Advertisement

އަދަދު އެކްސްކްލޫސިވް: ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުގެ ލިސްޓު

6 ނޮވެންބަރު 2025 - 09:31 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އަދަދު އެކްސްކްލޫސިވް: ބީލަމަށް ނުލައި މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުގެ ލިސްޓު

6 ނޮވެންބަރު 2025 - 09:31 1

މާލިއްޔަތު ގަވާއިދު ބަދަލުކޮށް ބީލަމަކަށް ނުލައި 200 އަށް ވުރެ ގިނަ މަޝްރޫއު މިއަދު ހަވާލުކުރާ 53 ކުންފުންޏަކަކީ ކޮބައިކަމާއި އެ ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތައް އަގުތައް އަދަދު އަށް އެނގިއްޖެ އެވެ.

ބާސެލޯ ނަސަންދުރާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަނަވާ ރަސްމިއްޔާތެއްގައި ހަވާލުކުރާ މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިތުބާރު ކުރެވޭ މަސްދަރުތަކުން މި ނޫހާ ވަނީ ހިއްސާކޮށްފަ އެވެ.

އެ ފައިސާ ލޯނުގެ ގޮތުގައި ކުންފުނިތަކަށް ދޫކުރަނީ ބީއެމްއެލްއިންނެވެ. އެ ލޯނުތަކަށް ގެރެންޓީ ދީފައިވަނީ ސަރުކާރުން ކަމަށްވެ އެވެ.

މިއަދު ހަވާލުކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ފައިސާ ލިބެނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ކުންފުންޏަށެވެ. އަލްޓެކް ކުންފުންޏާ ހަވާލުކުރަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރުމާއި ތިން ރަށެއްގައި 175 ހައުސިން ޔުނިޓު އެޅުމަށެވެ.

މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކާއި އަގު


    މި ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތަކުގެ ތެރޭގައި 12 ރަށެއްގައި 725 ހައުސިން ޔުނިޓު އެޅުމާއި، 39 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމާއި 14 މިސްކިތަކާއި ވަގުފް އިމާރާތެއް ބިނާކުރުމާއި ފުޓްސަލް، ވޮލީބޯޅަ އަދި ހޭންޑްބޯޅަ ކޯޑު އެޅުމުގެ 52 މަޝްރޫއު އާއި 15 ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރު ގާއިމުކުރުމާއި، 25 ހެލްތު ސެންޓަރު އަޕްގްރޭޓު ކުރުން ހިމެނެ އެވެ.

    އޭގެ އިތުރުން، ރަތަފަންދޫގައި އާ ހެލްތު ސެންޓަރެއް އެޅުމާއި އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމާއި ތައުލީމީ ދާއިރާގެ 26 މަޝްރޫއުއަކާއި ސްކޫލުތަކުގައި 8،000 އެއާ ކަންޑިޝަން ހަރުކުރުމުގެ އިތުރުން އެހެން ބައެއް މަޝްރޫއުތައް ވެސް ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެ އެވެ.