މަސްވެރިކަން ކުރިއަރުވައި ކަނޑުގެ ދިރާސާތައް ކުރުމަށް ޗައިނާގެ ޝަންހާއީ އޯޝަން ޔުނިވާސިޓީއެކު މަޝްވަރާކޮށްފި

ފިޝަރީޒް މިނިސްޓަރީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފިޝަރީޒް މިނިސްޓަރީ

ފިޝަރީޒް މިނިސްޓަރީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފިޝަރީޒް މިނިސްޓަރީ

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށާއި ދިވެހި ކަނޑުގެ ދިރާސާތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ޗައިނާގެ ޝަންހާއި އޯޝަން ޔުނިވާސިޓީއާއެކު ފިޝަރީޒް މިނިސްޓަރީން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

ޝަންހާއީ އޯޝަންގެ ފަރާތުން އެ ޔުނިވާސިޓީގެ ޗެއާމަން، ވަންގް ހޮންޒޫއާއި ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު، ޑރ. އަޒްމަރު އަހުމަދާއި ޑެޕިއުޓީ މިނިސްޓަރު، އަހުމަދު ޝާފިއު އެވެ.

މިއަދުގެ ބައްދަލުވުމުގައި ވަންގް ހޮންޒޫ ވަނީ ރާއްޖޭގެ މަސްވެރިކަމުގައ ދާއިރާއާއި ކަނޑުގެ ދިރާސާތަކަށް ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި މަސްވެރިކަމާ ގުޅޭ ގޮތުން ކިޔަވާ ދިވެހި ދަރިވަރުންނަށް ޝަންހާއީ އޯޝަންގެ ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް ދައުވަތު ދެއްވައިފަ އެވެ.

އެ ވާހަކަތަކުގެ ތެރެއިން ހޮންޒޫ ވަނީ ދިވެހި ޒުވާނުން މަސްވެރިކަމާއި ކަނޑުގެ ދިރާސާތައް ކުރުމަށް ޝައުގުވެރި ކުރުވުމުގެ ގޮތުން އެކްސްޗޭންގު ޕްރޮގުރާމުތަކެއް ހިންގުމުގެ ހިޔާލު ފާޅު ކުރައްވައި އެފަދަ ޕްރޮގުރާމުތަކަށް އެ ޔުނިވާސިޓީން މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެ ގުޅިގެން މެރިން ރިސާޗު ދާއިރާ ކުރިއެރުވުމަށް ކުރެވުނު މަޝްވަރާތައް ހަގީގަތަކަށް ހެދުމަށޤ ޝަންހާއީ ޔުނިވާސިޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ހޮންޒޫ ވިދާޅުވި އެވެ.

އޭގެއިތުރުން ވަންގު ހޮންޒޫ ވަނީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރީން ބޭނުންވާ މެނޭޖުމަންޓު ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން މީހުން ބިނާ ކުރުމަށާއި ރާއްޖޭގައި ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފިޝަރީޒް ކޮލެޖަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ފިޝަރީޒް ކޮލެޖުގައި ކިޔަވައިދޭނެ ލެކްޗަރާއިން ތަމްރީނު ކުރުމާއި އެކިއެކި ދިރާސާތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާކަން ހޮންޒޫ ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑރ. އަޒްމަރު ވަނީ ދިވެހި މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ ކަންކަން ހިއްސާ ކުރައްވައި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ގިނަ ދިރާސާތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.

ބައްދަލުވުން ނިންމަވައިލައްވަމުން ޑރ. އަޒްމަތު ވަނީ ރާއްޖޭގެ ކަނޑު ދިރާސާ ކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ރާއްޖެއަށް ބޭނުންވާ އޯޝަން ޑިވެލޮޕްމަންޓު ޕްލޭން އެކުލަވައިލުމުގައި ވެސް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ބައްދަލުވުން ނިންމައިލީ މަސްވެރިކަމާއި ކަނޑާ ގުޅޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ޝަންހާއީ އޯޝަން ޔުނިވާސިޓީއާ ފިޝަރީސް މިނިސްޓަރީއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ފެހި ސިގުނަލާ އެކުގައި ކަމަށް ފިޝަރީޒް މިނިސްޓަރީން ބުންޏެވެ.

ޝަންހާއި އޯޝަން ޔުނިވާސިޓީއަކީ މެރިން ސައިންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވާސިޓީ އެކެވެ. އެ ޔުނިވާސިޓީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ހުންނަ 150 އަށްވުރެ ގިނަ ޔުނިވާސިޓީތަކާ އެކު މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox