Advertisement

ސަލާހަށް ފިޔަވަޅު އަޅައިފި، ސްލޮޓް ބުނީ ބަލިކަށިނުވާނެ ކަމަށް

about 1 hour 0


ސަލާހަށް ފިޔަވަޅު އަޅައިފި، ސްލޮޓް ބުނީ ބަލިކަށިނުވާނެ ކަމަށް

about 1 hour 0

ލިވަޕޫލް (ޑިސެމްބަރު 9) - ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ދެއްކި ވާހަކަތަކާ ހެދި ލިވަޕޫލުން ފިޔަވަޅު އަޅާފައިވާ ކަމަށާއި އޭނާ އަކީ ބަލިކަށި މީހެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ލީޑްސްއާ ދެކޮޅަށް ކުޅެ، 3-3 އިން ލިވަޕޫލުން އެއްވަރުވި މެޗުގައި، އެ ޓީމުގެ ކޯޗު އާނާ ސްލޮޓް، އެ ޓީމުގެ ތަރި، ސަލާހަށް އެއްވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ދީފައިނުވެ އެވެ. އަދި، މިއީ، ސަލާހު ބެންޗުން ފެށި ޖެހިޖެހިގެން ތިން ވަނަ މެޗެވެ. މިއީ، 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ފަހުން ސަލާހު މި ގޮތަށް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.

އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަލާހު ވަނީ ސްލޮޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ސްލޮޓާ ދެމެދު މިހާރު ގުޅުމެއް ނެތް ކަމަށް ބުނެ، ސަލާހު ވަނީ، އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި، ލިވަޕޫލްގައި މައްސަލަ އަކީ އޭނާ ކަމަށް ހަދައި، އެ ކްލަބުން އޭނާ ބޭރުކުރަން ބޭނުންވާ ބަޔަކު ތިބި ކަމަށް ބުނެ، އެ ކަހަލަ މޭރުމަކުން ސަލާހު ވަނީ ވާހަކަ ދައްކައިފަ އެވެ.

މި ކަންކަމާ ހެދި ލިވަޕޫލްގެ ސީނިއާ މެނޭޖްމަންޓުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ، ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލުން އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން ސަލާހު ބާކީކުރުމަށެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްލޮޓް ބުނީ، ސަލާހު ދެއްކި ވާހަކަތަކާ ގުޅޭގޮތުން ކްލަބުން އަޅާފައިވާ ފިޔަވަޅަކީ، މި މެޗުގެ ސްކޮޑާ އެކު އޭނާ އިޓަލީ އަށް ދަތުރުނުކުރުން ކަމަށެވެ.

އިންޓަ މިލާން މެޗަށް ނެގި ސްކޮޑާ އެކު ސަލާހު އިޓަލީ އަށް ދަތުރުނުކުރި ނަމަވެސް އޭނާ ވަނީ ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައި.


"އާންމު ގޮތެއްގައި އަހަންނަކީ ވަރަށް ހަމަޖެހިގެން މަޑުން ހުންނަ މީހެއް، އެކަމަކު އޭގެ މާނަ އަކީ އަހަންނަކީ ބަލިކަށި މީހެކޭ އެއް ނޫން،" ސްލޮޓް ބުންޏެވެ.

"ކުޅުންތެރިއަކު އެ ކަހަލަ ގޮތަކަށް އަހަންނާއި ކްލަބާ މެދު ވާހަކަ ދައްކައިފިއްޔާ، އެއީ ރަނގަޅެއް ނޫން، މީޑިއާގައި އެކަން ކުރުމަކީ އޮންނަން ޖެހޭ ގޮތެއް ނޫން، މި ކަންކަމުގެ ނަތީޖާ ފެންނަން އެ އޮތީ އޭނަ އެއް ޓީމަކު ނެތް،"

ލިވަޕޫލްގެ މެޗަކުން ސަލާހު ދެން ނުފެންނާނެތޯ ކުރި ސުވާލަށް ދިން ޖަވާބުގައި ސްލޮޓް ބުނެފައިވަނީ، އެއީ އޭނާ އަށް ވަގުތުން ވަގުތަށް ޖަވާބެއް ދެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، ޓީމަށް އެނބުރި އައުމަށް އަބަދުވެސް ކުޅުންތެރިޔާ އަށް ފުރުސަތު އޮންނާނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

ލިވަޕޫލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ އިންޓަ މިލާންގެ ކޯޗު ކްރިސްޓިއަން ކީވޫ ބުނެފައިވަނީ ސަލާހުގެ މި މައްސަލައިގެ ތެރޭގައި ލިވަޕޫލަކީ ދަށް ޓީމެއްގެ ގޮތުގައި ދެކިގެން އިންޓަ އިން މެޗަށް ދޭން ޖެހޭ ސަމާލުކަން ކުޑަކޮށްލައިފިނަމަ، ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ފީފާ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެފްރިކަން ކަޕަށް ސަލާހު، މިސްރު ގައުމީ ޓީމާ ގުޅޭނީ އަންނަ ހޯމަ ދުވަހު އެވެ. އޭގެ ކުރިން ލިވަޕޫލުން ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުގައި ސަލާހު ކުޅުވުމާ މެދު ލިވަޕޫލުން ގޮތެއް ނުނިންމަ އެވެ.