ހުރިހާ އަތޮޅެއްގައި މި އަހަރު އާރުޓީއެލް ހިދުމަތް ދޭން ފަށާނަން: ރައީސް މުއިއްޒު

ރ. އުނގޫފާރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަނީ: އާރުޓީއެލްއަކީ ހައި ސްޕީޑް ފެރީގެ ނެޓްވޯކަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއެއް -- ފޮޓޯ: ރައީސް އޮފީސް

ރ. އުނގޫފާރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަނީ: އާރުޓީއެލްއަކީ ހައި ސްޕީޑް ފެރީގެ ނެޓްވޯކަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއެއް -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވެ، ދެން އެންމެ އަވަހަށް އެ ހިދުމަތް ފަށާނީ ރ. އަތޮޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތް ނުދެވޭ އަތޮޅުތަކުގައި މި އަހަރު ނިމުމުގެ ކުރިން އެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

"އާރުޓީއެލްގެ ހިދުމަތަކީ ބައެއް އަތޮޅުތަކުގައި އަދި ނުދެވޭ ހިދުމަތެއް އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ މި އަހަރު ނިމުމުގެ ކުރީގައި މިގޮތަށް ހިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ހިދުމަތް އަޅުގަނޑުމެން ފަށާނަމޭ، އެގޮތުން ދެން އެންމެ އަވަހަށް އެ ހިދުމަތް ގާއިމުވެގެން ދާނެ އަތޮޅަކީ މި އަތޮޅުކަން އަޅުގަނޑު ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރ. އަތޮޅުގެ އިތުރުން އެ އަތޮޅާ ޖެހިގެން އޮތް ބ. އަތޮޅުގައި ވެސް މި އަހަރު ދެބައިވުމުގެ ކުރިން އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށެވެ.

"މި އަތޮޅާ އެކީގައި ބ. އަތޮޅު ވެސް ހިމެނޭހެން ރ. އަތޮޅުގައި ދެން ބ. އަތޮޅުގައި މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރީގައި، ޖޫން މަހުގައި މި އަތޮޅުގައި ބ. އަތޮޅުގައި ޖުލައި މަހުގައި، އެހެންވީމާ ޖުލައި މަސް ނިމުމުގެ ކުރީގައި މި ދެ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ވާހަކަ އަޅުގަނޑު މިރޭ ތި ބޭފުޅުންނަށް ދަންނަވައިލަން،" ރައީސް ވިދާޅުވި އެވެ.

އާރުޓީއެލްގެ ހިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީގެ ނެޓްވޯކަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން 65 ލޯންޗު ބަނދެ، ރާއްޖޭގެ އެކި ކަންކޮޅުގައި 149 ޓާމިނަލް އަޅާނެ އެވެ. އާރުޓީއެލްގެ ހިދުމަތް ފަަރުމާކޮށްފައި ވަނީ ހުރިހާ ފިޔަވައްސެއް ނިމޭއިރު އަތޮޅުތައް ވެސް ގުޅި މާލެއަށް ވެސް ދަތުރުކުރެވޭނެ ގޮތަށެވެ.

މިހާރު އެ ހިދުމަތް ދެމުން ދަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. ނ. ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގަ އެވެ.

ނ. ރ. އަދި ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ގާއިމު ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox