މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމު ކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމު ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މި އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމު ކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމުކޮށް، ކުނީގެ މައްސަލައަށް ހައްލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމު ހުރިހާ ރަށެއްގައި ގާއިމު ކުރުމަކީ ބޮޑު ގޮންޖެހުމަކަށްވީ ނަމަވެސް، އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގެ ނިސްބަތުން އެ ރަށުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމުކޮށް، މުޅި މައްސަލައަށް ހައްލު ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުނި މެނޭޖް ކުރުމުގެ ނިޒާމަކީ ކޮންމެ ރަށަކަށް ވެސް އަޅުގަނޑުމެން ހަމަ މި އަހަރު ތެރޭގައި ކުރަން ނިންމާފައި އޮތް ވަރަށް މުހިންމު ކަމެއް. މި އަހަރު މުޅި އަހަރު ތެރޭގައި އެކި ރަށްރަށުގައި އެ މަސައްކަތްތައް ކުރިއަށް ގޮސް މި އަހަރު ނިމެންވާ އިރުގައި އަޅުގަނޑުމެންގެ އަމާޒަކީ މުޅި ރާއްޖޭގައި ހަމަ ކޮންމެ ރަށެއްގައި ވެސް، ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ނިސްބަތުން ކުނި މެނޭޖް ކުރުމޭ ނިޒާމު ގާއިމުކޮށް ނިންމުން،" ރައީސް ވިދާޅުވި އެވެ.

މިއީ ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ޒަމާންވީ މައްސަލައެއް. އެކަމަކު އެ މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން މި ކަނޑައެޅި ޓާގެޓަކީ ވަރަށް އެމްބިޝަސް ޓާގެޓެއް. އެހެންނަމަވެސް އެޗީވަބަލް ޓާގެޓެއް. އިރާދަކުރެއްވިއްޔާ އެ ޓާގެޓް އަޅުގަނޑުމެން ހާސިލު ކުރާނަން."

ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު ގާއިމު ކުރުމުގައި އެ ރަށަކަށް އަރައި ފައިބާ ނިސްބަތާއި ރަށުގައި ހުރި ސިނާއަތްތަކުގެ އިތުރުން ހިނގާ މަސައްކަތައް ބަލައި، އެ ރަށަކަށް ބޭނުންވާ ފެންވަރުގެ ކުނި މެނޭޖު ކުރުމުގެ ނިޒާމެއް ގާއިމުކޮށްދޭނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރިން މި ރަށް [ގދ. ފިޔޯރީ] ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށެއްގެ އާބާދީގެ ނިސްބަތުން ގާއިމު ކުރަން ޖެހޭ ފެންވަރުގެ އަދި އެ ރަށެއްގެ ދެން ހުރި ސިނާއަތްތަކާއި ހިނގާ މަސައްކަތްތަކާއި މީހުން އެ ރަށުގައި އަރާ ފައިބާ ނިސްބަތަށް ބަލާފައި އެ ރަށަކަށް ބޭނުންވާ ފެންވަރުގައި ވޭސްޓް މެނޭޖްމަންޓް ނިޒާމު ގާއިމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ގާއިމުކޮށް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" މިދިޔަ ފެބްރުއަރީގައި ފެށި އެވެ.

ސަރުކާރުން ބުނި ގޮތުގައި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމުތަކެއް ގާއިމުކުރުމެވެ.

ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން އެ ޕްރޮގުރާމުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox