ރާއްޖޭގައި ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށައިފި

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި އިފުތިތާހު ކޮށްދެއްވީ ހއ. އަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެންބަރުން -- ފޮޓޯ: އެސްޓީއޯ

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި އިފުތިތާހު ކޮށްދެއްވީ ހއ. އަށް ނިސްބަތްވެވަޑައިގަންނަވާ ފަސް މެންބަރުން -- ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ އިގުތިސާދަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކުރާ ބަންކަރިންގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ހއ. ހޯރަފުށީގައި މިއަދު ހަވީރު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބަންކަރިންގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ފަސް މެންބަރުންނެވެ.

ބަންކަރިންގެ ހިދުމަތް މިއަދު ފެށިއިރު، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާ އަށެވެ. އެ ބޯޓު މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން ދިޔައީ ކޮލަމްބޯއިންނެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

Advertisement

ރާއްޖޭގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ފެށީ 3258 ޓަނުގެ އެމްޓީ އޭންޖަލް އާއި 3939 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުން ކޮށްގެންނެވެ.

އެ ދެ ބޯޓަކީ ބަންކަރިން ހިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކޮށް ބަނދެފައިވާ ދެ ބޯޓު ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ އެ ދެ ބޯޓު ވެސް ބެއާ ބޯޓު ޗާޓާ ކޮންސެޕްޓުގެ ތެރެއިން އެއްކޮށް މިލްކުވާނެ ކަމަށެވެ.

މިއަދު ފެށި ބަންކަރިންގެ ހިދުމަތުގެ ތެރެއިން، ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ އިތުރުން، ފަޅުވެރިން ބަދަލު ކުރުމުގެ ހިދުމަތާއި ބޯޓުފަހަރަށް ބޭނުންވާ ސްޕެއާ ފަދަ ސާމާނު ފޯރުކޮށްދިނުމާއި މަރާމާތު ކޮށްދިނުމުގެ އިތުރުން ސާފު ބޯފެން ވެސް ފޯރުކޮށްދޭނެ އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށީ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔެގެ އެކި ކަންކޮޅަށް ދަތުރު ކުރާ ކަމަށެވެ. އެހެންކަމުން އޭގެތެރެއިން އެއް ޕަސެންޓު އުޅަނދުތަކަށް ހިދުމަތް ދެވުނަސް ރައްޖޭގެ އިގުތިސާދަށް އޭގެ ސަބަބުން ބޮޑު މަންފާއެއް ކުރާނެ ކަމަށެވެ.

މީގެ އެއް ޕަސެންޓު އުޅަނދަށް ހިދުމަތް ދެވުނަސް، އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިގުތިސޯދަށް ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.

ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނެ ކަމަށް ސަރުކާރުން ބުނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ބުނީ ޖުލައި މަހުގައި ބަންކަރިން ފެށޭނެ ކަމަށެވެ. އެ ތާރީހަށް ވެސް ބަންކަރިން ނުފަށައި، ދެން ބުނީ މިދިޔަ އޯގަސްޓު 22، ގައި އެ ހިދުމަތް ފެށޭނެ ކަމަށެވެ.

އެ ތާރީހަށް އެ ހިދުމަތް ނުފެށުނީ ބަންކަރިން ބޯޓުތައް ނައިސްގެންނެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހިދުމަތް ފެށުން ލަސްވީ މޫސުން ގޯސްވުމާ ގުޅިގެން އެކަމަށް ގެންނަ ބޯޓުތައް ރާއްޖެ ނުގެނެވިގެން ކަމަށެވެ. އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox