މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ ދެ ބިލިއަން ރުފިޔާއަށް ޖައްސައިދޭނަން: ޒަރިޔަންދު

ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ކެމްޕޭނު ހަރަކާތުގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ކެމްޕޭނު ހަރަކާތުގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ބިލިއަން ރުފިޔާއަށް އިތުރުކޮށްދެއްވާނެ ކަމުގެ ވައުދާއެކު، އަމިއްލަ ގޮތުން މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު އޭނާގެ ބައެއް ތަސައްވުރުތައް ހާމަކުރައްވައިފި އެވެ.

ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މިހާރު މާލޭ ސިޓީ ކައުންސިލަށް ލިބެނީ 208 މިލިއަން. އޭގެ ތެރެއިން 125 މިލިއަން ލިބެނީ ވެހިކަލްތަކުގެ އަހަރީ ފީއަށް ކަމަށެވެ.

އޭނާ މޭޔަރުކަމަށް ކުރިމަތިލުމުގެ އެއް ބޭނުމަކީ މާލޭ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށް، 5 އަހަރު ތެރޭގައި އާމްދަނީ ދެ ބިލިއަން ރުފިޔާއަށް ހިއްލާލުމަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

ގަލޮޅު ކަންމަތީގައި ރޭ ބެއްވި ކެމްޕޭނު ހަރަކާތުގައި ޒަރިޔަންދު އާއި ސަޕޯޓަރުން.
ގަލޮޅު ކަންމަތީގައި ރޭ ބެއްވި ކެމްޕޭނު ހަރަކާތުގައި ޒަރިޔަންދު އާއި ސަޕޯޓަރުން.

ގަލޮޅު ކަންމަތީގައި ރޭ ބެއްވި ކެމްޕޭނު ހަރަކާތުގައި ޒަރިޔަންދު އާއި ސަޕޯޓަރުން.

މިދިޔަ އަހަރު މާލޭގެ ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނީ އެންމެ 12 މިލިއަން ރުފިޔާ ކަމަށާއި، މިއޮތް ބޮޑު މާލޭގެ ބިންތަކުން ކުޑަ އާމްދަނީއެއް ލިބެނީ ރިޝްވަތު ނަގައި ނުއަގުގައި ބިންތައް ދޫކޮށްލާފައިވާތީ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާލޭގެ ބައެއް އަމިއްލަ އިމާރާތްތަކުން މަހަކު ނުވަ ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބޭއިރު، ސިޓީ ކައުންސިލަށް އެވަރު ނުލިބުމަކީ ބޮޑު އިހުމާލެއް ކަމަށެވެ.

މާލޭ ސިޓީއަށް ލިބޭ އާމްދަނީގެ 60 ޕަސެންޓަކީ ވެހިކަލްތަކުގެ ފީއިން ލިބޭ އާމްދަނީއަށް ވިޔަސް، މަގުތައް ރަނގަޅުކޮށް ޕާކުކުރެވޭނެ ގޮތް ހަދާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ޒަރިޔަންދު ފާޅުކުރެއްވިއެވެ.

"އަޅުގަނޑު މާލޭ ސިޓީގެ މޭޔަރުކަމަށް މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ ދުވަހަކީ، ހިދުމަތަކުން ފީ ނެގޭ ކަމެއްގައި ސީދާ އެ ހިދުމަތެއް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ދުވަސް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިނަމާލޭ ފްލެޓްތަކުގެ ހާލަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ، "ސިނަމާލޭ ފްލެޓުތަކަކީ ޖައްސާފައި އޮތް ދަންތުރައެއް،" ކަމަށާއި، އެތަނުގެ މަތީ ފަންގިފިލާގެ ފާހާނާތަކުން ފެން ފޭބުމާއި ލިފްޓްތައް ހަލާކުވެފައި ހުރުމަކީ ކައުންސިލްގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއް ކަމަށެވެ.

އޭނާގެ މޭޔަރުކަމުގައި ބިދޭސީންގެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަސާސީ ބޯހިޔާވެހިކަމަށް އިހުމާލުވެފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލެ އާއި މާލޭގައި ކުޅިވަރު ދަނޑުތައް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާއަކީ ވަކި ސިޔާސީ ލޯގޯއަކަށް ތަބާވާނެ މީހެއް ނޫން ކަމަށް ފާހަގަކުރައްވައި ވިދާޅުވީ، "މިއީ އެ މީހާ" ކަމަށާއި، އޭނާ ތަބާވާނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox