ނުކިޔަވާ ގަންނަ ސެޓިފިކެޓު، ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް

24 މާރިޗު 2025 - 09:27 2

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


ނުކިޔަވާ ގަންނަ ސެޓިފިކެޓު، ކިޔަވާ މީހުންނަށް ކުރާ މަލާމާތެއް

24 މާރިޗު 2025 - 09:27 2

ސޯޝަލް މީޑިއާގައި މިހާރު ހިނގަމުންދާ އެންމެ ހޫނު އެއް ބަހުސަކީ ހޯމް މިނިސްޓަރު އަލީ އިހުސާން ސެޓިފިކެޓެއް ގަނެގެން ނަމުގެ ކުރިއަށް ޑޮކްޓަރު ޖެހި މައްސަލަ އެވެ. އިހުސާންއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ނުކިޔަވާ, ގަންނަ ސެޓިފިކެޓުތެއް ޕީއެޗްޑީއާ އެއް ފެންވަރު ކުރާތީ އެވެ.

އިހުސާންގެ ސެޓިފިކެޓަކީ ފްރާންސުގެ ޕެރިހުގައި ހުންނަ ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވާސިޓީ (އީޔޫއައި) ކިޔާ ތަނަކުން ހޯދާފައިވާ ޕްރޮފެޝަނަލް ޑޮކްޓޯރަލް ސެޓިފިކެޓެވެ. މިއީ ޕީއެޗްޑީއެއް ނޫނެވެ.

އީޔޫއައިގެ ވެބްސައިޓުގައިވާ ގޮތުގައި ޕްރޮފެޝަލަން ޑޮކްޓަރޭޓު ސެޓިފިކެޓު ހޯދަން ބޭނުންވާނަމަ ފުރިހަމަ ކުރަން ޖެހެނީ "ވީއޭއީ" ކިޔާ ޕްރޮސެސްއެކެވެ. "ވީއޭއީ" އަކީ "ވެލިޑޭޝަން ޑެސް އަކުއިސް ޑް ލެކްސްޕީރިއަންސް" ގެ ކުރު ގޮތެވެ. މިއީ ކުރީގެ އުނގެނުމާއި ތަޖުރިބާ ބަލައިގަތުމަށް ބޭނުންކުރާ ފަރަންސޭސީ ބަހުގެ އިބާރާތެކެވެ.

އީޔޫއައިގެ ވީއޭއީ ޕްރޮސެސްގައި ޖެހެނީ އެ ޔުނިވާސިޓީގައި އޮންނަ ވީއޭއީ ކޮމިޓީއަކުން ވަޒަންކުރުމަށް ޓަކައި ހެކީގެ ޕޯޓްފޯލިއޯއެއް ހުށަހަޅާށެވެ.

މި ޕޯޓްފޯލިއޯގައި ހެކީގެ ގޮތުގައި ހިމެނެނީ ކެނޑިޑޭޓުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުނަރުތަކާއި ގާބިލުކަމަށް ބާރުދޭ ލިޔުންތަކާއި އެހެނިހެން ކަންކަމެވެ. ޕޯޓްފޯލިއޯގައި ހިމެނޭ ކަންކަން ކޮމިޓީން ވަޒަންކުރުމަށް ފަހު ފާސްވާ އެންމެނަށް އީއައިޔޫގެ ޑިޕްލޮމާއެއް ނޫނީ ސެޓްފިކެޓެއް ލިބެ އެވެ.

ކޮމިޓީން ވަޒަންކުރާ ޕޯޓްފޯލިއޯއަށް ހުށަހަަޅަން ޖެހޭ ހެކި ހުންނަނީ އެކި ޕްރޮގްރާމްތަކަށް އެކި ހެއްކެވެ. އީއައިޔޫއިން ބުނާ ގޮތުގައި މިއީ ޑޮކްޓަރޭޓު ފެންވަރުގެ ސަނަދެކެވެ. އަދި މިއީ ޝަރަފުވެރި ސަނަދެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ވެސް އެ ޔުނިވާސިޓީގެ ވެބްސައިޓުގައިވެ އެވެ.

އީއައިޔޫއިން ގަބޫލުކުރާ ގޮތުގައި, މި ސަނަދު ލިބޭ މީހުންގެ ނަމުގެ ކުރިއަށް "ޑރ." މި ލަގަބު ބޭނުންކުރުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް އެ ލަގަބު ބޭނުންކުރުން އެކި ގައުމުތަކުގައި އޮންނަނީ އެކި ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ލަގަބު ބޭނުންކުރުމާ ގުޅޭ ގޮތުން އިރުޝާދު ހޯދަން ޖެހޭނީ އެ ގައުމެއްގެ އިދާރާއަކުން ކަމަށް ބުނެފައިވެ އެވެ.

ޕީއެޗްޑީއަކީ އެންމެ މަތީ ފެންވަރުގެ ސެޓިފިކެޓު

ރާއްޖޭގައި ނަމުގެ ކުރިއަށް "ޑރ." ބޭނުންކުރަނީ ޕީއެޗްޑީ ހަދާފައި ހުންނަ މީހުންނާއި ސިއްހީ ފަރުވާދޭ ޑޮކްޓަރުންނެވެ.

ޕީއެޗްޑީ ނުވަތަ "ޑޮކްޓާ އޮފް ފިލޯސޮފީ" އަކީ އެންމެ މަތީ ފެންވަރުގެ ތައުލީމީ ސަނަދެވެ. މިއީ އަމިއްލަ ދިރާސާއެއް ހިމެނޭ، އަދި ތީސިސްއެއް ނުވަތަ ޑިޒަޓޭޝަނަކުން ނިންމާލެވޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދިރާސާގެ ސަނަދެކެވެ.

ޕީއެޗްޑީއަކީ އެ މީހެއްގެ ދާއިރާއަކުން ހޯދޭނެ އެންމެ މަތީ ފެންވަރު ތައުލީމީ ކާމިޔާބީ އެވެ. މިއީ އެތައް ހަރުފަތެއް ގިރާކުރުމަށް ފަހު, އެތައް އަހަރެއްގެ ކިޔެވުމަކާއި ބުރަ މަސައްކަތުން ހޯދޭ ސެޓިފިކޭޝަނެކެވެ.

ޕީއެޗްޑީއެއް ހާސިލުކުރުމުން އަންގައިދެނީ އެ މީހެއްގެ ދާއިރާގެ ފުން އިލްމަކާއި ތަޖުރިބާ ހުރި ކަމެވެ. ކަން މިހެން ހުރި އިރު, ދާއިރާއެއްގެ އަމަލީ ތަޖުރިބާގެ މައްޗަށް އެކަނި ބިނާކޮށް, ގަންނަ ސެޓިފިކެޓަކުން ނަމުގެ ކުރިއަށް "ޑރ." ލަގަބު ޖެހުމަކީ ބުރަ މަސައްކަތްކޮށްގެން އެ ލަގަބު ހޯދާ މީހުންނަށް ކުރެވޭ މަލާމާތެކެވެ.

އިހުސާން މިހާރު އޭނާގެ ނަމުގެ ކުރީގައި "ޑރ." ލަގަބު ބޭނުންކޮށްފައި ނުވެ އެވެ. މިއީ އެކަން އޮންނަން ވެސް ޖެހޭނެ ގޮތެވެ. އޭނާއަކީ ވެސް ކިޔަވައިގެން ހުރި މީހެކެވެ. އެކަމަކު ނަމުގެ ކުރިއަށް "ޑރ." ޖަހަން ޖެހޭ ފެންވަރަށް އަދި ނުކިޔެވޭކަން އިހުސާން ވެސް ގަބޫލުކުރަން ޖެހެ އެވެ.

80.00%

0.00%

0.00%

20.00%

މި ލިޔުން ކިޔާލުމުން


ޒަމީންއާސްމާން

2 days ago

ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރުގެ އިނގިރޭސި ސަފީރު (ޑރ.) އިރުތިޝާމް އާދަމްގެ ރަސްމީ ޕްރޮފައިލްގަ ރެޔާ ހަމަޔަށް ޖަހާފައި އޮތީ އެކަމަނާވެސް ޑޮކްޓަރޭޓް ހާސިލްކުރެއްވީ ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވާސިޓީން ކަމަށެވެ. މިއީ މުޅި ދައުލަތަށް ކުރިމަތިވަމުންދާ ލަދެކެވެ.

ސައިޚް

2 days ago

ލަދެއްވެސް ނުގަނޭދޯ، ހަޔާތުގެ ކަންފުޅެއްވެސް ނެތީ، ތިފަދަ މީހުން އަނެއްމީހާއަށް ކޮއްފާނެ ކޮންމެފަދަ ކަމެއްވެސް، ރައްޔިތުންގެ ސަލާމަތާ،ރައްކާތެރިކަމަށް މަސައްކަތްކުރާ ފުލުހުންނާ ހަވާލުވެ ހުރި ނާގަބިލު މީހެއް،