ރާމޯސް އަށް ލިވަޕޫލް ދެ މެޗާއި އެލްކްލަސިކޯ ވެސް ގެއްލޭނެ

Apr 1, 2021, 8:02 PM
ރެއާލްގެ ޑިފެންޑަރު ރާމޯސް: އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ.

ރެއާލްގެ ޑިފެންޑަރު ރާމޯސް: އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ.

މެޑްރިޑް (އޭޕްރީލް 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުތަކާއި މި މަހު ސްޕެނިޝް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލަސިކޯގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

އުމުރުން 35 އަހަރުގެ ރާމޯސް އަށް އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. ކަކުލަށް ލިބިފައިވާ އަނިޔާއަކުން ދާދި ފަހުން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައި ރާމޯސް އަށް މި ފަހަރު އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު މެޗުގަ އެވެ. ރާމޯސްގެ ކުޑަކަޅުވާ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާން މަހެއްހާ ދުވަސް ނަގާނެ ކަމަށް ރެއާލްގެ އޮފިޝަލަކު ވަނީ ސްޕެއިނުގެ މީޑިއާގައި ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެރޭ ރެއާލް އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ ހޯމް މެޗު އޮންނާނެ އެވެ. އަދި 14 އޭޕްރީލްގައި ލިވަޕޫލް ދަނޑުގައި ދެ ވަނަ ލެގު ކުޅުމުގެ ކުރިން ބާސެލޯނާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި ރެއާލް ނުކުންނަން ޖެހޭނެ އެވެ. މިއީ ލީގުގެ ރޭހުގައި މި ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ.

މެޗުތަކުގައި ނުކުޅެވޭތީ ހުރި ކަންބޮޑުވުންތަކުގެ ވާހަކަތައް ރާމޯސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. ރާމޯސް ބުނީ މި ކަހަލަ ބޮޑެތި މެޗުތަކުގައި ނުކުޅެވުމަކީ ލިބޭ ވަރަށް ބޮޑު ހިތާމަ އެއް ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަށް ކުޅުމަށް އެނބުރި އައުމަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލާއި ލިވަޕޫލް ވާދަކުރަން ޖެހުމާ އެކު ރާމޯސްގެ ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް ދެކެވުނެވެ. އެއީ ލިވަޕޫލާއި ރެއާލް 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހަށް ރާމޯސް ކުރި ފައުލުގެ ވާހަކަ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި އެ ވާހަކަތައް އަލުން ތަކުރާރުވާން ފެށުމުންނެވެ. ރާމޯސް އަށް އަނިޔާވުމާ އެކު އޭނާ ސަލާހާ ދެކޮޅަށް ކުޅޭ މެޗެއް ކައިރި މުސްތަގުބަލުގައި ފެނުމުގެ ފުރުސަތު ކުޑަ އެވެ.

މި ސީޒަނުގެ ނިޔަލަށް ރެއާލްގެ ކޮންޓްރެކްޓްގައި ހުރި ރާމޯސް ހޯދަން ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޕީއެސްޖީން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ރާމޯސް އަށް ހުށަހަޅާފައިވާއިރު, ރިޕޯޓްތައް ބުނާގޮތުން ރާމޯސް ރެއާލްގައި މަޑުކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox