ސިނާނުގެ ލޯނު ދައްކަން ފައިސާ ހޯދި ގޮތް ފައިނޭންޝަލް އިންޓެލިޖެންސުން ތަހުގީގު ކުރި

ސިނާނުގެ ލޯނު ދައްކަން ފައިސާ ހޯދި ގޮތް ފައިނޭންޝަލް އިންޓެލިޖެންސުން ތަހުގީގު ކުރި

ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ ދަރަނި ދެއްކުމަށް ފައިސާ ހޯދި ގޮތް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތަހުގީގު ކުރިކަން ހާމަވެއްޖެ އެވެ.

ފެބްރުއަރީ 20، ގައި އެފްއައިޔޫއިން ތައްޔާރުކުރި ސަސްޕީޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) އެއް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލާފަ އެވެ. މި ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން އަދަދު ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. ސިނާނުގެ ފަރާތުން ބޭންކަށް ފައިސާ ދެއްކިތާ ހަފްތާއެއްފަހުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން ފެބްރުއަރީ 13، 2025، ގައި އިސްލާމިކް ބޭންކުގައި ސިނާނު އާއި އަހްމަދު ވަހީދުގެ ނަމުގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް ނަގުދު 1،749،600ރ. ޖަމާކުރުމަށް ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި މުހުތާޒު އެވެ. އެ ފައިސާ ބޭނުންކުރީ ބޭންކަށް އޮތް ދަރަނި ހަލާސް ކުރުމަށް ކަމަށް ރިޕޯޓުން އެނގެ އެވެ.

މި ފައިސާއަކީ ހެލްތު އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފެބްރުއަރީ 12، 2025، ގައި ހެދި އެގްރީމެންޓެއްގެ ދަށުން ސިނާނަށް އަނބުރާ ދައްކަން ޖެހޭ ގޮތަށް ދިން ފައިސާކަން އެނގޭ ލިޔުމެއް މުހުތާޒު ބޭންކަށް ދިނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ އަބްދުالله ނަސީމްގެ ކުންފުންޏެކެވެ.

އެ އެގްރީމެންޓުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ އެ ފައިސާ ސިނާނު ދައްކަން ޖެހެ އެވެ. ސިނާނަށް 1.7 މިލިއަން ރުފިޔާ ނަގުދުކޮށް އެ ކުންފުނިން ދޫކުރީ ކޮން ގުޅުމެއް އޮވެގެން ކަމެއް ސާފެއް ނުވެ އެވެ.

އެ އެގްރީމެންޓުގައި ލޯނު ނަގާ މީހާގެ ގޮތުގައި ސިނާނުގެ ނަމާއި، އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އޮތް ނަމަވެސް ސޮއިކުރަން ޖެހޭ ތަނުގައި އޮތް ނަމަކީ "އަހްމަދު ސަލީމް" ކަމަށް އެފްއައިޔޫގެ އެސްޓީއާރުން އެނގެ އެވެ. އެއްބަސްވުމުގައި ހެކިވެރިޔެއްގެ ގޮތުގައި ސޮއިކުރީ މުހުތާޒްގެ އަންހެނުން ޝާދިޔާ އާދަމް އެވެ.

އެފްއައިޔޫގެ އެސްޓީއާރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްބަސްވުމުގައި ތަފާތުތަކެއް ހުރުމާއި މި މުއާމަލާތުގައި ހިމެނޭ މީހުންގެ ގޮތުން މިއީ ސުވާލު އުފެދޭ މުއާމަލާތެކެވެ. މި މުއާމަލާތް އިތުރަށް ތަހުގީގު ކުރި ކަމެއް މިހާތަނަށް ސާފުކުރެވިފައި ނުވެ އެވެ.

ސިނާނު ދަރަނި ދެއްކުން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިހާތަނަށް ނުދައްކާ އޮތް ޖުމްލަ 1.3 މިލިއަން ރުފިޔާ ސިނާނުގެ ފަރާތުން ބޭންކަށް ދެއްކީ ފެބްރުއަރީ 13، ގައި ކަމަށް އަދަދު ނޫހުން ރިޕޯޓުކޮށްފައިވާނެ އެވެ.

މެދުޒިޔާރަތް މަގުގައި ހުންނަ އެމްއައިބީ ގެ މައި އޮފީހަށް ނަގުދު ފައިސާއިން 1.3 މިލިއަން ރުފިޔާ ހިފައިގެން ގޮސް، އެ ބޭންކަށް ސިނާނުގެ ފަރާތުން ދަރަނި ދެއްކީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން ކަމަށް މީގެ ކުރިން އަދަދުއިން ރިޕޯޓުކޮށްފައިވާނެ އެވެ.

އެކަކަށްވުރެ ގިނަ މަސްދަރުތަކުން މި ނޫހަށް އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅިގެން މުހުތާޒުގެ ބަހެއް ހޯދަން މި ނޫހުގެ ނޫސްވެރިން ފެބްރުއަރީ 17، ގައި ގުޅުމުން މުހްތާޒް ވިދާޅުވީ، ސިނާނަކީ އޭނާގެ ކްލަޔަންޓެއް ކަމަށެވެ. އަދި، ސިނާނުގެ ލޯނާއި މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ތިއީ ސައްހަ މައުލޫމާތެއްކަން ކަށަވަރުވަންޏާ އެގޮތަށް ރިޕޯޓު ކުރެއްވިޔަސް އަޅުގަނޑުގެ އިއުތިރާޒެއް ނެތް. އެކަމާ ގުޅިގެން އިތުރު ކޮމަންޓެއް ނެތް،" ފޯނުން ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވި އެވެ.

ނަގުދު ފައިސާގެ ގޮތުގައި އެމްއައިބީއަށް ދެއްކި 1.3 މިލިއަން ރުފިޔާއަކީ ކިހިނެތް ލިބުނު ފައިސާއެއްތޯ އެހުމުން ސިނާނު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މި ނޫހުގެ ނޫސްވެރިން ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.

އެހެން ބަޔަކާ ގުޅިގެން ސިނާނު މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނު، އެއްބަސްވުމާ އެއްގޮތަށް ނުދައްކާ އޮވެގެން އެ ފައިސާ ހޯދަން އައްޑޫ ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ހުކުމް ކުރީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ދެއްކުމަށެވެ.

ނަމަވެސް ކޯޓުން ކަނޑައެޅި ތާވަލާ އެއްގޮތަށް ސިނާނު އެ ފައިސާ ނުދައްކާ ކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދިނެވެ. އެހެންވެ، ހިތަދޫ ކޯޓުގެ ހުކުމް ތަންފީޒުކޮށް ދިނުމަށް އިސްލާމިކް ބޭންކުން ހުށަހެޅި އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމާއި، މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.

އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox