މައްސަލަ ބަލާނެ އުސޫލު އެކުލަވާނުލައި ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ: ނާއިފް

އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް: މައްސަލަ ބަލާނެ އުސޫލެއް ނުހަދާ ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ ކަމަށް އޭނާ ވިދާޅުވި

އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް: މައްސަލަ ބަލާނެ އުސޫލެއް ނުހަދާ ކާޓޫން ނަގަން ކޮމިޝަނަށް ނޭންގޭނެ ކަމަށް އޭނާ ވިދާޅުވި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި 'އަދަދު' ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި 'ސިޔާސީ ކާޓޫނު' ނެގުމަށް ނޭންގޭނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހްމަދު ނާއިފް މިއަދު ބުނެފި އެވެ.

ނާއިފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި ކޮންޓެންޓް ނެގުންފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި އެ ކާޓޫނު ދީނަށް ފުރައްސާރަވާ ސަބަބުތައް ސާފުކޮށް ތިލަކޮށް ވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މިގޮތުން ކޮމިޝަނުން އިޖުރާއަތްތައް ފުރިހަމަ ނުކުރާއިރު، ކާޓޫން ނެގުމަށް ނިންމި ނިންމުމާ މެދު ގަނޫނީ ސުވާލުތައް ވެސް އޮތް ކަމަށް ނާއިފް ވިދާޅުވި އެވެ.

"އަހަރެންގެ ނަޒަރުގައި މައްސަލަ ބަލާނޭ އުސޫލެއް ނުހަދާ ކޮމިޝަނަށް މިފަދަ ބޮޑު ނިންމުމެއް ނިންމައި ކޮންޓެންޓެއް ނެގުމަށް ނުވެސް އެންގޭނެ. އަދި އެ ކާޓޫނު ދީނާ ފުރައްސާރަވާ ސަބަބުތައް ސާފުކޮށް ތިލަކޮށް ބަޔާން ކުރަންވާނެ. އެފަދަ އެއްވެސް އިޖުރާއަތެއް ކޮމިޝަނުން ފުރިހަމައެއް ނުކުރޭ. އެހެންވީއިރު، މި ނިންމުމާ މެދު ގާނޫނީ ސުވާލުތައް ވެސް އެބަ އޮތް،" ނާއިފް ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ އަދަދުގެ ކާޓޫނު ދީނަށް ފުރައްސާރަވާ ކަމަށް ބުނި ނަމަވެސް، ސިޔާސީވެރިން އެ މީހުންގެ އެޖެންޑާތައް ހާސިލްކުރަން ކޮށްފައި ނުކުރާނެކަމެއް ނޯންނާނޭކަން އެ ކާޓޫނުން ބުނެދޭ ކަމަށެވެ.

ދިވެހި ސިޔާސީ ވެށީގެ ކިލަބުކަމާއި އެވެރީންގެ ހަޔާތްކުޑަކަން ގޮސްފައިވާ ހިސާބު ނިކަން ރަނގަޅަށް އެ ކާޓޫނުން ބުނެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ކާޓޫނުން ދީނުގެ އަސާސެއް ކަމަށްވާ ނަމާދު ކުރުމަކަށް ހަޖޫޖަހާތަން ނުފެންނަ ކަމަށެވެ.

"މިހާރު ބަހުސަކަށް ވެފައި މިވާ ކާޓޫނުގައި ވެސް ބުނެދެނީ ސިޔާސީ ވެރިން ދީނީ ސިޔާރުތައް ކުރިއަށް ނެރުއްވައި އެކަން ފަރުދާއަކަށް ހައްދަވައިގެން ސިޔާސީ މަގުސަދުތައް ހާސިލްކޮށް ހަޑިހުތުރު ސިޔާސީ ހަރަކާތް ހިންގައިގެން ނުވާނޭކަން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ނަމާދަށް ހުރި މީހަކު ސަޖިދައަށް ނުގޮސް ވިޔާ ނުދާ ކަމެއް ކުރާކަން ކާޓޫނެއްގެ ޒަރިއްޔާއިން ވެސް އަދި އެހެން ވިޝުއަލްއަކުން ވެސް ދެއްކުމަކީ ދީނަށް ފުރައްސާރަވުމެއް ނޫން ކަމަށެވެ.

އެކި ގޮތްގޮތަށް ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން އެއީ އިސްލާމް ދީނަށް ފުރައްސާރަކުރާ ކާޓޫނެއް ކަމަށް ބުނެ އެ ލޭބަލް އަޅުވަން އުޅުމަކީ ސިޔާސީ ސްޕިންއެއް ގެނެސް ރައްޔިތުންނަށް ހަގީގަތް އޮޅުވާލުންކަން ފާހަގަކުރައްވާ ނާއިފް ވިދާޅުވީ އެކަން ރައްދުވާ ސިޔާސީ މީހުން ނަފްސު އިސްލާހުކޮށް ދެންވެސް އެފަދަ ކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅުމުން އެކަން ނިމުނީ ކަމަށެވެ.

މުހައްމަދު މުއިއްޒަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ކާޓޫނަށް ފާޑުކިޔަމުން ދާއިރު، އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުން ދަނީ މި ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތްކަމާއި، ކާޓޫނުން ފެންނަނީ ދިވެހި މުޖުތަމައުގައި ވައްކަމާއި ހިޔާނާތާއި ރިޝްވަތު އާންމުވެފައިވާ މިންވަރު ކަމަށެވެ.

ކާޓޫނުގެ މައްސަލަ ބަލަމުންދާކަން ކޮންޓްރޯލް ކޮމިޝަނުން އެންގީ އިއްޔެގެ ރަސްމީ ގަޑި ނިމި އިރުއޮއްސެން ކައިރިވެފައި ވަނިކޮށް 17:30 ގަ އެވެ. ކޮމިޝަނުން އަދަދު ނޫހަށް އެންގީ އެ މައްސަލާގައި ފަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށެވެ. އެ މައްސަލައާ ގުޅިގެން އަދަދު ނޫހުން ވަނީ ރޭ ސިޓީއެއް ފޮނުވައިފަ އެވެ.

އެ\ގޮތުން އެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން ވަނީ އެދިފަ އެވެ. އަދި ކޮންޓެންޓު ވަގުތީ ގޮތުން ނިންމުމާ މެދު ވެސް އޭރުން ގޮތެއް ނިންމާނެ ކަމަށް އަދަދު ނޫހުން ވަނީ ކޮންޓްރޯލް ކޮމިޝަނަށް އަންގާފަ އެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox