ލިވަޕޫލް ބަލިކޮށް ނިއުކާސަލުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފި

Mar 16, 2025, 7:19 PM
ލިވަޕޫލް ބަލިކޮށް ނިއުކާސަލުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް ތަށި ހޯދައިފި

ލަންޑަން (މާޗް 16) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ ލިވަޕޫލް 2-1 އިން ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން 70 އަހަރު ތެރޭ ފުރަތަމަ ޑޮމެސްޓިކް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ލީގު ކަޕްގެ އެންމެ ކާމިޔާބު ޓީމު އަދި އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އަތުން ނިއުކާސަލް ފައިނަލުގައި ކުރިހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ނިއުކާސަލް އިން އެންމެ ފަހުން ހޯދި ޑޮމެސްޓިކް ތަށްޓަކީ، 1955 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ. އެ ޓީމުން އެންމެ ފަހުން ހޯދި ތަށްޓަކީ، 1969 ވަނަ އަހަރުގެ ފެއާސް ކަޕް އެވެ. އެއީ، ޔުއެފާ އިން ބޭއްވި އިންޓަ ސިޓީ މުބާރާތެކެވެ.

މިއީ، ނިއުކާސަލުން ލީގު ކަޕް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ނިއުކާސަލް ވަނީ ލީގު ކަޕް ފައިނަލުގައި ދެ ފަހަރު ބަލިވެފަ އެވެ. އެއީ، 1976 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުންނާއި 2023 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ނިއުކާސަލް އިން ރަނގަޅު ޑިފެންސިވް ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި ލިވަޕޫލަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ.

މެޗުގައި ނިއުކާސަލް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ ޑިފެންޑަރު، ޑޭން ބާން އެވެ. ނިއުކާސަލްގެ ފުލްބެކް، ކިއެރަން ޓްރިޕިއޭ ނަގައިދިން ކޯނަރަކުން ބާން ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަަނަށް އަމާޒުވިއިރު، ލިވަޕޫލްގެ ގޯލު މި މެޗުގައި ބެލެހެއްޓި ކީޕަރު، ކޮއިމްހިން ކެލަހާ އަށް އެ ބޯޅަ ނުހުއްޓުވުނެވެ.

ނިއުކާސަލްގެ އިސާކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނިއުކާސަލުން އެޓޭކް ވަރުގަދަ ކުރިއިރު، އެ ޓީމުގެ އަލެކްސަންޑަ އިސާކް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު، އެ ގޯލު ބަލައިނުގަތް ކަމަށް ވިޔަސް، އޭގެ އިރުކޮޅެއް ފަހުން، އިސާކް ވަނީ ގޯލު ޖަަހައި، އެ ޓީމަށް ލީޑުުފުޅާކޮށްދީފަ އެވެ. އެ ޓީމަށް ތިން ވަނަ ގޯލެއް ޖަހައިދޭން އިސާކް ޖެހި ބޯޅަ ކީޕަރު ކެލަހާ މަތަކުރި އެވެ.

ބަދަލުތަކެއް ގެެނެސްގެން ލިވަޕޫލްގެ އެޓޭކް ވަރުގަދަ ކުރިިއިރު، އެ ޓީމުން ބަދަލަކަށް އެރުވި، ކާޓިސް ޖޯންސް އޭރިއާތެރެއިން ގޯލަށް ފޮނުވާލި ބޯޅައެއް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ. ބަދަލަކަށް ކުޅެން އެރި ފެޑެރީކޯ ކިއޭސާ މި ގޯލު ޖެހީ ހާވީ އެލިއަޓް ދިން ބޯޅައަކުންނެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.

މި މެޗުން ބަލިވެ، ލިވަޕޫލް މި ވަނީ ހަ ވަރަކަށް ދުވަސް ތެރޭ ދެ މުބާރާތް ގެއްލިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޕީއެސްޖީ އަތުން ކެޓިއިރު، ލީގު ކަޕް ފައިނަލުގައި ބަލިވީ އެެވެ. ލިވަޕޫލް، މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތްއިރު، އެ ޓީމަށް އެންމެ އަވަހަށް ދެން މެޗެއް އޮތީ ދެ ހަފްތާ ފަހުންނެވެ.

ލިވަޕޫލް ބަލިކޮށް ނިއުކާސަލުން ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ވަނީ، ބްރެންޓްފޯޑް، ޗެލްސީގެ އިތުރުން އާސެނަލްގެ މައްޗަށް ވެސް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox