ރަޝިއާގައި އިންސްޓަގްރާމާއި ފޭސްބުކް މަނާކޮށްފި

ފޭސްބުކް އާއި އިންސްޓަގްރާމް މަނާކުރި ނަމަވެސް ވަޓްސްއެޕް މަނާކޮށްފައެއް ނުވޭ. -- ފޮޓޯ: އީޕީއޭ

ފޭސްބުކް އާއި އިންސްޓަގްރާމް މަނާކުރި ނަމަވެސް ވަޓްސްއެޕް މަނާކޮށްފައެއް ނުވޭ. -- ފޮޓޯ: އީޕީއޭ

ރަޝިއާގެ ސިފައިންނާ ދެކޮޅަށް "އަނިޔާވެރިވުމަށް ގޮވާލާތީ" އިންސްޓަގްރާމް ބްލޮކް ކުރަން ނިންމާފައިވާ ކަމަށް ރަޝިއާގެ މީޑިއާގެ ކަންކަން މޮނީޓާ ކުރާ އިދާރާ ރޮސްކޮމްނަޑްޒޯރުން ބުނެފި އެވެ.

އިންސްޓަގްރާމް ހިންގާ ކުންފުނި، މެޓައިން ބުނީ ރަޝިއާގެ ސިފައިންނާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަށް ހަމަލާ ދިނުމަށް ހިތްވަރުދޭ ޕޯސްޓުތައް ދައުރު ކުރުމަށް ބައެއް ގައުމުތަކުގައި ހުއްދަ ދޭނެ ކަމަށެވެ.

އެގޮތުން "ރަޝިއާގެ ސިފައިންނަށް މަރު" ފަދަ ލިޔުންތައް ލިޔެފައިވާ ޕޯސްޓުތަކަށް ވަގުތީ ގޮތުން ހުއްދަ ދޭން ނިންމި އެވެ. ނަމަވެސް އެއީ ކުންފުނީގެ އާއްމު ގަވާއިދާ ހިލާފު ޕޯސްޓުތަކެވެ.

ނަމަވެސް ރަޝިއާގެ އާއްމު ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދޭން ގޮވާލާ ޕޯސްޓުތަކަށް ހުއްދަ ނުދޭނެ ކަމަށޤ ބުނެފައިވެ އެވެ.

މެޓަ ކުންފުނީގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ރަޝިއާއިން އެމެރިކާއަށް ގޮވާލީ ސޯޝަލް މީޑިއާ ކުންފުނީގެ "ހަރުކަށި ހަރަކާތްތައް" ހުއްޓުވުމަށެވެ.

މެޓަ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށަން ވެސް ރަޝިއާގެ ޕީޖީ އޮފީހުން ދަނީ މަސައްކަތް ކުރަމުން ކަމަށް އިންޓާފެކްސް ނިއުސް އެޖެންސީން ބުނެ އެވެ.

ރަޝިއާގައި އިންސްޓަގްރާމް ބްލޮކްކޮށްފައިވާ އިރު، މާޗް ހަތަރު ވަނަ ދުވަހު ފޭސްބުކް ވެސް ބްލޮކްކުރި އެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕްގެ ވެރިފަރާތަކީ މެޓަ އެވެ.

ނަމަވެސް މިހާތަނަށް ރަޝިއާގައި ވަޓްސްއެޕް ބްލޮކްކޮށްފައި ނުވަނީ އެއީ ސޯޝަލް ނެޓްވޯކަކަށް ވުރެ ބޮޑަށް މެސެޖިން ޕްލެޓްފޯމަކަށް ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox