ސެޕްޓެމްބަރުގެ ކުރިން ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އިޔާދަކުރަނިވި ހަކަތައިން އޭސީ ކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އިޔާދަކުރަނިވި ހަކަތައިން ސެޕްޓެމްބަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: އިޔާދަކުރަނިވި ހަކަތައިން ސެޕްޓެމްބަރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އަންނަ ސެޕްޓެމްބަރުގެ ކުރިން އޭސީ ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ހުޅުދުއްފާރަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން މި އަހަރު ތެރޭގައި ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގެ އޭސީތައް ހަރުކޮށް، ފިނިކޮށްދޭނެ ކަމަށެވެ.

"މި އަހަރު ދެން އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ކޮށްގެން އޭސީ ކޮށްދީ، ފިނި ކޮށްދޭނަން. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަޅުގަނޑު ދެން،" ރައީސް ވިދާލުވި އެވެ.

"އަޅުގަނޑުމެން ބޮޑަށް މި އަމާޒު ކުރަނީ ވެސް ވީހާ ވެސް އަވަހަކަށް، ސެޕްޓެމްބަރު މަހާ ހަމައަށް ދާންވާއިރަށް ވެސް ނިންމާލެވޭތޯ. އެއީ ހައެއްކަ މަސް ދުވަސް، އަށެއްކަ މަސް ދުވަސް ބޭނުންވާނެ މުޅި ރާއްޖެ އެއްކޮށް ނިންމާލަން. އެހެންވީމަ އެގޮތަށް އެކަން ކުރިއަށް ގެންދާ ވާހަކަ ދަންނަވާލަން."

ރައީސް މުއިއްޒު ވިދާލުވީ މުޅި ސްކޫލުގެ ހުރިހާ ތަނެއް އޭސީ ކުރުމުގެ ބަދަލުގައި ފުރަތަމަ އިސްކަންދީގެން ކުރިއަށް ގެންދާނީ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރަން ރަށްރަށުގައި އެއާކޯން ކުރެވި ފިނި ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ކުޑަކުދިންގެ އިތުރުން ބެލެނިވެރިން ވެސް އެދޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މިދިޔަ ފެބްރުއަރީ 27، ގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސް ރޫމްތައް ފިނި ކުރަން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭރު ރައީސް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިން ބައިވެރިވާން ބޭނުންވާ ނަމަ އެކަމަށް އެމަނިކުފާނެ މަރުހަބާ ކިޔުއްވާނެ ކަމަށެވެ.

ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މެއި 13، ގައި ނިންމާފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އޭރު ވިދާލުވީ ސަރުކާރުގެ ހުރިހާ ސްކޫލެއް ކޮމިއުނިޓީގެ އެހީތެރިކަމާ އެކު އޭސީ ކުރަން ނިންމީ ރައީސްގެ ލަފަޔާ އެއްގޮތަށް ކަމަށާއި އެ މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އެގޮތުން ހުރިހާ ސްކޫލެއް އޭސީ ކުރަން "ކޫލް ސްކުލް" ގެ ނަމުގައި މަޝްރޫއެއް މިދިޔަ ޖޫން މަހުގެ ތެރޭގައި އެޑިއުކޭޝަނުން ފެށި އެވެ.

ސްކޫލްތައް އޭސީ ކުރުމަށް ބެލެނިވެރިން އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާ ފަހަކަށް އައިސް އޮތީ ބޮޑުވެފަ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެގޮތަށް ފައިސާ ނަގައިގެން އޭސީ ހަރު ކުރުމަށް އެއްވެސް ސްކޫލަކަށް އަންގާފައި ނުވާނެ ކަމަށެވެ.

ބައެއް ސްކޫލްތަކުން އަންނަނީ ޕީޓީއޭގެ އިތުރުން އެހެން ގޮތް ގޮތުން ފަންޑްރައިޒްކޮށްގެން ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މަޖީދިއްޔާ ސްކޫލުގައި ދާދި ފަހުން ވަނީ ހުރިހާ ކްލާސްރޫމެއްގައި އޭސީ ހަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox