ބައިވެރިއެއް ހޯދަން އުނދަގޫވަނީ ތިރީހުން މަތި ވީމަތަ؟

ބައިވެރިއެއް ހޯދަން އުނދަގޫވަނީ ތިރީހުން މަތި ވީމަތަ؟

މި ސުވާލެއްގެ ޖަވާބު ވަކި ކޮޅަކަށް ނިންމައިފި ނަމަ، ހޫނު ބަހުސަކަށް ގޮސް ތަޅައިފޮޅަން ޖެހޭ ހިސާބަށް ވެސް ގޮސްދާނެ އެވެ. އެކަމަކު އާންމުކޮށް އެންމެން ވެސް އެއްބަސްވާ ހަގީގަތެއް އޮވެ އެވެ. މެދު އުމުރަށް ދާ ހިސާބުން ގުޅުމެއް ނިމިގެން އާ ގުޅުމެއް ފަށަން ބައިވެރިއަކު އިހްތިޔާރުކުރަން ވިސްނާ އިރު، ހަގީގަތުގައި ވެސް އެކުގައި އުޅެން ބައިވެރިއަކު ހޯދަން އުނދަގުލެވެ. ކުރަންޖެހޭ މަސައްކަތް ގިނަ އެވެ.

"އަހަރެންގެ ފުރަތަމަ ކައިވެނި ރޫޅިގެން ތިން އަހަރެއް ވަރު ހުރިން ހުހަށް. ހިތަށް އެރީ ކޮބައިހޭ ހުރިހާ ޒިންމާދާރު ރަނގަޅު ފިރިހެނުންތައް. އެކަކު ވެސް ނުބަހައްޓައި އެންމެން މީހުންނާ އިނީ ބާއޭ. ރަނގަޅު ނިޔަތުގައި ސީރިއަސް ކޮށް ދިރިއުޅުމާ މެދު ވިސްނާ ފިރިހެނަކާ ހަމަ ދިމާނުވާތީ،" 34 އަހަރުގައި ވަރިވެ، ދަރިއަކުވެސް ހުރި އަންހެނަކު ބުންޏެވެ.

އުމުރާ ގުޅުން ހުރި ކަމެއް ނޫން

Advertisement

ފަންސަވީހަކަށް އަހަރުގެ ފިރިހެން ކުއްޖެއްގެ ގާތުގައި މި ސުވާލުކޮށްލުމުން އޭނާ ދިން ޖަވާބަކީ މިއެވެ. ރަނގަޅު ބައިވެރިއަކު ހޯދަން އުނދަގޫވަނީ ވަކިން ތިރީހުން މަތީ މީހުންނަށް އެކަންޏެއް ނޫން ކަމަށެވެ. އެއީ ބޭނުންވާ ސިފަތަށް ހުންނަ މީހަކު ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާ އުސޫލުން ހުރިހާ އުމުރަކަށް ވެސް އުނދަގޫ ކަމަކަށް އެކަން ވެފައި އޮންނަނީ ކަމަށެވެ.

"ތިން އަހަރު ވަންދެން ސީރިއަސް ރިލޭޝަންޝިޕަކަށް ނުގޮސް ހުރިން. ދޭތެރެއަކުން ސޯޝަލް މީޑިއާއިން ކުއްޖަކާ ވާހަކަ ދައްކާލިޔަސް، ހަޔާތަށް ގެންނަން ރަނގަޅު ކުއްޖަކާ އަސްލު ދިމާ ނުވާތީ." އޭނާ ބުންޏެވެ.

އެކްސްޕެކްޓޭޝަންތަކާ ގުޅިފައިވާ ކަމަކަށް ވެސް ވެދާނެ

ތިރީހުން މަތިވާ ފަހުން، ނުވަތަ މެދު އުމުރުގައި ގުޅުމެއް ނިންމައިފައި ދެން ހަޔާތުގެ ބައިވެރިއަކު ހޯދަން ބަލާއިރު މާ ބޮޑަށް އުނދަގޫވާ ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

ގުޅުމެއް ނިމިގެން ދާއިރު ބައިވެރިޔާގެ ކިބައިގައި ހުންނަން ބޭނުންވާ ސިފަތަކާއި، އެއްގޮތަކަށް ވެސް ފެންނަން ބޭނުން ނުވާ ސިފަތަކަކީ ކޮބައިކަން އޮންނާނީ ވަރަށް ބޮޑަށް ކަނޑައަޅައި ނިންމާފަ އެވެ. އެހެންވީމާ، އެހާ ހިސާބުން ދެން ހޯދަން އުޅެވޭނީ، މިބުނާ ހުރިހާ ސިފަތަކެއް ހަމަވާ މީހެކެވެ.

އުމުރުގެ މެދަކާ ހަމައަށް ދާ ހިސާބުން ގުޅައި މެސެޖުކޮށް، ސަމާސާކޮށް އެކަކު އަނެކަކު އޮޅުކޮށްގެން ގެންގުޅޭ ލޯބި ހޯދަން ބައެއް މީހުންގެ ޝައުގުވެރިކަމެއް ނުހުރެ އެވެ. ލޯތްބަށް ވުރެ ބޮޑަށް އެ އުމުރުގައި އިސްކަންދެނީ ސީރިއަސްކޮށް ދިރިއުޅުމެއް ފަށަން ތައްޔާރަށް ހުންނަ މީހަކު ހޯދާށެވެ. އެހެންވީމަ މި ކަމެއް އަދި މާ ބޮޑަށް އުނދަގޫވެދާނެ އެވެ.

ލޯތްބާއި ރިލޭޝަންޝިޕްގެ ކަންކަމުގައި ވަކި އެއްޗެއް ކިޔައިފައި ގޮތް ކިޔޭކަށް ނޫންނާނެ އެވެ. އެހެންވީމާ މި ސުވާލެއްގެ ޖަވާބު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox