ފޮރިން މިނިސްޓަރު ޒަމީރު އަނެއްކާވެސް މެދުއިރުމައްޗަށް، މިފަހަރު ވަޑައިގަންނަވަނީ ސައުދީއަށް

މި އަހަރު ބޭއްވި ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސް މުއިއްޒު އަދި ހާރިޖީ ވަޒީރު ޒަމީރު: ޒަމީރު މިއަދު ސައުދީއަށް ފުރާވަޑައިގަންނަވާ --- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ބޭއްވި ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސް މުއިއްޒު އަދި ހާރިޖީ ވަޒީރު ޒަމީރު: ޒަމީރު މިއަދު ސައުދީއަށް ފުރާވަޑައިގަންނަވާ --- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ޒަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ މިއަދު ސައުދީއަށް ފުރާވަޑައިގަންނަވަނީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ. ދަތުރުގެ ދިގުމިނެއް ވިދާޅެއް ނުވެ އެވެ.

މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލްސައުދު އާ ބައްދަލުކުރައްވާނެ ކަމަށާއި ފައިސަލްގެ އިތުރުންވެސް ސައުދީގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ޒަމީރުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

Advertisement

ދެ ގައުމުގެ މަޝްވަރާތައް ބިނާވާނީ ގުޅުން ބަދަހިކުރުމުގެ މައްޗަށް ކަމަށްވެ އެވެ. ރާއްޖޭގެ އިގުތިސޯދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެވޭ މި މަޝްވަރާތަކުގައި ހިލޭ އެހީއާ ގުޅޭގޮތުން ވާހަކަދެކެވޭނެ ކަމަށްވެސް ބެލެވެ އެވެ.

މިއީ މި މަހު ޒަމީރު ސައުދީއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އޮގަސްޓު 6، ގައި އޭނާ ޖިއްދާ އަށް ވަޑައިގެންނެވީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ކުއްލި ބައްދަލުވުމަކަށެވެ.

އޭގެފަހުންވެސް ޒަމީރު ވަނީ މެދުއިރުމައްޗަށް ވަޑައިގެންފަ އެވެ. ހާރިޖީ ވަޒީރުގެ އެންމެ ފަހުން ރަސްމީ ދަތުރުގައި ވަޑައިގެންނެވީ ބަހްރެއިނަށެވެ. ބަހްރެއިންގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު ޒަޔާނީގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުގައި ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ކުރެވުނެވެ. ނަތީޖާއެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox