދިނުމަށް ފުލެޓު ކޮމިޓީއަށް އަންގައިފި އެވެ.

އެޗްއާރުސީއެމްގެ މެމްބަރު އަހުމަދު އަދުހަމް އަބްދުالله، "އަދަދު" އަށް ވިދާޅުވީ އެ މީހާއަށް ފުލެޓް ނުލިބި އޮތީ ޕޮއިންޓް ދިނުމުގައި އަމަލު ކުރި އުސޫލުތަކެއްގެ ސަބަބުން ކަމަށެވެ.

"ޕޮއިންޓް ދޭން މިހާރު ކަނޑައަޅާފައިވާ ސިސްޓަމްގެ ތެރެއިން ޕޮއިންޓް ދިނުމުގައި މައްސަލައެއް ހުރެގެން އެ ފަރާތް އަޅުގަނޑުމެންނަށް ލިޔުނީ މިއީ ލިބެން ޖެހޭ ފަރާތެކޭ އެކަމަކު ނުލިބިފައޭ މިއޮތީ. އެހެންވީމައި އަޅުގަނޑުމެން ކުރި މަސައްކަތުން (ފްލެޓް) ލިބިފައިވާ ކަމަށް މިހާރު މައުލޫމާތު ލިބެނީ،" އަދުހަމް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ހިޔާ ފްލެޓާއި ބޯހިޔާވަހިކަމާ ގުޅޭ ތަފާތު މައްސަލަތައް އެޗްއާރުސީއެމްއަށް ހުށަހަޅައިފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލި 25،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު އިއުލާން ކުރުމާއެކު ގިނަ ބަޔަކު ވަނީ މާކްސް ދީފައިވާ ގޮތާމެދު ސުވާލު އުފައްދައިފަ އެވެ.

އެގޮތުން ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓް ދޭ ސެކްޝަނަށް މާކްސް ދީފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އެވެ. ބައެއް ފަރާތްތަކަށް ފްލެޓް އެވޯޑުކޮށްފައި ވަނީ ދިރިއުޅުމުގެ ހާލަތު ބެލުމަށް އިންޓަވިއުނުކޮށް ކަމަށް ވެސް މީހުން ތުހުމަތު ކުރި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދެނީ އެކި ގޮތަށްކަން ފާހަގަ ކުރައްވައި އަދުހަމް ވިދާޅުވީ ދައުލަތުން ހިންގާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫތަކުން ދޫކުރާ ފްލެޓްތަކާއި ހައުސިން ޔުނިޓްތައް ދެނީ އޭގެ ހައްގުވެރިންނަށްތޯ އެ ކޮމިޝަނުން ޔަގީން ކުރާނެ ކަމަށެވެ.

އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު އެކި ޕޮސިލީތައް، ޕޮއިންޓް ސިސްޓަމް މިހާރު ރިވިއު ކުރަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ އެކި އަތޮޅުތަކުގައި އެކިގޮތަށް، އެކި ކައުންސިލްތަކުން އެކި ގޮތަށް ޕޮއިންޓް ސިސްޓަމް ބައްޓަން ކުރެވިފައި ހުރިކަން،

ބޯހިޔާވަހިކަން ދޭއިރު ގައުމީ އެއް މިންގަނޑެއް ގެންގުޅެވޭނީ މިހާރު ގެންގުޅޭ އުސޫލުތައް ރިވިއު ކޮށްގެން ކަމަށް ވެސް އަދުހަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox