Advertisement

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެންބަރު 2025 - 19:22 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެންބަރު 2025 - 19:22 1

ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކްލަބެއް ސްޕޮންސާކޮށްފި އެވެ.

ދިމްޔާތު ކުންފުނީގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިން ސްޕޮންސާ ކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ސްޕޮންސާޝިޕުތަކަށް މުއިއްޒުގެ އާއިލީ ކުންފުނިން ހޭދަ ކުރާ އަދަދެއް މި ނޫހަކަށް ނޭނގެ އެވެ.

އެ ކެފޭއިން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ މެއިން ސްޕޮންސާކަން ނެގުމުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

މިއީ ފުރަތަމަ ޑިވިޝަންގެ ތިން ކްލަބަކަށް އެއްފަހަރާ އެއް ކުންފުންޏަކުން މެއިން ސްޕޮންސާކަން ނެގި ފުރަތަމަ ފަހަރެވެ.

ދިމްޔާތުގައި އޮންނަނީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި މުއިއްޒުގެ ދަރިކަނބަލުން އަދި ދެ ދަރިކަލުންގެ ހިއްސާ އެވެ.

މިކަމާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބަހެއް ހޯދުމަށް އަދަދު އިން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.