ބޭނުން ކުރެވޭ ރިޒާވް މިފަހަރު ވެސް ދަށަށް، މިހާރު ހުރީ 31 މިލިއަން ޑޮލަރު

Nov 12, 2024, 6:23 PM
ބޭނުން ކުރެވޭ ރިޒާވް މިފަހަރު ވެސް ދަށަށް، މިހާރު ހުރީ 31 މިލިއަން ޑޮލަރު

އިންޑިއާއިން ދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާއެކު އޮކްޓޯބަރު މަސް ނިމުނުއިރު, އެމްއެމްއޭގެ ޖުމުލަ ރިޒާވް މަތިވިޔަސް، ބޭނުންކުރެވޭ ރިޒާވް 31.5 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް އޮކްޓޯބަރު މަހު 614.6 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރެވެ.

"ރިޒާވް އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިން ކަރަންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބިފައިވުން،" އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފއިވެ އެވެ.

ބޭނުންކުރެވޭ ރިޒާވްއަށް އައި ބަދަލުތައް

  • ޖޫން: 66.9 މިލިއަން ޑޮލަރު
  • ޖުލައި:43.6 މިލިއަން ޑޮލަރު
  • އޮގަސްޓު: 61.2 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު: 48.8 މިލިއަން ޑޮލަރު
  • އޮކްޓޯބަރު: 31.5 މިލިއަން ޑޮލަރު

ކަރަންސީ ސްވޮޕްގެ ގޮތުގައި ލިބުނު 400 މިލިއަން ޑޮލަރުގެ ތެރެއިން ރާއްޖޭގެ ދެ ބޭންކެއްގައި 120 މިލިއަން ޑޮލަރު ވަނީ އިންވެސްޓުކޮށްފަ އެވެ.

ކުރު މުއްދަތުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، ކަރަންސީ ސްވޮޕްގެ ގޮތުގައި ބަހައްޓާ ފައިސާ މީގެ ކުރިން، އިންވެސްޓުކުރަނީ ބޭރުގެ ބޭންކުތަކުގަ އެވެ.

ނަމަވެސް މިފަހަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކުރީ، އެމްއެމްއޭއިން ބުނި ގޮތުގައި ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް މުޅި އިގްތިސާދަށް ފައިދާ ކުރުމެވެ.

ބޭނުންކުރެވޭ ރިޒާވުގައި މި ވަގުތު ހުރި އަދަދަކީ ރާއްޖޭގެ ޒަރޫރީ އިމްޕޯޓުތަކަށް މަހަކަށް ބޭނުންކުރެވޭ ވަރަށް ވުރެ މަދު މިންވަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox