ސަރުކާރުގެ ފުރަތަމަ ސީޓީއޯ ހާމިދު ޝަފީއު ނިޔާވެއްޖެ

ރައީސް އޮފީހުގެ ސީޓީއޯ ހާމިދު ޝަފީއު (ވ): ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ސީޓީއޯ ހާމިދު ޝަފީއު (ވ): ނިޔާވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުން -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހއ. އިހަވަންދޫ ވައިޖެހޭގެ ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.

"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީއު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ. އޭނާ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް ޝަފީއު އައްޔަން ކުރެއްވީ 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނުގެ ވެރިކަން ނިމެންދެން ހުންނެވީ އެ މަގާމުގަ އެވެ.

"ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް އަދި އެ ދާއިރާއިން ގައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި," ހާމިދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި ސޯލިހު އެކްސްގައި ވިދާޅުވި އެވެ.

އޭގެ ކުރިން ރައީސް އޮފީހުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިިޓުގައި މަސައްކަތް ކުރެއްވި ހާމިދު ވަނީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ހާމިދުއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެފްޕީއޭ މުވައްޒަފުންނަށް ލޯންޗިން ޖަލްސާއަށް ދާން އަންގައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި، ސަރުކާރުން ބާއްވާ "އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ މުވައްޒަފުން ދިއުމަށް އެ އޮތޯރިޓީން ވަނީ އަންގާފައި.

އެއްވުމުގައި ބައިވެރިވާން އެމްޑީޕީން ގޮވާލައިފި

ރަސްމާލެއިން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅަށް، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލައި މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އިންތިޒާމުކުރާ މި އެއްވުމުގައި އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ބައިވެރިވޭ.

ރަސްމާލެ ޑީލު މަޑު ޖައްސާލަން ގޮވާލައި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން އީގަލް ހިލްސްގެ ވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައި، އެ މަޝްރޫއު މަޑުޖައްސާލުމަށް ވަނީ ގޮވާލާފައި. މި ސިޓީގައި ބިން ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާރުއަޅާފައިވޭ.

ކެފޭއެއް ތެރޭގައި ބަޔަކު ހިފެހެއްޓި މީހަކު ހައްޔަރުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކަށް ބިރުދައްކައި، ތިން ގަޑިއިރު ވަންދެން ހިފެހެއްޓި މައްސަލައެއްގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް ވަނީ ޖަހާފައި. އެ މީހާގެ މައްޗަށް މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތު ކުރޭ.

ބަނގުރާގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ބޭނުންކުރި މައްސަލައެއްގައި 19 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައި. މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން އަދި ވަކި އެއްޗެއް ބުނެފައިނުވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކުށްތަކަށް އަރައިގަންނަ މައްސަލަ ވަނީ އިތުރުވެފައި.

މިސްކިތެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް

މީގެ ކުރިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ނައުޝާދު މިފަހަރު ހައްޔަރުކުރީ، ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން މިމަހުގެ 4 ވަނަ ދުވަހު މިނިވަންވެފައި ވަނިކޮށެވެ.

އިހުތިރާމު ޖަލްސާއަށް ދާން ވެމްކޯ މުވައްޒަފުންނަށް މަޖުބޫރުކޮށްފި

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ، "އިހުތިރާމު" ކެމްޕޭން ލޯންޗުކުރުމުގެ ޖަލްސާއަށް ދާން އެ ކުންފުނީގެ މެނޭޖުމަންޓުން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މި ޖަލްސާގައި ބައިވެރިވުމަށް ވެމްކޯގެ އިތުރުން އެހެން ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ސަރުކާރުން ދަނީ އަންގަމުންނެވެ.

Newsletter

Get the latest news delivered straight to your inbox