މުއިއްޒުގެ މޭޔަރުކަމުގައި އެއްބަސްވުމެއްނެތި މަސް މާރުކޭޓު މަތިން ފިހާރަތަކެއް ދޫކުރި މައްސަލައެއް، ކުލި ވެސް ނުލިބޭ!

ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު އަދަދު އަށް އިންޓަވިއުއެއް ދެއްވަނީ: އެ ދުވަސްވަރު އެއްބަސްވުމެއްނެތި މަސް މާރުކޭޓު މަތިން ފިހާރަތަކެއް ދޫކޮށްފައި ހުރިކަން ވަނީ ހާމަވެފަ ---- ފޮޓޯ: އަދަދު

ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު އަދަދު އަށް އިންޓަވިއުއެއް ދެއްވަނީ: އެ ދުވަސްވަރު އެއްބަސްވުމެއްނެތި މަސް މާރުކޭޓު މަތިން ފިހާރަތަކެއް ދޫކޮށްފައި ހުރިކަން ވަނީ ހާމަވެފަ ---- ފޮޓޯ: އަދަދު

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، މާލޭ ރޯމަސް މާރުކޭޓު މަތިން އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރިކަން އެނގިއްޖެ އެވެ.

މިކަން ހާމަވީ، މަސް މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދީފައި ހުރި ގޮތް ބެލުމަށް ސިޓި ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ.

އެ ސެކްޝަނުން ބަލާފައިވަނީ މާރުކޭޓު މަތީގެ ޖާގަތައް ކުއްޔަށް ދީފައިވާ މީހުންގެ ތަފުސީލާއި އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކާތޯ އެވެ.

Advertisement

މިގޮތަށް ބެލި ބެލުމުން ފުރަތަމަ ފަންގިފިލާގެ ތިން ފިހާރަ އަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަނީ އެއްބަސްވުމަކާއި ނުލާ ކަން ވަނީ ހާމަވެފަ އެވެ. މިކަން ފާހަގަކޮށް މާރުކޭޓު ސެކްޝަނުން ކައުސިލް ބިއުރޯއަށް ފޮނުވި މެމޯގައި ބުނެފައިވަނީ، މި ފަސް ތަން ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ކުލި ވެސް ދައްކަމުން ނުދާ ކަމަށެވެ.

އެއްބަސްވުމަކާއި ނުލައި، ކުލި ނުދައްކާ ފިހާރަ ހިންގަމުންދާ ފަރާތްތައް

  • ފުރަތަމަ ފަންގިފިލާގެ ހަތަރު ނަމްބަރު ފިހާރަ: ހއ. ތަކަންދޫ، އެންދެރިމާގެ، އަބްދުލް ލަތީފު ގާސިމް.
  • ފުރަތަމަ ފަންގިފިލާގެ ފަސް ނަމްބަރު ފިހާރަ އަދި ދެވަނަ ފަންގިފިލާގެ ލޭބާ ކުއާޓާ: ގ. ސައުތުބްރީޒް، ހަސަން ފަޔާޒް.
  • ފުރަތަމަ ފަންގިފިލާ ޓިނު ގުދަން ފިހާރަ: ތ. ތިމަރަފުށި، އަސަރީގެ، މުހައްމަދު ރަޝާދު އާދަމް.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖާގަތައް ކުއްޔަށް ދީފައިވަނީ މުއިއްޒުގެ މޭޔަރު ކަމުގަ އެވެ.

މީގެ އިތުރުން، ފުރަތަމަ ފަންގިފިލާގެ ތިން ނަމްބަރު ފިހާރައިން ކުލި ދައްކަމުން ނުދާކަން އިންސްޕެކްޝަނުން ފާހަގަވެފައިވެ އެވެ. މިއީ އެއްބަސްވުމެއް ހެދުމަށް ފަހު ކުއްޔަށް ދޫކޮށްފައި ހުރި ތަނެކެވެ.

މުއިއްޒުގެ މޭޔަރުކަމުގައި އަދި މޭޔަރުކަން ނިމި، އާދަމް އާޒިމް އިންތިހާބުވުމާއި ދޭތެރޭ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ދެ ބަޔަކާއެކު އެއްބަސްވުންތަކެއް ހެދި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

މި މައްސަލަ، ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، ސައިފް ފާތިހް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.

ސައިފު ހުށަހެޅުއްވި މައްސަލާގައި ބަލަން އެދިފައިވަނީ މުއިއްޒުގެ މޭޔަރުކަމުގައި 6.1 މިލިއަން ޑޮލަރަށް މަސް މާރުކޭޓު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނިކޮށް، މޭޔަރު ކަމުގެ ގޮނޑި ހުސްވި ދަނޑިވަޅުގައި އެ މަޝްރޫއަށް 3.5 މިލިއަން ޑޮލަރު އިތުރުކޮށް ޖުމްލަ 9.5 މިލިއަން ޑޮލަރަށް އެހެން ބަޔަކާ މަޝްރޫއު ހަވާލުކުރި ކަމަށެވެ.

ސައިފް ވިދާޅުވީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރާން ޖެހުނު ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވީ ގޮތް އޭނާ ސާފުކޮށްދީފައި ނުވާ ކަމަށެވެ.

މި މައްސަލަ ސިޓީ ކައުންސިލުން ބަލަން ތާވަލުކުރި ތިން ބައްދަލުވުން ވެސް ކޯރަމް ހަމަނުވެގެން ބޭއްވޭގޮތް ވަނީ ނުވެފަ އެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox