ކޮލަމް: މިހެންވަންޏާ އަބަދު ކެމްޕޭނުގައި އުޅުއްވިޔަސް ވަރިހަމަ

އެއް އިންތިހާބުން އަނެއް އިންތިހާބަށް ވާރުތަވާ ވައުދުތައް ރައްޔިތުންނަށް ވިއްކުމަކީ ޒަމާންވީ ސިޔާސީ އުކުޅެއް. -- އިލަސްޓްރޭޝަން: އަހުމަދު އިހުސާން / އަދަދު

އެއް އިންތިހާބުން އަނެއް އިންތިހާބަށް ވާރުތަވާ ވައުދުތައް ރައްޔިތުންނަށް ވިއްކުމަކީ ޒަމާންވީ ސިޔާސީ އުކުޅެއް. -- އިލަސްޓްރޭޝަން: އަހުމަދު އިހުސާން / އަދަދު

ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އިސް ވައުދެކެވެ. އެކަމަކު އެއީ ވެރިކަމުގެ ހުންގާނުގައި އަތް ޖެހުމުގެ ކުރިންނެވެ. އެކަން ވުމާ އެކު އެ ވައުދު ވެސް ހަމައެކަނި އޮންނަނީ މަގު ހުރަހަށް ދަމާ ބެޓިކުޖެހި ފޮތިގަނޑުގަ އެވެ.

އެހެނަސް ރާއްޖޭގެ ސިޔާސީ ނިޒާމު ތަރުތީބު ވެފައި އޮންނަ ގޮތުން، އެއްކަލަ ވައުދު ފޮތިގަނޑު ބޮޑު ފޮށިން ނަގައި، ހިރަފުސް ފޮޅައިގެން ރައްޔިތުންގެ ކުރިމަތީގައި އަތުގެ ބުރު ނޭނގޭ ވަރަށް އަލުން ވިހުރުވަން މަޖޫބުރުވެ އެވެ.

ސީދާ ރައްޔިތުން އަތުން ހޯދަންޖެހޭ ބާރުތައް ޖަމާކުރުމުގެ ނިޔަތުގައި ރިޔާސީ ދައުރެއްގެ ތެރެއިން އަންނަ ދެ އިންތިހާބާ ދިމާކޮށެވެ. އެއް އިންތިހާބުން އަނެއް އިންތިހާބަށް ވާރުތަވާ ވައުދުތައް ވިއްކަން ރައްޔިތުންނާ ގާތަށް ދާންޖެހޭތީ އެވެ.

މިހާރު ފެންނަނީ އެއްކަލަ ވައުދު ވިއްކާ މޫސުން އަނެއްކާވެސް އަރާހަމަކުރި ތަނެވެ. ނަމަވެސް، ކުރިއާ ހިލާފަށް، މި މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ "ސޭލްސްމަނުން"ގެ އުކުޅުތައް ކޮންމެވެސް ވަރަކަށް ވަނީ ބަދަލުކުރަންޖެހިފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެގެން އުޅޭ ހުރަސްތަކާ ހެދި އެވެ.

މިފަހަރު ގެތަކަށް ވަދެ، ވަކި މީހަކަށް ވަކި ވައުދެއް ވުމުގެ މަގު އޮތީ ހަނިވެފަ އެވެ. ވެރިން އާއްމުކޮށް އެންމެ ގަޔާވާ "ޑިވައިޑް އެންޑް ރޫލް"ގެ ފުރުސަތު ބަންދުވީ އެވެ.

އެހެންވިިޔަސް، ސިޔާސީ ފައިދާ ހޯދަން ކަށީގައި ހިފާފައިހުރި އާދަތައް ދޫކޮށްލަން އުނދަގޫވާނެ އެވެ. މިފަހަރުވެސް އެއް ބައި ބޭފުޅުންނަށް ރައްޔިތުންގެ ބުރަކަށީގައި ފިރުމައިނުލާ ވޯޓުދޭށޭ ބުނަން ކެރިވަޑައެއް ނުގަތެވެ. ގެއަށް ވަދެ، ކުނިކަހައި، މޮޕު ލައި، އެވަރުން ނުވެގެން ހަވާދު ފުނޑައިދީ ހެއްދެވުމުގައި ވެސް އެއްބައި ބޭފުޅުން ވަރަށް ބުރަކޮށް އުޅުއްވި އެވެ.

ނަމަވެސް، އެކަހަލަ ފޮޓޯގަނޑުތަކާއި "ސެލްފީ"ތައް ނަގާލުމުގެ ފުރުސަތު މިފަހަރު މަދުކަމުން، ވައުދު ގޯނި އޮއްސާނެ އާ ގޮތެއް އިޖާދުކުރަން މަޖުބޫރުވީ އެވެ. އެހެނަސް އަލަށް ކުރާ ކޮންމެ ކަމެއްގައި އުނދަގޫތަކެއްވެސް ހުންނާނެ އެވެ. އެ ދަތިތައް މިފަހަރު ކުރިމަތިވީ އޮންލައިންކޮށް ކުރަން ފެށި ކެމްޕޭނުތައް ރައްޔިތުންގެ ދަރުބާރަކަށް ބަދަލުވީމަ އެވެ.

ކުޑަ ބޮޑެއް ބެލުމެއްނެތި، ސީދާ ރައްޔިތުންގެ ސުވާލުތަކަށް، ދުރާލައި ތައްޔާރުނުވެވުމުން، ޖަވާބު ދެއްވުމުގައި ބައެއް ބޭފުޅުން ފަހަތު ފަޔަށް ބުރަވީ އެވެ. ލައިސެންސް ނެތިގެން ޖޫރިމަނާ ކުރުމުން ފެށިގެން، ރާއްޖެ ދުށް ބޮޑެތި މަރުތަކާގުޅޭ ސުވާލުތައް އަމާޒުވީ، ގިނަ ބަޔެއްގެ ސީދާ ކުރިމަތީގަ އެވެ.

އެއާއެކު، އެއް ސުވާލެއްގެ ޖަވާބު ބައެއް ފަހަރު ބަދަލު ކުރަންޖެހުން ފަދަ ކޮށިއެރި މަންޒަރުތައް ފެނިގެން ދިޔަ އެވެ. ސިޔާސީ ގޮތުން އެންމެ "މަސްލަހަތު" ރަނގަޅު ޖަވާބު ނުދެއްވުނު ފަހަރުތަކުގަ އެވެ. ނޫނީ ދެއްވުނު ޒިންމާދާރުކަން ކުޑަ ޖަވާބަކުން ފާޑުކިޔާވަރު އިތުރުވެގެންނެވެ.

އެކަމަކު އެއީ ރައްޔިތުން މާބޮޑު ޝަކުވާއެއް ކުރާނެ ކަމެއް ނޫނެވެ. ސިޔާސީ ބޭފުޅެއްގެ ދުލުގައި މާބޮޑު އަގެއް ނެތަސް، އަނގައިން ބަހެއް ބޭރުކުރުވުމަކީ ގިނަ ބަޔަކަށް ލިބުނު ކާމިޔާބީ އެކެވެ.

ސުވާލެއްގެ ސިފާގައި ނަމަވެސް، ރައްޔިތުންގެ ހިތްތަކުގައި ފުނިޖެހިފައި ހުރި އުދާސްތައް ބަންޑުންކޮށްލުމުގެ ފުރުސަތު ލިބުމަކީ ކުރިއެރުމެކެވެ.

އިންތިހާބީ ކެމްޕޭނުތަކަކީ އެއް އިރެއްގައިވެސް ރައްޔިތުން މާގަޔާވާ ކަމެއް ނޫނެވެ. ހައްގު ސަބަބުތައް ބައިވަރެވެ. އެއް ވައުދުތަކެއް އަޑުއިވިއިވި ފޫހިވެއްޖެ އެވެ. ދުވަހެއްގެ ކޮޅުންވެސް ފުއްދޭތަން ނުފެންނާތީ މާޔޫސްވެއްޖެ އެވެ. އެ ޝަކުވާތައްކޮށްކޮށް ކޮޅުން ނުލި އެވެ. ނަމަވެސް އެ ވައުދު މޫސުމުން އެކީގައި ސަލާމަތްވެވޭނެ ގޮތެއްވެސް ނެތެވެ.

އެހެންކަމުން، މަޖުބޫރުން ނަމަވެސް، ކެމްޕޭނު ކުރުމަށް މިފަހަރު މި އައީ ރަނގަޅު ބަދަލެއް ކަމަށް ބުނުމުގެ ޖާގަ ލިބެ އެވެ.

ހަމައެކަނި "ހޮޅި" ވައުދުތަކެއް އަޑުއަހަން ޖެހުމަށް ބަދަލެއް އައިމަ އެވެ. ވަކި މޫސުންތަކަށް ވުޖޫދުވާ ކެމްޕޭނު ޖަގަހަތަކުގައި ދައްކާ ވާހަކަތަކަށް އަތްޖަހަން ތިބެން ނުޖެހުނީ އެވެ. ބާއްވާލައި އެޅިގަލަކާއި، ކަނޑާލައި ރިބަން ފަށުގެ ޒަމާންވީ ސަގާފަތުން މިންޖުވީމަ އެވެ.

އެއް ދުވަހަށް ނަމަވެސް، ގޭގައި މޮޕު ލައި ދިނުމާއެކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންޏާ، ވެރިން އަބަދު ކެމްޕޭނުގައި އުޅުއްވިޔަސް ވަރިހަމަކޮށްލެވިދާނެ އެވެ. ނުފުއްދާނެކަން އެނގިތިބެ، ހެޑަށް އޮޅިފައިވާ ވައުދު ނާމާ، އަލުން އަޑުއެހުމުގެ ހިތްވަރު ނެރެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox