ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އަބްދުއްރަހީމް އެނބުރި މަޖިލީހުގެ މަސައްކަތަށް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެނބުރި ރަސްމީ މަސައްކަތަށް ނުކުންނަވާ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެނބުރި ރަސްމީ މަސައްކަތަށް ނުކުންނަވާ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެނބުރި މަސައްކަތަށް ނުކުންނަވައިފި އެވެ.

މަޖިލިސް އިދާރާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ގއ. ނިލަންދޫ ކައުންސިލް ގެ އޮފިޝަލުންނާ މަޖިލީހުގެ ރައީސް މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. މީގެއިތުރުން، އެމަނިކުފާނު ވަނީ އިންސާނީ ހައްގުތަކުގެ ދާއިރާގެ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާ އާވެސް މިއަދު ބައްދަލުކުރައްވާފަ އެވެ.

މިއީ ދެ ރައީސުންގެ ގުޅުން ގޯސްވެ، ހުޅު ފަޅައިގެން ދިޔަ ފަހުން ރަސްމީ މަސައްކަތަށް އަބްދުއްރަހީމް ނުކުންނެވި ފުރަތަމަ ފަހަރެވެ. މައްސަލަ ގޯސްވިއިރު އެމަނިކުފާނު ހުންނެވީ ޗުއްޓީ ހޭދަކޮށްލެއްވުމަށް މެލޭޝިއާގަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި އަބްދުއްރަހީމާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އޮތްކަމުގެ އަޑުތައް މީގެ މަސްތަކެއް ކުރިން ފެށިގެން ދިޔައީ ފެތުރެމުންނެވެ. އެ އަޑުތައް އަސްލަކަށްވެ މަންޒަރު ސާފުވީ، ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިކަލުން، އިބްރާހިމް ފައިސަލް މަގާމުން ދުރުކުރަން ރައީސް މުއިއްޒު ނިންމެވުމާ އެކު އެވެ.

ޖެނުއަރީ 28، ގައި ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން މިހާތަނަށްވެސް ބަހެއް ނުބުނެ އެވެ. ރައީސް މުއިއްޒުވެސް މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެއް ނުވެ އެވެ.

ރައީސްގެ ނިންމެވުމާއެކު މެލޭޝިއާ ދަތުރު ކުރުކޮށްލާ އަބްދުއްރަހީމް ވަނީ ހަމަ އެ ރޭ މާލެ ވަޑައިގެންފަ އެވެ. ނަމަވެސް އެއާޕޯޓަށް ގޮސްތިބި ނޫސްވެރިންނާ ބައްދަލުނުކުރައްވާ، މަތިންދާބޯޓުން ކާރަށް އަރުއްވައިގެން ވަޑައިގެންނެވީ ސީދާ ގެއަށެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން އަބްދުއްރަހީމް އަކީ ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އެވެ. ޕާޓީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ. މަޖިލީހުގެ ރައީސްކަމުން އޭނާ ދުރުކުރުމުގެ މަސައްކަތްވެސް ޕީއެންސީގެ ތެރޭގައި ދަނީ ކުރެވެމުންނެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox