ޓޫރިޒަމް އިންޑަސްޓްރީއަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނި ނިހާދު ސަސްޕެންޑުކޮށްފި

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިހާދު އެމްޑީޕީގެ އިވެންޓެއްގައި ވާހަކަ ދައްކަނީ. އެއަށް ފަހު ޕީއެންސީއަށް ބަދަލުވުމާއެކު އޭނާއަށް ވަނީ ސްޓޭޓް މިނިސްޓަރުކަން ދީފައި --- ފޮޓޯ: އަދަދު ފައިލް

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނިހާދު އެމްޑީޕީގެ އިވެންޓެއްގައި ވާހަކަ ދައްކަނީ. އެއަށް ފަހު ޕީއެންސީއަށް ބަދަލުވުމާއެކު އޭނާއަށް ވަނީ ސްޓޭޓް މިނިސްޓަރުކަން ދީފައި --- ފޮޓޯ: އަދަދު ފައިލް

"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ރޭ ބޭއްވި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތުހުމަތު ކުރެއްވި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާތީ، އެ ކަމަށް ޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ރޭ ވިދާޅުވުމާ ގުޅިގެން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ދިޔައީ ގޮވާލާމުންނެވެ.

ސަރުކާރުން މި ކަމުގައި ވަކި އެއްޗެއް މިހާތަނަށް ހާމަނުކުރި ނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ނިހާދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

"މިއަދު އަޅުގަނޑު މި ދަންނަވަނީ ދެ މިލިއަން ފަތުރުވެރިން ދިވެހިރާއްޖެއަށް އައުމަށްޓަކައި ތައްޔާރުވެފައިވާ ހިނދު، މާދަމާ ނުން އަނެއް ދުވަހު، އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް، ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށްޓަކައި ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް،" ނިހާދު ރޭ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ މަޖިލިސް މެންބަރަކަށް ހުރެ ކުރިން ނިހާދު ވަނީ އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. ނަމަވެސް އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ދެ ބުރުގައި ވެސް މަސައްކަތް ކުރެއްވި ނީހާދު ޕީއެންސީއަށް ބަދަލުވީ އެ ޕާޓީއަށް ވެރިކަން ލިބުނު ފަހުންނެވެ.

އެގޮތުން މަޖިލީހުގެ ފަހު ދުވަސްތަކުގައި ޕީއެންސީގައި ހުރެ، އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެއާ އެކު، ގިނަ ބައެއްގެ ފާޑު ކިޔުން ނިހާދުއަށް އަމާޒުވި އެވެ.

ޕީއެންސީއަށް ނިހާދު ބަދަލުވީ ފައިސާގެ އިތުރުން ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާއެއް ދިނުމުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ. އަދި އެގޮތަށް އަޑު ފެތުރުނު ފަހުން އޭނާއަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox