
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2149 ލިޔުން
ވިޔަފާރިއައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދައިފި
"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި މުއިއްޒު އުފެއްދެވި ކުންފުނީގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ތަރައްގީކޮށް، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް އެ ސިނާއަތުގެ މަންފާ މުޅި އަތޮޅަށް ފޯރުކޮށްދިނުން.
ވިޔަފާރިއެޗްޑީސީއަށް 2024 ގައި ދެ ބިލިއަން ރުފިޔާ ފައިދާވި
އެޗްޑީސީއަށް ފައިދާ ލިބުމުގެ މައިގަނޑު ސަބަބަކީ ބައެއް ބިންތައް އިންވެސްޓްމަންޓް ޕްރޮޕަޓީތަކަށް ބަދަލުކުރުމާއި، ކުލީގެ އާމްދަނީ އަދި ފައިނޭންސިން ހަރަކާތްތަކުން ލިބުނު ފައިސާ އިތުރުވުމުން. ބިމާއި ހައުސިން ޔުނިޓް ވިއްކައިގެން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީއާއެކު ކުންފުނީގެ މާލީ ހާލަތު ވަނީ ރަނގަޅުވެފަ.
ހަބަރުހިޔާ ފްލެޓުތަކުގެ މެެއިންޓެނަންސަށް 239 މިލިއަން ރުފިޔާ ލިބިއްޖެ
ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެޗްޑީސީއަށް 239 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 126 މިލިއަން ރުފިޔާ ވަނީ އެކި ކަންކަމަށް ހަރަދުކޮށްފަ. އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ އާންމު ސަރަހައްދުތަކުގެ ކަރަންޓު ބިލްތަކަށާއި ސެކިއުރިޓީ އަދި ލިފްޓުތައް ބެލެހެއްޓުމަށް.
