ރައީސް މިހާރު ވިދާޅުވަނީ އިސްލާމީ ދުނިޔޭގެ ލީޑަރަކީ ސައުދީ ކަމަށް

ރައީސް މުއިއްޒު ސައުދީގެ ފޮރިން މިނިސްޓަރާއެކު: އެމަނިކުފާނު މިހާރު ވިދާޅުވަނީ އިސްލާމީ ދުނިޔޭގެ ލީޑަރަކީ ސައުދީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ސައުދީގެ ފޮރިން މިނިސްޓަރާއެކު: އެމަނިކުފާނު މިހާރު ވިދާޅުވަނީ އިސްލާމީ ދުނިޔޭގެ ލީޑަރަކީ ސައުދީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އިސްލާމީ ދުނިޔޭގެ ލީޑަރަކީ ސައުދީ އަރަބިއާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރެއްގައި ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ކުރެއްވި ތަގުރީރުގައި މިރޭ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނެކަން އިއުލާނުކުރައްވަމުންނެވެ.

"ސައުދި އަރަބިޔާ އަކީ އިސްލާމީ ދުނިޔޭގެ ލީޑަރު. އިސްލާމީ ދުނިޔޭގެ އެންމެ އިސްނަގައިގެން މަސައްކަތްކުރާ އަޅުގަނޑުމެން ފަހުރުވެރިވާ ގައުމު. ސައުދީ ރަސްގެފާނު އެ ކުރައްވާ މަސައްކަތުގެ އަޅުގަނޑުމެން ފުރިހަމައަށް ބައިވެރިވަން،" ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ ފަލަސްތީން އަދި ލުބްނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ހައްލެއް ހޯދުމަށް ސައުދީ ސަރުކާރާއި އޯއައިސީ އާއި ލީގް އޮފް އަރަބް ސްޓޭޓްސް އާ ގުޅިގެން ބާއްވާ ސަމިޓަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނު ފޮނުއްވި ހާއްސަ ފުލައިޓެއްގައި ކަމަށެވެ.

މިއީ އިސްލާމީ ދުނިޔޭގެ ނުވަތަ އިސްލާމީ އުންމަތުގެ ލީޑަރުގެ ލަގަބު ގައުމަކަށް ނުވަތަ ވެރިޔަކަށް ރައީސް މުއިއްޒު ދެއްވި ދެވަނަ ފަހަރެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަކީ އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅާ ކަމަށް މާޗު 16، ގައި ރައީސް ވިދާޅުވި އެވެ.

"މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް އަޅުގަނޑަށް ދެއްވީ އިސްލާމީ އުއްމަތް އެ ބޭފުޅަކަށް ފަޚުރުވެރިވާ، މިވަގުތު އިސްލާމީ އުއްމަތުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ފެންނަ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން،" ތުރުކީން ގެނައި އަސްކަރީ ޑްރޯތައް ބޭނުންކުރަށް ފެށުން އިފުތިތާކުރަން ނ. މާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުން ޑްރޯންތައް ގެނައުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުގަ އެވެ. އެކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ޑްރޯންތަކުގެ އެއްވެސް ތަފުސީލެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox