ދިވެހި މަސައްކަތްތެރިކަމުގެ ތެރެއިން އުވަ ދެވުން

ދިވެހި މަސައްކަތްތެރިކަމުގެ ތެރެއިން އުވަ ދެވުން

އިހުގައި ދިވެހިން ގެދޮރު ބިނާކޮށް އުޅުނީ ރަށުން ލިބޭ ވަކަރާއި ފަނާއި ގާ ބޭނުން ކޮށްގެންނެވެ. އިމާރާތް ކުރުމުގެ ވައްޓަފާޅިއަށް އެކި ޒަމާންތަކުގައި އެކި ބަދަލުތައް އަންނަމުން އައިސް ދަނޑިފަނުން ހަދަމުން އައި ގެދޮރު، ލަކުޑި ފިލާގެ ގެދޮރަށް ބަދަލުވި އެވެ. އެއަށް ފަހު ލަކުޑި ފިލާގެ ގެދޮރު، ރާނާ އުވަޖަހާފައި ހުރި ގެތަކަށް ބަދަލުވި އެވެ. ރޭނުމުގެ މަސައްކަތް ރާއްޖެއަށް ތައާރަފު ވެގެން އައީ ދިވެހިން ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރުމުގެ ތެރެއިންނެވެ.

އުވަ ދެވުމުގެ މައިގަނޑު ބޭނުމަކީ ރާނާ އުވަ ޖެހުން ކަމުގައި ވިޔަސް ތަފާތު އެކި ކަންކަމުގައި އުވަ ބޭނުން ކުރެ އެވެ. ދުފާއިރު ދުފުންގަނޑުގެ ތެރެއަށް އުވައިގެ އެތިކޮޅެއް (ހުނި) ލަ އެވެ. މޭވާ ފަދަ ތަކެތި އަވަހަށް ދޮންކުރަން ވެއްޖެނަމަ އޭގެ ތަނޑިވަޅަށް އުވަ ކޮޅެއް ޖަހަ އެވެ. މި ހާލަތްތަކުގައި ބޭނުން ކުރާ އުވަ ކޮޅަށް ކިޔަނީ "ބިލެއް ހުންޏެވެ."

މަހުގެ ބާވަތްތަކުގެ ތެރެއިން ވިހަ މަހެއް ކަމަށް ޝައްކު ކުރެވިއްޖެނަމަ، އެ މަހުގެ މަސްގަނޑުގައި އުވަ ކޮޅެއް ކާއްތާލުމުން ވިހަ މަހެއް ނަމަ އެ މަހުގެ ކުލަ މަޑު ނޫކުލައަށް ބަދަލުވެ އެވެ. އަދި ހަރު ތެރެއިން ބޯވަ ނެރުމަށްޓަކައި ހަރުތެރެއަށް އުވަކޮޅެއް ގިރުވާލުމުން ބޯވަ ނުކުމެ އުޅެ އެވެ.

ފާރުގައި ލާ ކުލައެއްގެ ގޮތުގައި ނުވަތަ ފާރު ހުދު ކުރުމަށްޓަކައި ވެސް އުވަ ބޭނުން ކުރެއެވެ. ސުތުލި ގޯނިން ބިތްގަނޑު ހެދުމަށްފަހު ލޯވަޅުތައް ބައްދާ ރީތި ކުރުމުގެ ގޮތުންވެސް އުވަލަ އެވެ. މީގެ އިތުރުން އާމްމުދަނީ ހޯދުމުގެ ގޮތުންވެސް މި މަސައްކަތްކުރި ދުވަސްވަރެއް ދިޔަ އެވެ.

ކަނޑިތީމުގައި ފުރަތަމަ ރޭނި އިމާރާތަކީ ކުރީގެ ހުކުރު މިސްކިތެވެ. (ތާނަ މިސްކިތް) އޭރުގައި އެ މީހުން ރާނާ އުޅުނު ގޮތާއި ބޭނުން ކުރި އާލަތްތައް "ތާނަ މިސްކިތް" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިއުމުގައި ވާނެ އެވެ.

ދިރިއުޅޭ ގެތަކުގެ ތެރެއިން ކަނޑިތީމުގައި ފުރަތަމަ ރޭނީ އިބުރާހީމް ޔޫސުފް (އިބުރާހިމް ކަލޭފާނު) ގެ ކަރަންކާގެ އެވެ. އެއަށްފަހު ހިތްވަރު ހުރި މަސައްކަތްތެރިން އެ މީހުންގެ ގެދޮރު އުވައިން ރާނަން ފެށި އެވެ.

އެންމެ ފުރަތަމަ އުވަ ދެވީ ރައްޔިތުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. ރައްޔިތުން މި މަސައްކަތް ކުރަމުން އައީ ރަށަށް ބޭނުންވާ ރައްޔިތުންގެ އިމާރާތްތަކާއި މަގު ފާރުތައް ފަދަ ތަންތަން ރޭނުމަށެވެ. މި ގޮތުން ރަށުގެ މިސްކިތްތަކާއި ރަތްގެ އާއި އުޖާލާވިދުވަރާއި މަކުތަބާއި އާފެންވަޅާއި އަދި ރަށުގެ މޫނުމަތީ ފާރު ފާހަގަކޮށްލެވެ އެވެ.

އުވަ ދެވުމަކީ ބުރަ މަސައްކަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. މި މަސައްކަތަށް ގިނަ އަދަދަކަށް ލަކުޑި އާއި ގާ ބޭނުންވެ އެވެ. ލަކުޑީގެ ތެރޭގައި ރާއްޖެއިން ލިބޭ އާރުލާ ކޮންމެ ލަކުޑިއެއް ވެސް ރަނގަޅެވެ. އެންމެ ގިނަ އަދަދަކަށް ބޭނުން ކުރީ ނިކަ އާއި ކާންޏާއި ދިއްގާ ފަދަ ލަކުޑިއެވެ. ގާ ނަގަނީ ފަޅުމަތިންނާއި ތޮށިމަތީންނެވެ. ގަލުގެ ތަފާތު ބާވަތްތަކުގެ އިތުރުން މުރަކަ ވެސް ބޭނުން ކުރެ އެވެ.

އުވަ ދަވާ ގޮތް

އުވަ ދެވުމަށްޓަކައި ވަށަމިނުގައި ގާތްގަނޑަކަށް ބާރަވަރަކަށް ފޫޓް، ފުންމިނުގައި އަށެއްކަ ފޫޓް ހުންނަވަރުގެ ވަޅެއް ކޮނެ އެވެ. ވަޅު ހުންނާނީ މެދަށް އަޑިކޮށް އަރިމައްޗަށް ތިލަކޮށެވެ. މި ވަޅު އާންމުކޮށް ކޮނެ އުޅެނީ ރަށުގެ ހޭޅިފަށުގަ އެވެ. އެއީ މި މަސައްކަތަށް ބޭނުންވާ މައިގަނޑު ހުރިހާ އެއްޗެއްވެސް މި ސަރަހައްދުން ލިބޭތީ އެވެ. ވަރަށް މަދުން ރަށުގެ ހޭޅި ފަށަށް ވުރެ އެއްގަމުގައި ވެސް އުވަ ދަވާފައި ހުންނަ ތަން ފެނެ އެވެ.

ކޮނެފައިވާ ވަޅުގެ އަޑިން ފެށިގެން ބިމާ ހަމައަށް ވަކި ތަރުތީބަކުން ލަކުޑި ޖައްސައެވެ. ލަކުޑި ޖައްސަމުން ދާއިރު ބޮޑު ވަޅެއް ނަމަ ތިން އަނގަ ތިން ފަރާތުން ހަދަ އެވެ. އުވަ ވަޅު ރޯކުރުމަށްޓަކައި ވަޅަށް ހުޅުލާނީ މި އަނގަތަކުންނެވެ. ލަކުޑި ޖައްސައި ނިމުމުން ލަކުޑިތަކުގެ މައްޗަށް ގާއަޅަ އެވެ. އެންމެ އަޑިއަށް ބޮޑެތި ގާ އެޅި ނަމަވެސް މައްޗަށް އަޅަނީ ކުދި ގަލެވެ. އެންމެ ފަހުން ނިންމާލުމަށް އަޅަނީ މުރަކަ އެވެ. މުރަކަ އަޅަނީ ދެގާ ދޭތެރޭގައި ހުންނަ ޖާގަތައް ފުރާލުމަށެވެ. ހަމަ ބިމުން ފެށިގެން ގާ ޖައްސަމުން އަންނަނީ ތިން ހަތަރު ފޫޓް މައްޗަށް މެދަށް އުސްވާ ގޮތަށެވެ.

އުވަވަޅު ތައްޔާރުކޮށް ނިމުމުން އުވަ ވަޅަށް ހުޅު ލާންވީ އެވެ. ހުޅުލުމަށްޓަކައި ހިކި ފަނުން ފަންހުޅު ވިޔެފައި ހުރެ އެވެ. މި ހުޅުތަކުގައި ރޯކުރުމަށްފަހު އުވަ ވަޅުގައި ހަދާފައި ހުރި އަނގަތަކުން އެތެރެއަށް ހުޅުލަ އެވެ. މަޑުމަޑުން ލަކުޑިތަކުގައި ރޯވަމުން ގޮސް ރަނގަޅަށް އަނދަން ފަށަ އެވެ. އެއަށްފަހު ގާތަކުގައި ހުޅުހިފަ އެވެ. މިގޮތަށް ތިން ހަތަރު ދުވަހު އަނދަ އެވެ. އުވަ ވަޅުގެ ހޫނުން ވަޅާ ކައިރިވާން ވެސް އުނދަގޫ ވާނެ އެވެ. ލަކުޑިތައް އަނދަމުން ގާތައް ތިރިވަމުންދެ އެވެ. މާބޮޑަށް ތިރިވާ ތަންތަނަށް އަޅާނެ ގާ ކައިރީގައި ތައްޔާރު ކޮށްފައި ހުރެ އެވެ.

ރަނގަޅަށް އުވަ ވަޅު އަނދާ ނިމުމުން އުވަ ވަޅަށް ފެން ޖަހަންވީ އެވެ. ފެން ޖަހަން ވެއްޖެކަން ދެނެގަތުމަށްޓަކައި ރޯ މަގޫ ފަތް ކޯޅިކޯޅި ވަޅުގެ އެކި ހިސާބުތަކަށް އުކަ އެވެ. މި ފަތްކޯޅިތައް މިލައި މޯޅިވާވަރެއްގެ މައްޗަށް ބަލައި ފެން ޖަހަންވީ ވަގުތު ދެނެ ގަނެ އެވެ.

އުވަ ވަޅަށް ފެން ޖަހަނީ ބާލިދީ ފަދަ ތަކެތީގައި ގޮނޑުދޮށުން ގެނެސްގެންނެވެ. ފެނުގެ އަސަރު ވަޅުން ފެންނައިރު އުވަ ވަޅު ހުންނާނީ ކެކިކެކި އެވެ. އަރާ އާވީން މުޅި ހިސާބު ދުންގަނޑަކަށްވެ އެވެ. ފެން ޖެހުނު މިންވަރު ދެނެގަތުމަށްޓަކައި ފަނެއްގެ ދެ އަރިމަތީގައިވާ ފަންވަތްތައް ފަރާތަކުން ދެތިން އިންޗި ބަހައްޓާފައި ކޮށައިލަ އެވެ. ދެން ވަޅުގެ އެކި ހިސާބުތަކަށް އޮށީގެ ބުޑުކޮޅު ހަރަމުން ބަލަމުންދެ އެވެ. ފެން ޖަހަން އެންމެ ރަނގަޅު ވަރަކީ އޮށިގަނޑުގައި ހުރި ފަންވަތްތަކުން، ފެން ތިކި ވެއްޓޭވަރު ވުމެވެ. ހެޔޮވަރަށް ފެންޖަހާ ނިމުމުން ވަޅުގެ މަތީގައި ފަން އަތުރައި، އާވި ބަންދު ކުރަން ޖެހޭނެ އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox