އުއްތަމަ ފަނޑިޔާރު ހަނު ހުންނަވާތީ ޑރ. ސަވާދުގެ ފާޑުކިޔުން

ކުރީގެ ބަންޑާރަ ނައިބު ޑރ. އަލީ ސަވާދު: ފަނޑިޔާރުންގެ ހައްގުގައި އުއްތަމަ ފަނޑިޔާރު އެއްޗެއް ވިދާޅުނުވުން ބަލައިނުގަނެވޭނެ ކަމަށް ސަވާދު ވިދާޅުވި ---

ކުރީގެ ބަންޑާރަ ނައިބު ޑރ. އަލީ ސަވާދު: ފަނޑިޔާރުންގެ ހައްގުގައި އުއްތަމަ ފަނޑިޔާރު އެއްޗެއް ވިދާޅުނުވުން ބަލައިނުގަނެވޭނެ ކަމަށް ސަވާދު ވިދާޅުވި ---

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް އެ ފަނޑިޔާރުންނާ ގުޅޭ އެކި މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ)ން ބަލަން ފެށުމުން އުއްތަމަ ފަނޑިޔާރު އަހްމަދު މުުއުތަސިމް އަދުނާނު ހަނު ހުންނެވުމުން ކުރީގެ ބަންޑާރަނައިބު ޑރ. އަލީ ސަވާދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަދަދު ގެ "ދިވެހިރާއްޖެ" ޕޮޑްކާސްޓުގައި ސަވާދު ވިދާޅުވީ ފަނޑިޔާރުގެއަށް އެއްވެސް ތަނަކުން ނުފޫޒެއް އަތުވެއްޖެނަމަ ފަނޑިޔާރުން ރައްކާތެރި ކުރުމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ އުއްތަމަ ފަނޑިޔާރު ކަމަށެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރާ އެކު ސުޕްރީމް ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ފަނޑިޔާރުންގެ ހައްގުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ އެމަނިކުފާނު ހުންނެވީ އެ ފަނޑިޔާރުންތައް ޝިކާރައަކަށް ދޫކޮށްލައްވައިގެން ކަމަށް ސަވާދު ތުހުމަތު ކުރެއްވި އެވެ.

Advertisement

"އެއީ ދެން ބެންޗުގައި ތިއްބެވި ޖަސްޓިސަސްއަށް އެހެންވީމަ އެނގެންޖެހޭނެ ތިމަންމެންނަށް ތިމަންމެންގެ ޕްރޮފެޝަނަލް ފަންނީ އޮޕީނިއަން މި ރައުޔު މި މައްސަލައިގައި ރައީސްއާ ދެކޮޅަށް ވެސް ދެވޭނެއޭ. ދިނީމަ އަންނަ ނުފޫޒުން އުއްތަމަފަނޑިޔާރު ތިމަންނަ ހިމާޔަތްކުރާނެއޭ," އޭނާ ވިދާޅުވި އެވެ.

"ތިމަންނަ އެކަންޏެއް ނޫނޭ ބެންޗުގައި މިއިނީކީއެއް. ތިމަންނަގެ ކަސްޓޯޑިއަންއެއް އެބަހުއްޓޭ އެއީ އުއްތަމަ ފަނޑިޔާރެއް،"

ސަވާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިމާޔަތްކުރުމަކީ, އުއްތަމަ ފަނޑިޔާރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ފެންނަނީ އެ ފަނޑިޔާރުންނަށް ބޭއިންސާފުުން ފިޔަވަޅު އަޅަމުން ގެންދާ އިރު ވެސް, ޝިކާރައަކަށް ވާން ދޫކޮށްލާފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ޖުޑީޝަރީގެ ކަސްޓޯޑިއަންއަކީ އުއްތަމަ ފަނޑިޔާރު. އެ ޕްރޮޓެކްޝަން ނުދެއްވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމަ މި ދަންނަވަނީ އެއީ ވިޗް ހަންޓަކަށް ދޫކޮށްލައިގެން ތި ހަމަ ހުންނަވަނީތޯއޭ. މިއޮއްހާ ދުވަހު ބެންޗުގައޭ ތިން ފަނޑިޔާރުން ތިއްބެވީ." ސަވާދު ވިދާޅުވި އެވެ.

"މިއޮތްހާ ދުވަހު. ކުއްލިއަކަށް މިއޮތް ބޮޑު މައްސަލަ ފާޅުވީމަ އެ ތިން ބޭފުޅުން ހަމަ ދޫކޮށްލެއްވީތޯއޭ. ޝިކާރައަށް. އެހެން ނުހައްދަވާށޭ. އެއީ ކުރާވަރު ކަމެއް ނޫން."

ސަވާދު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ގާނޫނުގެ ދަށުން ލިބިފައި އޮތް ބާރުގެ ބޭނުން ނުކުރައްވައި ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަށް ދޭން ޖެހޭ ރައްކާތެރިކަން ނުދެއްވާނަމަ އެހެން ފަނޑިޔާރުންނަށް ވެސް ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވޭނެ ކަމަށެވެ.

"ފަސްޓް ލައިން އޮފް ޑިފެންސް، ލާސްޓް ލައިން އޮފް ޑިފެންސަށް ވާން ޖެހޭނީ ޗީފް ޖަސްޓިސް. އެވަރު ޕްރޮޓެކްޝަން ޗީފް ޖަސްޓިސްއަށް ދެން ތިއްބެވި ފަނޑިޔާރުންނަށް ނުދެވެންޏާ ދެން ކޮންމެފަދަ ކަމެއް ވެސް ފަނޑިޔާރުންނަށް ކުރެވިދާނެ ކަމުގެ އިހުސާސް ދެން ތިއްބެވި ފަނޑިޔާރުންނަށް ވާނެ،" ސަވާދު ވިދާޅުވި އެވެ.

ޗީފް ޖަސްޓިސްގެ އައްޔަނު ކުރުމުގެ ޕްރޮސެސް އޮންނަނީ ވަރުގަދަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވަރަށް ހަރުދަނާ، ޖެހިލުން ކުޑަ، ސާބިތުކަމާ އެކީ އަދުލުވެރިކަން ދަމަހައްޓަން ހުންނާނެ މީހަކަށް އުއްތަމަ ފަނޑިޔާރު ވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ފަނޑިޔާރުގެއަށް ސީދާ ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސް އޮފީހުން އަންނާނެ ކަމަށާއި އެއާ އުއްތަމަ ފަނޑިޔާރު ކުރިމަތިލައްވަން ކެރެން ވެސް ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސަވާދު ވިދާޅުވި އެވެ.

"މި ރާއްޖޭގައި މިދާ އޮއެވަރަށް ވިސްނާއިރު ޗެލެންޖެސްތައް އަންނީ ހަމަ ސީދާ މަޖިލީހުން ނޫނިއްޔާ ރައީސް އޮފީހުން. ނުފޫޒު ފޯރުވަން އަންނާނީ. ދެން ވިޔަފާރިވެރިންގެ ކޮމިއުނިޓީން ވެސް ފަނޑިޔާރުގެއަށް ނުފުޒު ފޯރުވަން އަންނާނެ," އޭނާ ވިދާޅުވި އެވެ.

"އެކަމަކު ނިޒާމެއްގެ ތެރެއިން އެންމެ ބޮޑަށް މި އަންނަނީ ޕްރެޝާ ޕޮއިންޓަކުން. އެހެންވީމަ އެއަށް ކެރުމާއި ކުޅަދާނަކަމާއި ޖެހިލުންކުޑަކަމާއި ކެތްތެރިކަމާއި ހުށިއާރުކައެކީ އެއަށް ކުރިމަތިލާން އުއްތަމަ ފަނޑިޔާރު ހުންނަނީ،"

ސުޕްރީމް ކޯޓުން ސަސްޕެންޑުކުރީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އައިޝަތު އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކާ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް މިހާތަނަށް ވެސް އޭސީސީ އިން އެ ތިން ފަނޑިޔާރުންނަށް ކުރާ ތުހުމަތެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox