ފުލުހުންގެ މުއައްސަސާގެ އިސްލާހަށް ގެނައި ގާނޫނަށް އަމަލުކުރަން ފަށައިފި

ާއާ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންތަކެއް ހުވާ ކުރައްވަނީ: ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށީ މިއަދު-- ފޮޓޯ: ޕޮލިސް

ާއާ ގާނޫނުގެ ދަށުން ފުލުހުން ހުވާ ކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންތަކެއް ހުވާ ކުރައްވަނީ: ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށީ މިއަދު-- ފޮޓޯ: ޕޮލިސް

މިދިޔަ ޑިސެމްބަރު މަހު ފާސްކުރި ދިވެހި ފުލުހުންގެ އާ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

އާ ގާނޫނުގައި ފުލުހުންގެ ހުވާ ކުރިއަށް ވުރެން ތަފްސީލުކޮށްފައިވާތީ މިއަދު ވަނީ ފުލުހުން އަލުން ހުވާ ކުރަން ފަށައިފަ އެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާނެވެ.

ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ހުވާއަށް އަމަލު ކުރަން ޖެހޭ ކަމަށާއި އަދި ހުވައެއް ކުރުމަކީ އެހެން މީހުންގެ އިތުބާރު އެ މީހެއްގެ މައްޗަށް ބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ނައިބު ރައީސް ވަނީ ގައުމީ ވާޖިބު އަދާ ކުރުމުގައި ހުވަޔަށް ތަބާވުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމަކުން އަޅުގަނޑުމެން ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭނެ. ގާނޫނުގައި ބުނާގޮތަށް ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް،" ފުލުހުންގެ ވެރިންނާ އެކު ގިނަ އަދަދެއްގެ ފުލުހުން ހުވާ ކުރެއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ފުލުހުންގެ އާ ގާނޫނަށް އަމަލު ކުރަން ފެށުމުން ދިވެހި ރައްޔިތުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ އެވެ. އާ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރަން އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"މި ގައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި އާއިލާއަކަށް ނިސްބަތްވާ، ވަކި ބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން. ގައުމުގައި ހުރި ހުރިހާ މައްސަލަ ތަކަކީ އެ މައްސަލަތައް ހުރުމުން މި ގައުމުގެ އެންމެހާ ރައްޔިތުންނަށް އޭގެ ސަބަބުން ހިތާމަ އާއި ދަތި އުނދަގޫތައް ކުރިމަތިވާ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ހުވާލައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންމެ ފުލުހަކީ ވެސް ހިދުމަތް ދިނުމުގައި ނަޒާހާތްތެރި މީހަކަށް ވާން ވާނެ ކަމަށެވެ. އަދި މަސައްކަތް ކުރުމުގައި މުއާމަލާތް ކުރަން ޖެހޭ މީހުންނަށް އިހުތިރާމާއެކު ހެޔޮކޮށް ހިތައި، އިންސާނީ ކަރާތްމާތް ރައްކާތެރި ކުރަން މަސައްކަތް ކުރަން ވާނެ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.

"މަގާމުގެ ގޮތުން ކޮންމެ ފުލުހަކަށް ލިބިގެންވާ ބާރާއި އިހުތިޔާރު ބޭނުންކުރަން ވާނީ އޭގެ ހުދޫދުގެ ތެރެއިން ހިފަހައްޓަން ޖެހޭ މިންގަނޑުތަކާ އެއްގޮތަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދަކީ 88 ފުރޭ ފުލުހުންގެ ހިދުމަތުގެ މުޅިން އާ ސޮފްހާއެއް ފެށިގެންދާ ދުވަހެއް ކަމަށެވެ. އަދި އާ ގާނޫނާ އެކު ފުލުހުންގެ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގާނޫނުގައި ތަސައްވަރު ކޮށްދީފައިވާ ގޮތަށް ދިވެހި ފުލުހުން ތަރުތީބު ކުރެވި ދިވެހިންނަށް ލާމަރުކަޒީކޮށް ހިދުމަތް ދެވެން ފެށި ފުލުހުންގެ ފަރާތުން ދިވެހި ސަރުކާރާ ދިވެހި ރައްޔިތުން އުއްމީދުކުރާ ހިދުމަތާ ދިމާއަށް ދިއުމަށްޓަކައި އަވައްޓެރި ފުލުހުންގެ ގޮތުގައި ހިދުމަތް ތަރުތީބު ކުރެވޭ ދުވަސް،" މިނިސްޓަރު ދެއްވި ކުރު ތަގުރީރުގައި ވިދާޅުވި އެވެ.

އާ ގާނޫނާއެކު ކޮން ބަދަލެއް؟

އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނެ އެވެ. އަދި ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ބޭއްވުމާއި އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ އަދި ވަޒީފާއާ ބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބޯޑެއް އެކުލަވާލަންޖެހެ އެވެ. ރައީސް އައްޔަން ކުރައްވަން ޖެހޭގޮތަށް ޕޮލިސް ބޯޑު އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މީހުންނެވެ. ޕޮލިސް ބޯޑަށް މިހާތަނަށް އައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވަނީ ކުރީގެ މަޖިލިސް މެމްބަރު ހާމިދު އަބްދުލް ގަފޫރެވެ. އެއީ ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމަށް އެކުލަވާލާ ބޯޑެކެވެ.

އާ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާ އެކު މިހާރު ބޭނުންކުރާ ބައެއް ރޭންކުތައް އުވިގެންދާނެ އެވެ. އެގޮތުން ކުރިން ބޭނުންކުރި 15 ރޭންކުގެ ބަދަލުގައި އާ ގާނޫނުގައި ކަނޑައެޅިފައިވަނީ 11 ރޭންކެވެ. މި ބަދަލާއި އެކު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން ދަށުގެ ރޭންކުތަކަށް ގްރޭޑް ކަނޑައެޅުމަށްވެސް އާ ގާނޫނުން ލާޒިމުކުރެ އެވެ.

މިއަދުން ފެށިގެން "މޯލްޑިވްސް ޕޮލިސް ސާވިސް"، ގެ ނަން، "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެ އެވެ. ނަމަވެސް އިނގިރޭސި ބަހުން އަދިވެސް ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox