ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސަށް ލިބުނީ 239 މިލިއަން، ހަރަދުކުރީ 126 މިލިއަން

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަަރުތައް: މި ޓަވަރުތަކުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަަރުތައް: މި ޓަވަރުތަކުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 239 މިލިއަން ރުފިޔާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބި، އޭގެ ތެރެއިން 126 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެޗްޑީސީއަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ ކުންފުނިން ވަނީ ހިޔާގައި މީހުން ދިރިއުޅެން ފެށި އޭޕްރިލް 2022 އިން ފެށިގެން މި އަހަރުގެ މާޗު މަހާ ހަމައަށް ލިބުނު ފައިސާގެ ޖުމްލަ އަދަދާއި އެ ފައިސާ ހަރަދުކުރި ގޮތް ހިއްސާކޮށްފަ އެވެ.

އެޗްޑީސީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ގަވާއިދުން ކުލި ނުދައްކާތީ އެ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ ވަރަށް ފައިސާ ނުލިބޭކަން ފާހަގަކުރެވެ އެވެ. ހިޔާގައި މީހުން ދިރިއުޅޭ 6،720 އެޕާޓުމަންޓު ހުންނައިރު، ކޮންމެ އެޕާޓުމަންޓަކުން ކޮންމެ މަހަކަު މެއިންޓެނަންސް ފީއަށް 1،000ރ. ދައްކަން ޖެހެ އެވެ. 

Advertisement

މެއިންޓެނަންސް ފީ ހުރިހާ އެޕާޓުމަންޓަކުން ބަރާބަރަށް ދައްކާ ނަމަ އެޗްޑީސީއަށް ކޮންމެ މަހަކު  6.7 މިލިއަން ރުފިޔާ، އަދި އަހަރަކު 80 މިލިއަން ރުފިޔާ ލިބެން ލިބެން ޖެހެ އެވެ. މި އަދަދުތަކުން ހިސާބުކުރާއިރު އޭޕްރިލް 2022 އިން މާޗު 2026 އަށް އެ ކުންފުންޏަށް 315 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. އެެހެންކަމުން ލިބުނު އަދަދާއި ލިބެން ޖެހޭ އަދަދުގައި 76 މިލިއަން ރުފިޔާގެ ފަރަގެއް އެބައުޅެ އެވެ. 

އެޗްޑީސީއަށް ލިބޭ ފައިސާ ހަރަދުކުރާ ގޮތަށް ބަލާއިރު، ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސަށް ކޮްންމެ މަހަކު ހަރަދުކުރަނީ އެވަރެޖުކޮށް 2.6 މިލިއަން ރުފިޔާ އެވެ. އަހަރަަކަށް ބަލާ ނަމަ އެވަރެޖު އުޅެނީ 31 މިލިއަން ރުފިޔާގަ އެވެ.

މެއިންޓެނަންސް ފައިސާގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގަނީ ހިޔާގެ ލިފްޓުތައް ހިމެނޭހެން އާންމު ސަރަހައްދުތަކަށް ކަރަންޓު ދިނުމަށެވެ. ކަރަންޓު ބިލަށް ކޮންމެ އަހަރަކު އެވަރެޖުކޮށް 6.6 މިލިއަން އަރާއިރު، ހަތަރު އަހަރުގެ ތެރޭގައި އެކަމަށް 26.6 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ

ދެން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހިޔާ ޓަވަަރުތަކުގައި ސީސީޓީވީ ހަރުކުރުމަށާއި (16 މިލިއަން ރުފިޔާ) އަދި ސެކިއުރިޓީއަށާއި (14 މިލިއަން ރުފިޔާ) ލިފްޓުތަކުގެ މެއިންޓެނަންސްއަށް (8 މިލިއަން ރުފިޔާ) އެވެ.

ހިޔާއަކީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓެވެ. ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގި މި ޕްރޮޖެކްޓުގެ ދަށުން 25 ބުރީގެ 16 ޓަވަރު ވަނީ އިމާރާތްކޮށްފަ އެވެ. އެޗްޑީސިން އަންދާޒާކުރަނީ މި ފްލެޓުތަކުގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox