Advertisement

ޖަޕާނުން ކަސްޓަމްސްއަށް ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފި

29 ނޮވެންބަރު 2025 - 21:11 3


ޖަޕާނުން ކަސްޓަމްސްއަށް ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފި

29 ނޮވެންބަރު 2025 - 21:11 3

ޖަޕާން ސަރުކާރުގެ ފރާތުން ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުމަށް ބޭނުންވާ ޕެޓްރޯލް ބޯޓެއް ހަދިޔާކޮށްފި އެވެ.

ދިގުމިނުގައި 82 ފޫޓު ހުންނަ މި އުޅަނދު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

އުޅަނދު ހަވާލުކޮށްދިނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ. އުޅަނދާ ރާއްޖޭގެ ފަރާތުން ހަވާލުވީ އިހުސާން އެވެ.

މި ރަސްމިއްޔާތަށް ފަހު ރަސްމިއްޔާތުގައި ބައިވެރިވި މީހުން އެ އުޅަނދު ބައްލަވާލެއްވި ކަމަށް ކަސްޓަމުން ބުނެ އެވެ.

ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް، ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.

މި އުޅަނދު އޮޕަރޭޓް ކުރާނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ކަސްޓަމްސްގުޅިގެންނެވެ. މި އުޅަނދުގެ އޮޕަރޭޓްކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާން އާއި ދިވެހިރާއްޖޭގައި ހިންގިފައިވާއިރު، މި ތަމްރީން ޕްރޮޕްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރަކު ބައިވެރިވެފައި ވެ އެވެ.