Advertisement

ޑރ. މޫސާ އަންވަރު ހަސަން

ލިޔުންތެރިޔާ

ޑރ. މޫސާ އަންވަރު ހަސަން އަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކުރައްވައިފައިވާ އިލްމުވެރިއެކެވެ. އޭނާ ވަނީ މިސްރުގެ އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަނުން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ފިގުހު އުސޫލުލް ފިގުހު އިން މާސްޓަސް ޑިގްރީ ނަންގަވައިފަ އެވެ. އަދި ދާދި ފަހުން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން ޕީއެޗްޑީ ހާސިލްކުރައްވައިފަ އެވެ.