އަންނަ އަހަރުން ފެށިގެން އާޓިސްޓުންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ

އަންވެއިލިން ވިޒަންސް މައުރަޒުގައި ރައީސް ޑރ. މުއިއްޒު ރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަންވެއިލިން ވިޒަންސް މައުރަޒުގައި ރައީސް ޑރ. މުއިއްޒު ރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުން ފެށިގެން، ޔޫތު މިނިސްޓްރީގެ ބަޖެޓުން ދިވެހި އާޓިސްޓުންނަށް ހިލޭ އެހީގެ ގޮތުގައި 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމުކޮށްގެން އާޓް ގެލަރީގައި ކުރިއަށް ގެންދާ "އަންވެއިލިން ވިޒަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާޓިސްޓުންގެ މަސައްކަތް ކުރިއެރުވުމަށް މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީ އާއި އާޓިސްޓުންނަށް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

މިހާރު ތިބި ފަންނުވެރިންނާއި އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ކުދިންނާއި ހުނަރުވެރިންނަށް ފުރިހަމައަށް ފުރުސަތުތައް ހުޅުވައިދޭނެ ކަމަށާއި، އަދި މަސައްކަތް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ މާލީ އެހީ އާއި އާޓިސްޓުންނަށް ބޭނުްނވާ ސާމާނު ހޯދުމަށް ޔޫތު މިނިސްޓްރީން ދޫކުރާ ފަންޑުން ހިލޭ އެހީ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އެހީ ދޫކުރާނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިންކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އާޓު މައުރަޒުތައް ބޭއްވުމަށް މާލެ އާއި ހުޅުމާލޭގައި ޖާގަ ހަމަޖައްސައިދިނުމުގެ އިތުރުން އާޓިސްޓުންގެ މަސައްކަތަށް ހާއްސަ ސްޓޫޑިއޯއެއް ހުޅުމާލެއިން ހަދާނެ ކަމަށާއި އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މައުރަޒު ބޭއްވުމަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖެ ކުރިއަރައިގެން ދާނީ ރާއްޖޭގައި ތިބި ޒުވާނުންނާއި ފަންނުތަކުގެ ފަރާތްތަކަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީގެން. އިމާރާތްތަކެއް އެޅިޔަސް އަދި ކުރިއަރައިގެނެއް ނުދޭ. ސިކުނޑިތައް ކުރިއަރައިގެން ދާން ފުރުސަތު ދޭންޖެހޭ. ސިކުނޑިތައް ކުރިއަރައިގެން ދާން ފުރުސަތު ދެވޭނީ އެކަމަށްޓަކައި މަސައްކަތް ކުރުމުގެ ނިޔަތެއް އޮތިއްޔާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެ ނިޔަތް އެބަ އޮތް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރަށް ބޭނުންވަނީ ތިބޭފުޅުންގެ މިނިވަން ހިޔާލު ދެއްވުން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ހިއްސާ ކޮށްދެއްވުން. ހިއްސާކުރީމަ އަޅުގަނޑު ބަލާނަން އެގޮތަކަށް އަކަން ބައްޓަން ކޮށްދެވޭތޯ."

އަންވެއިލިން ވިޒަންސް މައުރަޒުން ފެނުނު ކޮންމެ ކުރެހުމަކީ، ކޮންމެ އާޓަކީ ވަރަށް ވިސްނުންތެރި، ވަރަށް ހުނަރުވި އަތްތަކަކުން ކޮށްފައިވާ ފުރިހަމަ މަސައްކަތްތަކެއް ކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަންވެއިލިން ވިޒަންސް މައުރަޒުގައި ހުރި ކުރެހުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އާޓިސްޓުންނާއި ދިވެހި ޒުވާނުންގެ މަސައްކަތް ކުރިއެރުވުމަށް ޕޭޕަލް ހިމެނޭހެން އޮންލައިން ޕޭމަންޓް ގޭޓްވޭތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ނަމަވެސް އެކަން އަދި ނަތީޖާއަކާ ހަމައަށް ނުދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިފަހަރުގެ "އަންވެއިލިން ވިޒަންސް" މައުރަޒުގައި 105 ކުރެހުންތެރިންގެ މަސައްކަތް ދައްކާލާފައިވެ އެވެ. މިއަދަކީ މި މައުރަޒުގެ އެންމެ ފަހު ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޫއޮޅިގެން ޔާމީންގެ ނަން ވިދާޅުވެވުމުން މައާފަށް އެދިވަޑައިގެންފި

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސް މުއިއްޒުގެ ނަންފުޅުގެ ބަދަލުގައި ދޫއޮޅިގެން ކުރީގެ ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެވުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް މައާފަށް އެދިވަޑައިގެންފިއެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް ފަހަރު މިފަދައިން ދޫއޮޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް

އިންތިހާބަށްފަހު ބައިބައިނުވާން މުއިއްޒު އިލްތިމާސްކުރައްވައިފި

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިގެން ނުވާނެ ކަމަށާއި، ހުރިހާ މެންބަރުންވެސް އިހްލާސްތެރިކަމާއެކު ގައުމާއި ޕާޓީ އިސްކުރުމަށް މުއިއްޒު އިލްތިމާސްކުރެއްވި. އިންތިހާބުގައި ނާކާމިޔާބުވާ ފަރާތްތަކުން ކާމިޔާބުވާ ފަރާތްތަކާއެކު ކުރިއަށްދިއުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕީއެންސީގެ ކޮންގްރެސްގައި ނަޝީދު ބައިވެރިވެވަޑައިގެންފި

ނަޝީދުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ފަރާތުން ވެސް އެ ކޮންގްރެސްގައި ބައިވެރިވި އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ކޮންގްރެސްއަށް މަންދޫބަކު ނުފޮނުވަ އެވެ.

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލުތައް އެންޑޯޒްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި މުހިންމު ބަދަލުތައް، އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ އެންޑޯޒްކޮށްފައި. މި އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ދީނީ އިލްމުވެރިންނާއި، އަންހެނުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނަށް ޚާއްސަ ގުނަވަންތަކާއި 15 ކޮމިޓީއެއް އުފެއްދުން ހިމެނޭ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ރާއްޖެއިން ފުރާވަޑައިގެންފި

އަންވަރުގެ ދަތުރުގައި ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ ދީނީ ގޮތުން އަދި ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ ދެ އެމްއޯޔޫ އެވެ.

ތެލާއި މައުދަން ހޯދަން މެލޭޝިއާގެ ޕެޓްރޯނަސްއަށް ދައުވަތު ދީފި

ރާއްޖޭން ތެލާއި މައުދަން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ޕެޓްރޯނަސް ކުންފުންޏަށް ދިވެހި ސަރުކާރުން އެރުވި ދައުވަތާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ. އަދި މިފަދަ ދިރާސާތައް ކުރުމަކީ އެ ކުންފުންޏަށް އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox