ފިޔަވަޅުތަކުގެ ނަތީޖާ ފެނި ކޮވިޑު ކޭސްތަކުގެ އަދަދު ދަށަށް

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި ދެމުން އަންނަ ވެކްސިން: ތިން ވަނަ ރާޅާ އެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މަތިވި ނަމަވެސް ފިޔަވަޅުތަކުގެ އަސަރު ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ބުނޭ. --ފޮޓޯ/އެޗްޕީއޭ

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި ދެމުން އަންނަ ވެކްސިން: ތިން ވަނަ ރާޅާ އެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މަތިވި ނަމަވެސް ފިޔަވަޅުތަކުގެ އަސަރު ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ބުނޭ. --ފޮޓޯ/އެޗްޕީއޭ

ކޮވިޑް-19 އިން ރައްކާތެރިވާން އެންމެ ފަހުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާ ފެނި، ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ހުކުރުދުވަހުގެ ރޭ ބުނެފި އެވެ.

ކޮވިޑުގެ ތިން ވަނަ ރާޅާ އެކު ރާއްޖޭގައި ހަރުކަށި ފިޔަވަޅުތަކެއް އެޅީ މިދިޔަ މަހުގެ ކުރީކޮޅެވެ. އޭގެތެރޭގައި އިރުއޮއްސި ހައެއްގެ ފަހުން ވެހިކަލްތައް ނުދުއްވުމާއި އަށެއްގެ ފަހުން ރެސްޓޯރެންޓްތައް ބަންދުކުރުން ހިމެނެ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ގޮތް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވާހަކަ ދެއްކެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ޕޮޒިޓިވްވާ އަދަދު ދަށްވަމުން އަންނަ ކަން ގްރާފްތަކުން ދައްކާ ކަަމށެވެ.

"ފެބުރުއަރީ ކުރީ ކޮޅުން ފެށިގެން އަޅާފައިވާ އެކި އެކި ފިޔަވަޅުތަކާ ގުޅިގެން މި އަދަދުތައް ކޮންމެވެސް ވަރަކަށް ދަށަށް ދާ ޓްރެންޑެއް ފެނޭ. މާޗް މަހުގެ ފުރަތަމަ ހަފުތާ އާއި ދެ ވަނަ ހަފުތާގައި ވެސް ހަފުތާއެއްގެ މައްޗަށް ފައްސިވާ އަދަދު ދަށަށް ދާ ކަމަށް ގްރާފް އިން އެބަ ދައްކާ" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި އަލާމާތްތަކާ އެކު ނެގެޓިވްވާ ނިސްބަތް ހުންނަން ޖެހޭނީ ފަސް ޕަސެންޓަށް ވުރެ ދަށުގަ އެވެ. އެކަމަކު މިދިޔަ މަހުން ފެށިގެން އެ ނިސްބަތް ހުރީ ހަތް ޕަސެންޓުގައި ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް 22،373 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި 65 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox